ހޯމް މިނިސްޓަރު އަލީ އިހުސާން ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ: މިއަހަރު ގިނަ އަދަދެއްގެ ފުލުހުން ރަށްރަށަށް ބަދަލުކުރެވޭނެ ކަމަށް އިހުސާން ވިދާޅުވި.
26 ޖެނުއަރީ 2025 - 11:37
ރާއްޖޭގެ އެކި ކަންކޮޅުތަކުުގައި މިއަހަރު ފުލުހުންގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާތީ ގިނަ އަދަދެއްގެ ފުލުހުން ރަށްރަށަށް ބަދަލު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 38 ވަނަ އިނިޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ރާއްޖޭގައި ފުލުހުންގެ ހިދުމަތަކީ ދިނުމަށް އުނދަގޫ ހިދުމަތެއް ކަމަށެވެ.
ވަކިވަކި ރަށްތަކަކަށް ރާއްޖެ ބެހިފައިވާތީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ ދަތިކަން ފާހަގަ ކުރައްވައި، އިހުސާން ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި އުޅޭއިރު މަސައްކަތް ކުރަން އަބަދު ޖެހޭނީ އެންމެ ބޭނުންވާ ތަނުގައި ނޫން ކަމަށެވެ. އެކަމަކު ކޮންމެ ތަނެއްގައި ޑިއުޓީ އަދާކުރަން ޖެހުނު ނަމަވެސް އެންމެ ހިތް އެދޭ ގޮތަށް މަސައްކަތް ކުރުމަށް އިހްސާން އިލްތިމާސް ކުރެއްވި އެވެ.
"އަބަދު ހިދުމަތްކުރަން ލިބެނީ އެންމެ ހިތް އެދޭ ތަނެއްގައި ނޫން. އެހެން ނަމަވެސް އެމީހާގެ ޑިއުޓީ ކޮންމެ ދިމާލެއްގައި ޖެހުނަސް، އެ ހިދުމަތް އެންމެ ހިތްއެދޭ ގޮތަށް ދިނުމަށް އަޒުމު ކަނޑައަޅައިގެން އެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާންޖެހޭނެ،" ދ. ވާނީގައި ހުންނަ ފުލުހުންގެ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތް ރަށްރަށަށް ފުޅާކުރަން ކުރާ މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ ފުލުހުން ރަށްރަށަށް ބަދަލު ކުރާއިރު އިހުސާން އެދިވަޑައިގަތީ މުޖުތަމައުގައި ހުރި ކަންކަން ދެނެގަނެ، ކުށްތަކުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް އަޒުމު ކަނޑައެޅުމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރަމުން ދާއިރުގައި މިއަހަރު ނިމުމުގެ ކުރިން ގިނަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަކީ އަޅުގަނޑުމެން އަމާޒުކުރާ ކަމެއް. މިހެންދާއިރުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ފުލުހުން ރަށްރަށަށް ޑިޕްލޮއި ކުރެވޭނެ -- އިހުސާން
މިދިޔަ އަހަރަކީ ފުލުހުންގެ ހިދުމަތް ރަނގަޅަށް ދެވުނު އަހަރެއް ނަމަވެސް، މިދިޔަ އަހަރަށް ވުރެ މިއަހަރު ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސަައްކަތް ކުރުމަށް ފުލުހުންގެ ކިބައިން އިހުސާން އެދިވަޑައިގަތެވެ. އަދި އިހުސާން ވަނީ ވެރިންނަށް ކިޔަމަންވުމާއި ރީތި ބަހުން ރައްޔިތުންނާ މުއާމަލާތް ކުރުމަށް ވެސް ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުރިހާ ރަށެއްގައި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. ފަސް އަހަރު ނިމިގެންދާއިރު، ކޮންމެ ރީޖަނަކަށް ވެސް ރެކްރޫޓް ކުރުމާއި އިންފްރާސްޓްރަކްޗާއަށް ބޭނުންވާ ބަޖެޓް ތައްޔާރު ކުރުމުގެ އިތުރުން ނެއިބާހުޑް ޕޮލިސްގެ ކޮންސެޕްޓް މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ފުލުހުންގެ ވިސްނުމެވެ.
އެ ޖަލްސާގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ވަނީ ފުލުހުންނާ ގުޅިގެން އާންމުންގެ އެންމެ ބޮޑަށް ހުރި ޝަކުވާތަައް ނައްތާލުމަށާއި އެ މުއައްސަސާއަށް އާންމުންކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްލޭން އޭ
26 January 2025
ރައްރަށުގަ ޕޮލިސް ސްޓޭސަންތައް ހަދައިގެ ދައުލަތުން ތިކުރަނީ ދައުލަތަކުން ކުރާނެ އެންމެ ބޭކާރު އިސްރާފު ރައްޔަތުންގެ ޓެކްސްފައިސާއިން އެތަނުގެ ތިބޭ މީހުންނަށް ޖެހެނީ ކޮންކަމެއްބާއޭ ހިތައްއަރާ މަސްދަތުރު ދިއުމާ ރަށުގަ ކުޅިވަރުކުޅުންމީ އެމީހުންގެ ޑިއުޓީތޯ އަހާ ހިސާބުގަ ކަންއޮންނަނީ މިފަދަ ސަކަރާތްޖަހުމުގަ ތިއްބާ މިލިބެނީ ފަށާ ތަރިއާ އޭތިމީތި މިތާ ކުޅިވަރުކުޅެންހުންނަ މީހާއަށް މުސާރައެބަލިބޭ ޑޮކްޓަރަކަށް ލިބޭވަރަށް މީރަނގަޅު ކުރަންޖެހޭކަމެއް
ޢަލި ފުޅު
26 January 2025
ފުލުހުންގެ ތެރޭގައި އެބައުޅޭ އޮފީސްތެރޭގަ އިދާރީ މަސައްކަތް ކޮށްލައިގެން މުޅި އުމުރު ދުއްވާލާ ފުލުހުންވެސް. އިދާރީ ސިވިލް މުވައްޒަފުން ކުރާ މަސައްކަތް މިމީހުން ކުރަނީ. އެކަމަކު މުސާރައާއި އިނާޔަތުގެ ގޮތުން އުޑާ ބިމާހާ ތަފާތު.
އަސްލު ނަސްލު
26 January 2025
މިއީ ވަރަށް ރަނގަޅު ވާހަކައެއް.
ރަސްމީ ބޮސް
26 January 2025
ފުލުހުން (ފިރިހެން) ޢާންމުކޮށް ރައްޔިތުން ދަންނަނީ މީހުންގެ އަނބިންކައިރިއަށް ވަންނަ ބައެއްގެގޮތުގައި. ތަންކޮޅެއް ސްމާޓްކޮށްތިބޭތީ އަނބިންވެސް ހިތްކިޔަނީ ތޯއްޗެއް. ދެން ރަށްފުށުގެ ފިރިހެންވެރިންއުޅޭނީ ގޮތްހުސްވެގެން. ލަފާކުރެވެނީ ކުރިއަށްއޮތްތާ ވަރި ގިނަވާނެހެން. ބޮސްވެސް އަބަދު އުޅެނީ މައިތިރިނުވެގެން
ކާޕޯ އައްގާޕު
26 January 2025
ރަށަށް ނިސްބަތްވާ ފުލުހުން އެމީހުންގެ އަމިއްލަ ރަށަށް ފޮނުވީމަ ނަތީޖާ ރަނގަޅެއްނޫން... ސިއްރު ނުހިފޭއްޓި ކައުންސިލަރުންގެ ނުފޫޒުގަ ތިބެނީ
އެކްސް ޕޮލިސް
26 January 2025
ތިވާހަކަ ޤަބޫލެއްނުކުރަން
ޢަހާ
26 January 2025
ތިޔައީ އިތުބާރު ކުރާވަރު ބައެއްނޫން. ބޮޑު މުސާރަ ނަގައިގެން ގޮޑިިހޫނުކުރަނީ. އެއްކަމެއްވެސްނުވޭ
ރާވެރިބެ
26 January 2025
ބަދަލުކުރާ ފުލުހުންނަށް ހިތްހަމަ ޖެހިގެން އުޅެވޭނެ ގޮތް ހެދުމަށްޓަކައި އެބޭކަލުންގެ އަނބި ދަރިން ވެސް ތިބަދަލު ކުރާ ރަށަކަށް ބަދަލު ކޮށްދެއްވާ. އަދި ކައިވެނި ނުކޮށް ތިބި ބޭކަލުންނަށް އެރަށަކުން އަނބިން ލިބިއްޖިއްޔާ ތި ބޮޑު މަޟްރޫއު ކާމިޔާބު ވާނެ.
ވަކަރުގެއިން ގެއްލުނު ސޮރު
26 January 2025
ތި މީހުންގެ ތެރެއިން ފުލެޓް ދިފާ އެމީހުންގެ އާއިލާ ރަށުގައި ދިރިއުޅޭ މީހުންވެސް މަދެއް ނޫން. ތަން ހުންނަނީ ކުއްޔަށް ދީފަ.
ނުދާނ
26 January 2025
ފުލުހުންގެ ތެރޭގައި އެބައުޅޭ އޮފީސްތެރޭގަ އިދާރީ މަސައްކަތް ކޮށްލައިގެން މުޅި އުމުރު ދުއްވާލާ ފުލުހުންވެސް. އިދާރީ ސިވިލް މުވައްޒަފުން ކުރާ މަސައްކަތް މިމީހުން ކުރަނީ. އެކަމަކު މުސާރައާއި އިނާޔަތުގެ ގޮތުން އުޑާ ބިމާހާ ތަފާތު.
ރާއްތެރެ ސޮރު
26 January 2025
އަހަރެން އެހެންވެގެން ފުލުހަށް ނުވަންނާން މިހުންނަނީ އާއިލާ އާ ދުރުގަ މަސައްކަތްކުރަން ޖެހިދާނެތީ
މާލެ ރެފިއުޖީ
26 January 2025
ރާއްޖެތެރޭ ފުލުހުކުވެސް މާލޭ ރައްޔިތަކަށް ޖިޒީ ދައްކައިގެން މާލޭ ޑިޕާރޓްމަންޓެއްގައި އުޅެންޏަ، އުމުރު ދުވަހު މާލޭގައި އުޅެވޭނެ.
ޖުލައި2021
26 January 2025
ފުލުސް އޮފީހުގަތިބިމީހުންގެ އަނބިންގާތަށް ވަންނަމީހުން ބޭރުކޮށްބަލަ. އޮފީސްތެރޭގަވެސް ބޭރުގަވެސް އެކުޅިވަރު، މީ އިސްލާމީގައުމެއްކަމެއް މުސްލިމުންކަމެއް އެމީހުން ހަނދާނެއްނުހުރޭ. ރައްޔިތުން ރައްކާތެރިކުރަން ހުވާކޮށްގެންތިބެ އާއިލާތަށް ރޫޅާ ދަރިން ބިކަ ކުރީމަ އެވީތަ