ރައީސް ޑރ. މުހައްމަދު މުއިއްޒު، ރ. ހުޅުދުއްފާރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
22 ޖެނުއަރީ 2025 - 12:27
ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް އޭސީ ކުރުމުގެ މަޝްރޫއުގައި، އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ހޫނުގަދަ ރަށްތަކުގައި ސްކޫލްތައް ހުންނަން ޖެހޭނީ ފިނިކޮށް ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ، ސްކޫލްތައް އޭސީ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިޔާދަކުރަނިވި ހަކަތައިން ހިންގުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ވަނީ އެކަން ފެށި، ވަރަށް ރަނގަޅު ހިސާބަކަށް ގެންދެވިފައި، މި އަހަރުގެ ދެން އޮތް ތަނުގައި މި ރަށާއި [ހުޅުދުއްފާރާއި] ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލެއްގެ ހުރިހާ ކްލާހެއް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ރައީސް ވިދާޅުވި އެވެ.
ރ. ހުޅުދުއްފާރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުތް މީހަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވަނީ ސެޕްޓެމްބަރު މަހުގެ ކުރިން އެ މަޝްރޫއު ނިންމަން ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން، "ކޫލް ސްކޫލް" ޕްރޮޖެކްޓް ފެށީ މިދިޔަ އަހަރު ޖޫންގަ އެވެ.
ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށްް އިތުރުވެގެންދަނީ 38 ޕަސެންޓް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިލާލް
23 January 2025
މޫސުމުގެ ޙާލަތު ކޮންމެ ގޮތަކަށް ހުރިކަމުގައި ވިޔަސް، ހުރިހާ ދަރިވަރުންނަށްވެސް ކިޔެވުމަށް އެކަށީގެންވާ މާޙައުލެއް ކަށަވަރުކޮށްދިނުމަށް އެޅުނު ރަނގަޅު ފިޔަވަޅެއްމީ
މ. އަނީސް
23 January 2025
ދައުލަތުގެ ހަރަދު އެރިޔަސް އަހަރުންނަށް ހެޔޮ. މިކަމަކީ ވަރަށް މިހުންމު ކަމެއް. އެވާހަކަ ބުނެލީ. ވަރަށް ސަލާން
ސަނިއްޔާ
23 January 2025
އެމްޑީޕީ ވެރިކަމުގައި އަޅުގަނޑުމެންގެ ދަރިފުޅުގެ ކްލާސްރޫމްގައި އޭސީ ހަރުކުރީ ބެލެނިވެރިން އަމިއްލައަށް ފައިސާ އެއްކޮށްގެން. ސަރުކާޜުން އަހަރެމެންގެ އާދޭސްތަކަށްދިނީ ބީރު ކަންފަތެއް. މި ސަރުކާރުއެއާއި މުޅިން ތަފާތު
އަލީބެ
22 January 2025
ދިވެހިންނަކީ ބޮޑަތިވާއިރު ކަންކަމާކެރިގެން ކުރިމަތިލާ ފިސާރި މީހުނަށް ހަދަންޖެހޭ. އޭސީ ކޮޓަރީގަ އަބަދު އެންމެ ފަސޭހަގޮތްތައް ހަދާދިނީމަ ކުދިންގެ ކިބާގަ ހިތްވަރެއް ނުހުންނާނެ. މޮޅަށް ކިޔެވެނީ އޭސީ ކޮޓަރީގެ ތިބެގެނެއްނޫން. ކިޔަވާދޭ އެއްޗިއްސާ ކިޔަވާދޭގޮތުން. ކުދިން ބޮޑަތިވާއިރު ދިވެހި މާހައުލު ނޭނގި މިތާއުޅެންނޭނގުމަކީ ތައުލީމީ ވުޒާރާ ލަދުގަންނަ ކަމަކަށްވާންޖެހޭ.
މަގޭ ހިޔާލުު
23 January 2025
ކުރީގަ އޭސީ ކޮޓަރިތައް ނެތުމަކީ މިހާރު ކިޔަވާ ކުދިންނަށް އެގޮތް ހަދާ ދޭން ނުޖެހޭ ސަބަބެއް ނޫން. އަދި އޭސީ ރޫމް އެއްގަ ކިޔަވައި ދީގެންނޭ ކިޔާފަ ދިވެހި މާހުއުލު ނޭގި ނުދާނެ. މޫސުމަށް އަންނަ ބަދަލު ތަކާ އެކީ މިހާރު މިޒަމާނުގަ ފަންކާ ޖަހައިން ކިޔެވުމަށްވެސް އުދަގޫ ވާނެ. ތަރައްގީ ޒަމާނެއްގަ އެހެން ކިޔަވަން ޖެހިއްޖެއްޔާ އޭގެ މާނަ އަކީ ތައުލީމީ ވުޒާރާ ދުވަހަކަށްވުރެ ދުވަހެއް އިމްޕްރޫވް ނުވަނީއޭ
ބަތްކައްކާ
22 January 2025
ބެލެނިވެރިންތކަންތައްކުރީ
ޓިޕިކަލް ދިވެހިން
22 January 2025
ދިވެހިންހާ ޒާތީ، އަދި ހިތުން ވަރަށް ކަންކަން އެނގޭ ބައެއް މަދުވާނެ. ކޮންމެ ކަމެއްގައިވެސް ބަލަނީ ސިޔާސީ ފިކުރު އިސްކޮށް ޒާތީގޮތުން ދިމާކުރުމާ ފާޑުކިޔުން. އަމުދުން ޝުކުރުކުރުން ނެތް ބައެއް. މިތާ ކައިރީ ހުރި ބޮޑެތި ގައުމުތައް ބަލައިލަމާ މި ދިވެހިންނަށް ފުދޭހެން ހިލޭ ކަންކަން ފުދޭތޯ؟ ދުނިޔޭގެ އެންމެ މުއްސަނދި ތަންތަނުގައިވެސް ސްކޫލުތަކާއި ޔުނިވަރސިޓީތަކަށްވެސް ކޮމިއުނިޓީން ބޮޑެތި ދީލަތި އެހީތައް ވެދޭ. ގަބޫލުނުުކުރަންޏާ ގޫގުލް، އޭއައި ގާތު އަހާލަ!
މިހާރުގެ
22 January 2025
މިކަމަކީ ހެޔޮހިތަކުން ކޮށްދޭންކުރާ ކަމަކާ ވައްތަރެއްނޫން، އެހެންނަމަ ކައުންސިލްތަކުން އަމިއްލައަށް މިކަންކުރަން އެދުމުން އެސީތައް ސާވިސްކޮށް ބެލެހެއްޓުމާ ސާފުކުރުމާ މައްސަލަޖެހުމުން ހައްލުވެސްކުރަންޖެހޭނެކަމަށްބުނެ ސިޓީއެއް ނުފޮނުވާނެހެންހީވަނީ. ހަރުކޮށްފާނެތީ ބިރުންއުޅޭ ބަޔަކަށް. ނޫނީ ގާތްބަޔަކަށް ލާރިގަނޑެއްދޭންތިޔަހަރަ މަޅިކަހަނީ
ޓްރޮޕިކަލްބޮޓު
22 January 2025
ޓިޕިކަލްއަށް ވާނުވާ ނޭނގެނީތަ؟ ކޫލް ޕްރޮޖެކްޓެކޭ ކިޔާފައި އެއްވެސް އިރަކު ނުބުނޭ މިއީ ބެލެނިވެރިން އަތުން ފައިސާ ނަގައިގެން ހިންގާކަމެކޭ. ސަރުކާރުން ކުރާކަމެކޭ ކިޔަނީ. ކޮމިއުނިޓީ ސުކޫލުތައް ހިންގާގޮތް ބަލާ. ސީއެސްއާރު ކިޔާ އެއްޗެއްވެސް އޮވޭ. ވާނުވާ ނޭނގިގެނެއް ނޫން މިއުޅެނީ. ޝުކުރުވެރިވުމުގެ ކުރިން ތެދުވެރިވާންޖެހޭ.
ކުރިންބުނީ ނުވާނޭޭ
22 January 2025
މާ ސިޔާސީވެގެން އެއްބަޔަކު މޮޅެތި ކޮމެންޓްކުރާއިރު ސޯޓް ބޭލޭކަންްވެސް ނޭނގެ. އެކިފަރާތްތަކުގެ އެހީގައި އޭސީ ކުރަންވެސް އެމްޑީޕީ ވެެރިކަމުގައި ހުއްދަ ނުދިން. ބެލެނިވެރިން އާދޭސްކުރީމާވެސް ނުދިން. ކުރި ސްކޫލަަކުން ކުރީ ސަރުކާރާ ވަގަށް. މީ ވަރަށް އެނގިގެން، ކެރިގެން ބުނާ ހަގީގަތް. މިހާރު އެ ބުނަނީ ސަރުކާރުގެ ހަރަދުގައި ކޮށްދޭ ވާހަކަ. އެހީވެދޭން ތިބިއްޔާ އެ ބަޔަކަށްވެސް މަރުހަބާ. މިހެންވީމާ ރީނދޫ މީހުން ހަޖަމު ނުބައިވެގެން ދެން ކޮން މޮޅު ވާހަކައެއް!
ރާއްޖެތެރޭ މީހާ 1
22 January 2025
ސްކޫލަކުން ވަޒީފާއެއް ހުސްވިޔަސް އެވަޒީފާ ލިބެނީ މެންބަރަށް ގުޅަިގެން. އުސޫލާ އެއްގޮތަށް ލިބެންޖެހޭ ކިތަންމެ ވަޒީފާއެއް މިހާރުވެސް ނުދީއެބަހުރި ހިފާއްޓާފަ. އެކަންތައްތައް ރަނގަޅުކުރަންވީނޫންތޯ ފުރަތަމަ ހީކަރުވާވަރަށް ފިނިކުރިޔަސް ޓީޗަރު ހުރެގެންދެއްތޯ ކިޔެވޭނީ. ތިކަންވެސް ނިމޭއިރު ކޮންމެސް ބަޔަކު ޕާޓީ ތެރެއިން މުއްސަދިނުވިއްޔާ ކިތަންމެހާވެސް ރަނގަޅު.
މިވެސްކޫލް
22 January 2025
މިކަމާއި ސަރުކާރާއި އޮތީ ކޮންގުޅުމެއް. ސުކޫލުތަކުން ބެލެނިވެރިން އެއްކޮށްގެން އާދޭސްކުރީމައި ދަރިންނަށް ދެރަގޮތެއް ހަދާފާނެތީ އަތުގައި ކާންބޯންހުރި ފައިސާކޮޅު ދެނީ. އޭގެއިން އޭސީކޮށް ނިމުނީމަ ދެން އަންނާނީ ކަރަންޓުބިލު. އެދައްކާފައި އިތުރުކަމެއް ކުރާކަށް ސުކޫލުގައި ފައިސާއެއް ނުހުންނާނެ. އަނެއްކާވެސް ނާށިގަނޑު ހިފައިގެން ނިކުންނަންޖެހޭނީ ބެލެނިވެރިން.
ޖައުޒާާ
23 January 2025
ދަރިންގެ ހައްގުގައި ބެލެނިވެރިން އެވަރު ކަމެއް ކޮށްލުމަކީ އަދި ނާށިގަނޑު ހިފައިން ނިކުންނަން ޖެހޭ ސަބަބެއް ނޫން. އަބަދު ނާށިގަޑޭ ފޮތުގެ ބަޑޭރިގަނޑޭ ކިޔާކަށް ނުޖެހޭނެ ދަރި ކިޔަވަން ނުފޮނުވާ އޭރަށް ފޮތެއް އެއްޗެއް ގަންނާކަށްވެސް ނުޖެހޭނެ.
އިއްލި ކަޅޭ
22 January 2025
ބައްލަވާ ރައީސް މިހާރު މަޖީދިއްޔާ ސްކޫލްގެ ގިނަކްލާސް ތަކުގަ އޭސީ ހަރުކޮށް ނިންމާފަ އެހެރީ ބެލިނިވެރިން އަތުންނާއި ބައެއް ސްޕޮންސަރުން ގެ އެހީގައި ... ސަރުކާރަކުން ނޫން
މުހުސިނުހަސަނު
22 January 2025
މަޖީދިއްޔާ އެކަންޏެއްނޫން. މާލޭގެ އެހެން ގިނަ ސްކޫލްތަކުންވެސް ކުރަނީ ހަމަ ތިގޮތަށް. ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުން އެހީވެގެން. ދެން ސްކޫލްގައި ފަންޑް ރެއިސިން އެހެނިހެން ހަރަކާތްތައް ހިންގައިގެން. މިފަދަ ހަރަކާތްތަކުންވެސް ނުސީދާކޮށް ހަމަ ބެލެނިވެރިންގެ ފަރާތުން ފައިސާމިލިބެނީ.
ޖުހާބެ
22 January 2025
ފަންޑް އެލާޓް. އަވަހަށް ރާއްޖެތެރެ މީހުން ތައްޔާރުވޭ މަސައްކަތު ދުވަސް، ވެއްޔަށް ދާދުވަސް ފާހަގަކުރަން. މިކަން ނިމޭއިރު ހުރިހާ މުސީބާތެއްޖެހޭނީ ބެލެނިވެރިންނަށް. ސަލާންޖަހަން ތައްޔާރުވޭ
މިނިސްޓްރީ އޮފް ޖުހާ
23 January 2025
ބަލަ ރާއްޖެ ތެރޭ މީހުންނޭ މާލޭގަވެސް ކިޔަވަން މިއުޅެނީ. އެހެން ނޫނަސް މީގަ އެބައިންތަ ބުނެފަ ބެލެނިވެރިން އަތުން ލާރި ނަގައިންނޭ މިކަން ކުރަނީ؟ އަމިއްލަ ފަރާތުގެ އެހީ ނަގައިންނޭ އެބުނާ ބަހުގެ މާނަ އަކީ ކޮންމެހެން ބެލެނިވެރިން އަތުން ލާރި މަޖުބޫރުން ނަގާ ވާހަކައެއް ނޫން. ނޫނީ ބެލެނިވެރިން އަތުން ނުލިބުނޭ ކިޔާފަ އޭސީ ހަރު ނުކުރާނޭ އެއްވެސް ނޫން