މާލެއަށް ކުރިން ވިއްސާރަ ކުރި ދުވަހެއްގައި ފެންބޮޑުވެފައި އޮތް މަގެއްގައި ޕަމްޕެއް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ.-- ފޮޓޯ: މިހާރު
26 ނޮވެމްބަރ 2025 - 16:01
މާލެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ، އެކި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދެންމެ ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ކުރަމުން އަންނަ ކަމަށެވެ.
މަގުތަކުން ފެން ހިންދުމަށްޓަކައި މިވަގުތު މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިއަދު މެންދުރު އެކެއް ޖެހި ފަހުން މެދުކެނޑުމެއް ނެތި މާލެ އަށް ވެހެމުންދާ ވާރޭގައި ގިނަ މަގުތަކެއްގައި މިހާރު ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 6:30 އާ ހަމައަށް ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރާއި ދެން އަންނަ ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިއްސާރަ އަލިކޮށްލާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބޫ
27 November 2025
ވިއްސާރަ އައުމުގެ ކުރިން ކާނުސާފްކޮށް ހޮޅިއަޅައި ފެން ބޮޑު ނުވާނެހެން ހަދަަބަލަ. ކޮށްމެ ފަހަރަކު ފެންބޮޑުވެގެން މީހުނަށް އެތައް މިލިޔަނުން ގެއްލުންވީމަ ކަރުތާފެނަށް އެރިގެން ޕަންޕުޖައްސާ ވެރިންތައް އެތަނަށްގޮސް ފޮޓޯ ނަގާލީމަ އެ ނިމުނީ. އަނެއް ވިއްސާރަ މޫސުމުގަވެސް ހައްލެއް ނާދޭ. ފުޅާމިނުކަ ކިރިޔާ ކިލޯމީޓަރެއް ހަމަވާ ވަށައިގެން ކަނޑު އޮތް ތަނެއްގަ ފެން ބޮޑުވާނީ އިހުމާލުން
ފެންމަތަ
26 November 2025
ހާދަކަމެއްނުވެއޭ، ސިރިންޖަކުނަ ފެންދަމާލެވޭހާ ކުޑަކުޑަ ރަށެއް. މައުމޫނުގެ ދުވަސްވަރުނަމަ ވިލާގަޑަށްވުރެ ކުރީގައި ޕަންޕް ހުންނާނީ ރެޑީއަށް
ބޯހަލާކު
26 November 2025
މެޓް އޮފީހުން އެބަގޮވާ ވަރަށް ވިއްސާރަ ވާނެ ކަމައް......ޕަންޕު ތަކާ ހަވާލުވެގެން ތިބި މީހުން ކީއްވެބާ ރެޑީ ނުވެތިބީ.
ފެންހިންދާ
26 November 2025
ކޮބާ އިހަކަށް ދުވަހު ބޮޑު ރަސްމިއްޔާތެއް ބާއްވާފަ ހަވާލުވި ބޮޑެތި ޕަމްޕް ތައް؟؟؟؟؟
މޫސުމީ
26 November 2025
ޕަމްޕު މޫސުމް ފެށުނީ
އެހެންއެކިޔަނީ
26 November 2025
އެންޑީޕީ އާދަނު ކައުންސިލައް އައިފަހުން ނުޖެހެޔޯ ޕަންޕު ޖައްސާކައް
ޞިން
26 November 2025
މިސަރުކާރުގެ ބިންހިއްކުން މިޔައްކިޔާނީ
ައާދަ
26 November 2025
ކޮބާ މޭޔަރ އާޒިމް. ބުނި އެމް.އެން.ޑީ.އެފް އިން މިހާރު ފެން ހިންދަން ނުކުންނަން ނުޖެހޭނެއޭ.. މީ ސަރުކާރުން ޕަންޕް ބެހެއްޓީމަ ތިމާ ކުރި ކަމެއްކަމަށް ހަދާ ސަޅިބައިސާ ކަނޑާ މީހާއަށް ވާވަރު
އަލީ ސ
26 November 2025
އަދި ތަންކޮޅެއް އަވަސް
ޓީމޯ
26 November 2025
ކޮބާ ދެން ފެން ބޮޑެއްނުވާނެކަމަށް ބުނި މީހުން؟ ހަމަ ރަނގަޅަށް ވެހުނީ ބޮޑުވީ ދޯ.
ޢަރުތަ
26 November 2025
ނުވެހޭއިރު ފެންބޮޑު ނުވާނެ ވާހަކަ، އޮޅުވާނުލާބަލަ.