ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން އާއި އޭނާއަށް ހަމަލާދިން މީހާ.
23 ޖެނުއަރީ 2025 - 06:20
ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންގެ ގެއަށް ވައްކަން ކުރަން ވަނީ ފަގީރުކަމުން ގޮތްހުސްވެގެން ކަމަށް އޭނާއަށް ހަމަލާދިން މީހާ ބުނެފި އެވެ.
އެ މައްސަލާގައި މުމްބާއީގެ ފުލުހުން ހައްޔަރުކުރީ ބަންގުލަދޭޝްގެ މީހެއް ކަމަށްވާ އުމުރުން 30 އަހަރުގެ މުހައްމަދު ޝަރިފުލް އިސްލާމް ޝާހްޒާދެވެ.
ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނީ އޭނާ އެ ގެއަށް ވަތްއިރު އެއީ ސައިފްގެ ގެކަން އޭނާއަށް ނޭނގޭ ކަމަށާއި އޭނާ ބޭނުންވީ މުއްސަނދި މީހެއްގެ ގެއިން ވައްކަން ކުރަން ކަމަށެވެ.
ސައިފް ދިރިއުޅެނީ ވަރަށް ގިނަ މުއްސަނދިން ދިރިއުޅޭ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގަ އެވެ. ސައިފް އުޅެނީ އެ އިމާރާތުގެ 12 ވަނަ ފުލޯގަ އެވެ.
"އޭނާ ސައިފުގެ ގެއަށް ހަމަ ވަނީ ރޭންޑަމްކޮށް. އޭނާ ބޭނުންވީ މުއްސަނދި މީހެއްގެ ގެއިން ވައްކަންކޮށްގެން އެ ތަކެއްޗާ އެކު އެނބުރި ބަންގުލަދޭޝް އަށް ފިލައިގެން ގޮސް، ވަރަށް ބަލިވެ އުޅޭ އޭނާގެ މަންމައަށް އެހީވާން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ އެ ގެއިން ވައްކަން ކުރަން ނިންމީ މުމްބާއީގައި އޭނާ އަދާކުރި ވަޒީފާ ގެއްލުމުންނެވެ. އޭނާ އުޅުނީ ރެސްޓޯރެންޓެއްގައި ހައުސްކީޕިން ވަޒީފާއެއްގަ އެވެ. އެ ވަޒީފާ ގެއްލުނީ އޭނާގެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުންނެވެ. އިތުރު ވަޒީފާއެއް ނުލިބި، އަތުން ފައިސާ ހުސްވެ، ވަރަށް ހާލުގައި އުޅެން ޖެހުމުން ވައްކަން ކުރަން އޭނާ ނިންމީ އެވެ.
މުސާރައިގެ ބޮޑު ބައެއް ކޮންމެ މަހަކު ވެސް ބަންގުލަދޭޝްގައި ހުންނަ އޭނާގެ ބަލި މަންމަ އަށް ފޮނުވާ ކަމަށް ތަހުގީގަށް ދިން ބަޔާނުގައި އޭނާ ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ކުރިން އެހެން ރެސްޓޯރެންޓެއްގައި ވެސް މަސައްކަތްކުރި އެވެ. އެތަނުން ވެސް ކަނޑާލީ އޭނާ އެތަނުން ވައްކަންކޮށްގެން ފަޅާއަރައިގެންނެވެ.
ސައިފަށް ހަމަލާދީ، ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށް ފަހު އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އޭގެ ގާތްގަނޑަކަށް ތިން ދުވަސް ފަހުންނެވެ.
އެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު ސައިފް ވަނީ ގެއަށް ދޫކޮށްލައިފަ އެވެ. ފުލުހުން މިހާރު ވަނީ މި މައްސަލާގައި ސައިފްގެ ބަޔާން ވެސް ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯކިޑު
25 January 2025
މި ހާދިސާ ގެ ހާދަ އާޚަބަރު އެބަހުއްޓޭ! ހައިރާން ކުރުވި އެއްކަމަކީ އިންޑިޔާ ގެ ޓީވީ ތަކާއި ނޫސްތަކަށް އެނގިފައި ނުވާ އާޚަބަރު ހުރުމުން ނެވެ.
ޚައިދަރު
24 January 2025
ރާއްޖޭގައިވެސް ބަނގުލަދޭސް މީހުން ވައްކަން ކުރާ ވަށްކަންތަށް ވަނީ ހައްދުން ނެއްޓިފަްި . ފިހާރަތަކާއި ހޮޓާ ތަށް ބަނގުރޫޓު ކޮސްލާފައި އެބަހުރި. ރާއޖޭގެ ރައްޔިތުން ވިސްނާލަން ރަނޅޫ...
ނޮޓް ރެންޑަމް
23 January 2025
މަށަށް ޔަގީން އޭނަޔަށް އެވަރު ނުކޮށް ފައިސާއަށް އެދުނުނަމަ އމިއްލަ ފުރާނަޔާ ދަރިންގެ ރައްކަލަށް ވި ކޮންމެވެސް އެއްޗެއް ގެންދަން ދިނީސް. ވަޒީފާއިން ކަނޑާލީވެސް ވައްކަން ކުރީމަ. ހުސް ދޮގު. އަނެއްކާ ބޮޑު އިމާރާތެއްގެ 12 ވަނަ ބުރިޔަށް ވުރެެ ތިރީން ވައްކަންކުރަން ވަންނަން ފަސޭހަވީސް. މީސްމީޑިޔާ ޗެކު ކުުރިޔަސް އިނގޭނެ ސައިފްގެ އަންހެނުން ރަށުންބޭރުގަ އުޅޭކަން.އެންމެނަށް އިގޭ ބަންދްރާގެ އެ އެޕާޓްމެންޓްތަކުގެ ފްލޯތަކެއްގަ ސައިފްގެ އާއިލާ ދިރިއުޅޭކަން.
ޢެޑްމުންޑޯ
24 January 2025
އެންމެނަށް އެގުނަސް އޭނާއަށް ނޭގިހިގާދާނެއެއްނު ،
ސައިފޫ
23 January 2025
ސައިފް ދެކެ ދިވެހިން ވެސް ލޯބި ވާ ވަރު އޭނަ އަށް ލިބުނު އަނިޔާ ގެ ހަބަރު ތަކުގަ މީހުން ކޮށފައިވާ ކޮމެންޓް ތައް ގިނަ ކަމުން ހާމަވޭ! ސައިފް ގެ ދަރިފުޅު އިބުރާހީމް އަކީ ސައިފް ނެތް ތަނެއް ގަ ހަމަ ސައިފް! އެކަމަކު ސައިފް އިބުރާހީމް ގެ އުމުރުގަ އޭނަ އަށް ވުރެން މާ ކިޔުޓް! އިބުރާހީމް ޖަހަނީ ސައިފް ގެ އުމުރުން 35 ކާ 40 ގަ މޫނު ހުރި ގޮތާ އެއްވައްތަރު! ކޮންމެ އަކަސް ސައިފް މަރުވެ އިބުރާހީމް ސައިފް ގޮތުގަ ހުންނަން ވެގެން ލިބުނު އަނިޔާ އެއް ކަމަށް ހީވި
ސިންދުބާދު
23 January 2025
މީހެއްގެ ގަޔަސް ވަޅި ހަރައި ވަޅީގެ މިޔަ ބުރަކައްޓަށް ވަތްގޮތަށް ތާށިވެ، އެވަރުކޮށްލި މީހަކު މިޔޮށް ކުޅެނީ އެއްކަލަ ކާޑު...
ޖުޕާނި
23 January 2025
ބަންގްލާ ބޮންދު ބުނީ އަހަރެން މުޝްލިމް އަހު! ކަލާ އަހަރެން ޖޮކާތު ނުދެނީ. ދެން އަހަރެން ކީއްކުރަނީ؟ ބޮއްކޮން ކުރަނީ ދޯ؟