ހަމަލާތައް ހުއްޓާލައި ފަލަސްތީނުގެ ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުމާ އެކު ހޯމަ ދުވަހު ޣައްޒާގެ އުތުރު ސަރަހައްދަށް އާންމުން ވަންނަނީ: ޣައްޒާ ހުސްކޮށް މިސްރާއި އުރުދުން އަށް މީހުން ގެންދިއުމުގެ ވާހަކަ އެމެރިކާގެ ރައީސް ދެއްކެވުމާ އެކު ގައުމުތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ދެކޮޅުހަދާފައި. -- ފޮޓޯ: އޭއެފްޕީ
29 ޖެނުއަރީ 2025 - 06:05
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން އެތަނުން ނެރެ ހުސްކުރަންވީ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް ދެއްކި ވާހަކާގައި، އެކަމާ ގުޅޭ ގޮތުން މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީއަށް ގުޅުއްވާނެ ކަމަށް ވިދާޅުވެ އެ މުއާމަލާތް ހިނގާފައިވާ ކަމަށް ބުނާ ވާހަކަ މިސްރުން ދޮގުކޮށްފި އެވެ.
"މިސްރާއި އެމެރިކާގެ ރައީސުން ފޯނުން ވާހަކަ ދެއްކެވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ވާހަކަތައް ރަސްމީ އިސް ފަރާތަކުން ދޮގުކުރި،" އެފަދަ އެއްވެސް މުއާމަލާތެއް ކޮށްފި ނަމަ ހާމަކުރާނެކަން ފާހަގަކޮށް މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސާވިސް އިން ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ ޣައްޒާ "ސާފުކުރުމުގެ" ޕްލޭނެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ، މިސްރުގެ އިތުރުން އުރުދުން އަށް ވެސް ޣައްޒާ މީހުން ގެންދަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
އާދީއްތަ ދުވަހު ސީސީއާ ވާހަކަ ދައްކަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއްވެސް ގައުމަކުން އެކަމާ ބެހޭ ގޮތުން ފަހުން ވާހަކައެއް ނުދައްކަ އެވެ.
ހޯމަ ދުވަހު ޓްރަމްޕް ވަނީ ސީސީއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި "ޣައްޒާގެ ބައެއް މީހުން މިސްރަށް ގެންދާނެ ކަމަށް އުންމީދުކުރައްވާ" ކަމަށް ވިދާޅުވެފަ އެވެ.
މިސްރުގެ ފޮރިން މިނިސްޓްރީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ވަގުތީ ގޮތުން ވިޔަސް ނުވަތަ ދިގު މުއްދަތަކަށް ވިޔަސް" ފަލަސްތީނު ރައްޔިތުންނަށް އެ މީހުންގެ އަމިއްލަ ބިމުގެ ހައްގުތައް ގެއްލޭ ކަމެއް ނުކުރެވޭނެ ކަމަށެވެ.
މިސްރަކީ ސަރަހައްދުގައި އިޒްރޭލު ފިޔަވައި އެމެރިކާގެ އެންމެ ގާތް ބައިވެރިޔާ ކަމަށް ވާއިރު، މި ހަފުތާގައި ޓްރަމްޕް ބޭރުގެ އެހީ ހިފެހެއްޓި އިރު އިސްތިސްނާކޮށްފައިވާ ހަމައެކަނި ގައުމަކީ ލުޔެއް ލިބުނު ހަމައެކަނި ގައުމަކީ މިސްރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިސްތީ
29 January 2025
އެމެރިކާގެ ރައީހަކަށް އައީ ލައިވްކޮށް ދެއްކި ބަހުޘްގައިވެސް ދޮގުހަދާ އޮޅުވާލަމުންނޭ ދޯ ޓުރަމްޕު
ސދފފސ
29 January 2025
ޓުރަންޕު ބުނީ ސީސީޔަށް ތިމަންނަ ލައްކަ ކަންތައް ކޮށްދިނީމޭ. އެހެންވީމާ ތިމަންނައަށްވެސް ކޮށްދެންޖެހޭނެއޭ.