މާފުށީގައި ފެން ބޮޑުވުމާ ގުޅިގެން ސިފައިން ފެން ހިންދުމުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ކައުންސިލް
25 ޖެނުއަރީ 2025 - 18:13
މެދު ރާއްޖެތެރެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ކ. މާފުއްޓަށް މިއަދު ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވެއްޖެ އެވެ.
ލޯކަލް ޓޫރިޒަމަށް މަޝްހޫރު މާފުށީގެ ގިނަ މަގުތަކުގައި މިއަދު ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.
ފެން ހިންދުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާން ފަށާފައިވަނީ އެ ރަށު ކައުންސިލުންނެވެ. އެ މީހުން ވަނީ މޫދަށް ކޯރެއް ކަނޑައިގެން މަގުތަކުން ފެން ބޭރުމުގެ މަސައްކަތް ކޮށްފަ އެވެ.
މާފުށީގައި ފެން ބޮޑުވުމާ ގުޅިގެން ސިފައިން ފެން ހިންދުމުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް
އޭގެ ފަހުން، ސިފައިން މިހާރު ވަނީ ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފަ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ފެން ބޮޑުވުމުގެ ސަބަބުން، ލޯކަލް ޓޫރިޒަމާ ގުޅޭ ބައެއް ވިޔަފާރިތަކަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މިރެއާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ.
މާފުށީގައި ފެން ބޮޑުވުމާ ގުޅިގެން ސިފައިން ފެން ހިންދުމުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ކައުންސިލް
މެޓުން ބުނިގޮތުގައި މި ސަރަަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ.
މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރަނީ އަންނަ ހަފްތާ މެދު ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާފުށި ނޫން ގޮތެއް
26 January 2025
ތީ މީހަކު ދާ ވަރުގެ ރަށެއް ނޫން. ރީތި ބީޗެއްޗެސް އޮންނަނީކީ އެއްނޫން. ޓޫރިސްޓުން ދަނީ ޕްރޮމޯޓުކުރާ ވަރުން. ދާފަހުން އެނގެނީ ތީ އަންނަވަރުގެ އެއްޗެއް އޮތް ރަށެއް ނޫންކަން. ބޮޑު ސްކޭމެއްކަން.
2025
26 January 2025
ފެންބޮޑުވާ ވާހަކަ ދައްކާނީ އުޅެވޭގޮތެއްނޭގެ... ބޮއިހަލަކި
ރަހުމާން
26 January 2025
ދެން މާފުށީ މީހުން އުޅޭނީ ކޮން ތާކު.
ޢުަސްމާނުބެ
26 January 2025
ޢަވަހައް ސަރުކަރުގަ އެދިގެން މާލެ ބަދަލު، ހުރިހާ ގޯތިތަކުގަ ވޯޓަވިލާ ހަދާ އޭރުން ރަގަޅުވާނެ
ާއާދުރޭ
26 January 2025
ފެންބޮޑުވާ ރާއްޖެ.
އަހްނާ
25 January 2025
ހައްދެއް ނެތި އުސް އިމާރާތް ކުރަނީ. ގުދުރަތީ ނިޒާމް ބަދަލު އެބަ ވޭ ބިން ކޮނެ އިމާރާތް ކުރީމާ. ވެހިކަލް ގިނަވެ ދުއްވުން އިތުރު މަގުގެ ވެލިގަނޑު ހަރުވަނީ އޭ. ދެން ފެން ނުހިނދޭނެ އޭ !!!
ބާލާބާލާބާލާ
25 January 2025
މާފުއްޓަކީ މީހުން ދިރިއުޅެން ޖެހޭނެ ތަނެއްނޫނޭ މާފުށި އެންމެން މާފުށިން ބާލަންވީއޭ މާފުއްޓަކީ އެއީ މާލޭގެ ބައެއް ކަމަށް ހަދާ މުޅި މާފުށީގައި މަގުތައް ހަދާ ޕޭވްކޮށް އަދި ރަނގަޅު ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމެއް ގާއިމް ކޮށް އާންމުން ދިރިއުޅޭ ގެތައް ތަޅާލާ އެތަންތަން މާލޭގެ ވިޔާފާރިވެރިންނަށް ކުއްޔަށްދީ އެތަންތަނުގައި ބޮޑެތި ހޮޓާ ތަކާއި މޮޓެލް ތައް އަޅާ ވިޔާފާރި ކުރިއެރުވިދާނެ ރަށެކޭ މާފުށީގައި މީހުން ދިރިއުޅޭތީ އެއީ ހުރިހާ މައްސަލައަކީ އެމެން
ޙަޖަމް
25 January 2025
ވަރަށް އަސަރުކޮއްފިދޯ. ކީއްކުރާނީ އެއްމަގުން ހިންގާ ނުލެވޭނެ.
ހާއިބްރީ
26 January 2025
މާލޭގަ ފެންބޮޑުވި ދުވަހުން މަމެން ނުލިޔަމޭ މާލޭން މީހުން ބާލަންވީއެކޭ. ދިރިއުޅުމުގެ ހަމައެކަނި އުފަލަކީ ބޮޑުލާރި ފޮއްޗެއް ކަމަށް ތަމެންނަށް ހީވާނޭ. ތަމެންނަށް ތަރައްގީގައި މާލެވަރުގެ ތަނެއް ނެތިގެން އުޅެނީ ގާދޫކޮލުން ބޭރުނުވެ ދުނިޔޭގެ ތަންތަން ނުފެންނާތީއޭ. މާލެއަކީ ބަޔަކު ދިރިއުޅެން އެކަށީގެންވާތަނެއް ނޫނޭ. އިޓްސް އަ ޑިޒާސްޓާ އިން އާބަން ޑިވެލޮޕްމަންޓް.
ތާކިހާ
26 January 2025
އަސްލުވެސް، ވަރައް ރަގަޅު ވާހަކައެއް.
ފަރަށްދޭ
26 January 2025
ބަލަ މާފުއްޓަކީ އިހުގައި ހަމަ އެހެން ރަށްރަށެކޭ އެއްގޮތަށް އާދައިގެ ރަށެއް. އެތަން ލޯކަލް ޓޫރިޒަމަށް ފައްކާކުރީ އެރަށު މީހުންގެ މިންނެތް މަސައްކަތުން. އެތަން މިހާރު އެހުރިގޮތަށް ހެދީ އެރަށުގެ ރައްޔިތުން. ދެން މިހާރު އެމީހުންވީ އެމީހުންގެ ގޯތި ގެދޮރާއި ރަށާއި ދޫކޮށް މާލެ މީހުންނަށް އެރަށް ހިބަކޮށްދީފަ ހުސްއަތާ ފައިބައިގެންދާން. މޮޔަ ނުގޮވާ ފަރަށް ދޭ.