ޔަމަންގެ ހޫތީ ހަނގުރާމަވެރިން އަސްކަރީ އޮޕަރޭޝަނެއްގައި. -- ފޮޓޯ: އޭއެފްޕީ
23 ޖެނުއަރީ 2025 - 06:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ގަރާރެއްގައި ސޮއިކުރައްވައިފި އެވެ.
ޓްރަމްޕް އެންމެ ފުރަަތަމަ ވެރިކަމުގައި ހުންނެވި އިރު ދައުރު ނިމުމަކާ ގާތްވެފައި ވަނިކޮށް ވެސް 2021 ވަނަ އަހަރު ވަނީ ހޫތީންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފަ އެވެ. އެކަމަކު ޖޯ ބައިޑެން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ ނިންމެވުން އުވައިލެއްވީ އެވެ.
ބައިޑަން އެގޮތަށް ނިންމެވީ ޔަމަންގެ ވެރިރަށް ސަންއާ ފަދަ ބޮޑެތި ސަރަހައްދުތަކުގައި ވެސް ސަރުކާރު ހިންގަމުން އައީ ހޫތީންނަށް ވާތީ އެ ސަރަހައްދުތަކަށް އެހީގެ ސާމާނު ފޯރުކޮށްދިނުން ފަދަ ކަންކަން ހުއްޓާލައި އެހީދޭ ޖަމާއަތްތަކުން ޔަމަނުން ފައިބަން ޖެހިދާނެ ކަމުގެ ކަންބޮޑުވުމާ އެކުގަ އެވެ.
އެކަމަކު އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށުމާ އެކު ހޫތީން ރެޑް ސީ އާއި ގަލް އޮފް އަދަން އަށް ނުކުމެ އާގުބޯޓުތަކަށް ހަމަލާދޭން ފެށި އެވެ. މިއީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދޭ ހަމަލާތެއް ކަމަށާއި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އުޅަނދުތަކަށް ހަމަލާދިނުމުގެ ހައްގު އޮންނާނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.
މި ސަބަބާ ހެދި ބައިޑެން ސަރުކާރުން ފަހުން ވަނީ ހޫތީންނަކީ "ސްޕެޝަލީ ޑެސިގްނޭޓެޑް ޓެރަރިސްޓް" ޖަމާއަތެއް ކަމަށް އަލުން ކަނޑައަޅައިފަ އެވެ.
ސްޕެޝަލީ ޑެސިގްނޭޓެޑް ޓެރަރިސްޓް ޖަމާއަތެއްގެ ދަރަޖަ، "ފޮރިން ޓެރަރިސްޓް އޯގަނައިޒޭޝަން" ގެ ދަރަޖައަށްވުރެ ދަށްވާނެ އެވެ. ސްޕެޝަލީ ޑެސިގްނޭޓެޑް ޓެރަރިސްޓުންނަށް އިންސާނީ އެހީ ދިނުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު ފޮރިން ޓެރަރިސްޓް އޮގަނައިޒޭޝަނެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ، އެ ބަޔަކަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއްދޭ ބަޔަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހުޔާ.
23 January 2025
ހުރިހާވެސް މައްސަލައަކީ ހޫސީންނަކީ އިރާނުގެ މަދަދުލިބޭ ޝީޢީ ގުރޫޕަކަށްވުން. ސަލަފީ ގުރޫޕެއްނަމަ އޯކޭވިސް.
ކޮތަރޭ
23 January 2025
ތިކަމުގެ ހައްލަކީ ހޫތީންވެސް ކަނޑައަޅަންވީ އެމެރިކާ އަކީ ޓެރަރިސްޓު ދައުލަތެއްގެ ގޮތުގައި. އަދި ޔަމަނާ ކައިރިން ދަތުރުކުރާ އެމެރިކާ ދިދަ ނަގާފަހުރި ކޮންމެ އުޅަނދަކަށްވެސް ހަމަލަދޭނެކަމަށް އެއީ ޔަމަނަށް އޮތް ނުރައްކަލަކަށް ވެދާނެ ކަމަށް ބަލާފައި
އަހައްމު
23 January 2025
މި އެމެރިކާނުންނަކީ ކޮންބައެއް މީހުން ޓެރެރިސްޓުންގެ ލިސްޓައްލާން...މި މީހުންނަނީ އެތައް ބައެއްގެ ލޭ އޮހޮރުވާފައިތިބި ބައެއް...
ކިތުނާ
23 January 2025
މީ ހާދަ ނުލަފާ މީހެކޭ.