ސުޕްރީމް ކޯޓު: މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ވަނީ ތާވަލް ކޮށްފައި --- ފޮޓޯ/މިހާރު
30 ޖެނުއަރީ 2025 - 15:54
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް އަންނަ މަހު ފަށަން ހަމަޖައްސައިފި އެވެ.
ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިނެވެ. އެ މައްސަލާގެ ތެރެއަށް އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ވަނީ ތަދައްހުލްވެފަ އެވެ.
އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހަށެވެ.
މިއީ ރާއްޖޭގައި ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް ބާތިލްކުރަން ކޯޓަކަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.
އެގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ.
މީގެކުރިން ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ނަމަވެސް އެ ގާނޫނު ފަހުން ވަނީ އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑު އަކިރި ދެމޭ
31 January 2025
ގޮނޑިއެއް ނުގެއްލޭނެ ، ގޮނޑި އިންނާނީ ހޫނު ކުރަން .
އިތުބާރު ނެތްކަުމުގެ ވޯޓު ނަގާ މޮހޮނު
31 January 2025
ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި ރައްޔިތުންގެ މަންދޫބުންގެ ބާރުތަކަށް އަރައިގަތުމަކީ ގާނޫނު އަސާސީގެ ބާރު ކަޑުވާލުން.
އޮނަރަބަލް ކުރުސީ ބެއްޔާގެ އަފީފު ދީދީ
31 January 2025
ގޮނޑި އިންނާނީ އިންތާގައި ގޮނޑިއެއް ނުގެއްލޭނެ ،ގެއްލޭނީ ރައްޔިތުންގެ ހައްގު ، ވަކާލާތު ނުކުރެވޭނީ ރައްޔިތުންގެ ހައްގުތަކަށް . ގާނޫނޫ އަސާސީގެ ރޫހަކީ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވުން ، ސަރުކާރު ނުފޫޒު ދަށުގައި އަދި ބިރުވެރިކަމެއްގައި ތިބެ ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުންގެ ހައްގުިގައި ވާކާލާތެއް ނުކުރެވޭނެއެވެ ، މިފަދަ ހާލަތެއްގައި ފަނޑިޔާރުންގެ ބެންޗާއި ސަރުކާރުން ކުޅެ ފަނޑިޔާރުގޭ ބާރުތައް ކަޑުވާލުމުގެ ބިރުވެސް އެބައޮތް.
ނޭނގޭމީހާ
31 January 2025
ގާނޫނު އަސާސީގަ ކަނޑައެޅިފަ އޮތް ގޮތަކަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް ބަދަލުކުރަން ސްޕްރީމްކޯޓުން ރިޔާއަތް ކުރާނީ ކޮންތާކު އޮތް އެއްޗަކަށްބާ؟
ކަކުނިބޯ
30 January 2025
ޤައުމު ހަލަބޮލިކުރަން ފުރުސަތުދެވިގެންނުވާނެ މެމްބަރުންގެ ޖީބުބޮޑުކުރަން ފުރުސަތުދެވިގެންނުވާނެ ޤައުމު ބޮޑުވާނެ ފަރުދަކަށްވުރެ ނާޖާއިޒުފައިދާނަގަން ފުރުސަތުދެވިގެންނުވާނެ ޥޯޓަކީ ނީލަންކިޔޭއެއްޗަކަށް ވެގެންނުވާނެ ޤައުމުގެ މަސްލަހަތު އިސްކުރެވޭނީ އަދި ސިޔާސީ ހަމަޖެހުން ގެނެވޭނީ ސާބިތުމެމްބަރުން ރައްޔިތުންމަޖްލީހުގައިތިބެގެން ބޭރުޤައުމުތަކުގެ ނުފޫޒު ވަންނަން ޖާގަދެވިގެން ނުވާނެ
މިވަރެއްނެތް
30 January 2025
މި މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން ޕާޓީއިން އަދުރޭ ވަކިކޮށް މަޖިލީޙުގެ ރައީސުކަމާއި ގޮޑި ގެއްލިއްޖެނަމަ ވަރަށް އައިރަނިކް ކަމަކަށް ވާނެދޯ؟ އެއިރުން އެބޭފުޅާގެ ރިޔާސަތުން ފާސްކުރި ގާނޫނުގެ ދަށުން ގޮޑިގެއްލި، ޕާޓީގެއްލި ހިންދިރުވާލައިގެން ޔާމީނުގެ ފަހަތަށް ނުވަތަ އެމްޑީޕީއަށް ވަންނަންޖެހިދާނެދޯ؟
ރާވެރިބެ
30 January 2025
މަޖިލިސްގެ މެމްބަރުންނަކީ އިންތިޙާބީ ދައިރާތަކުން އެދާއިރާތަކުގެ ރައްޔިތުން މަޖިލިސްގަ ތަމްސީލް ކުރުމަށް އެރައްޔިތުން ހޮވާބައެއް. ވީއިރު މެމްބަރަކު ގުޅިގެން ހުރި ސިޔާސީ ޕާޓީއަކުން ނުރުހިގެން މެމްބަރު ޕާޓީއިން ވަކި ކޮށްފިއްޔާ ނުވަތަ އަމިއްލައަށް ޕާޓީއަކުން ވަކިވިޔަސް މެމްބަރު ހޮވި ދާއިރާގެ ތަައިދު އޮތްހާ ހިދަކު ގޮނޑި ގެއްލިގެން ނުވާނެ. އެހެން ނޫނީ ސިޔާސީ ޕާޓީއަށް އެ އަރައިގަނެވެނީ ރައްޔިތުންގެ ހައްގަށް! ސުޕްރީމް ކޯޓުން ނިންމާނީ ރަގަޅަށް!
މީމަހޭހިޔާލު
31 January 2025
މަޖިލީހައް އަންނަން ކުރާ ކެމްޕޭނުގަ ވިއްކަނީ ޕާޓީގެ ސިޔާސަތު ހަރަދުކުރަނީ ޕާޓީއިން މެޖޯރިޓީ ވޯޓުދެނީ ޕާޓީގެ މެންބަރުންނާ ޕާޓީގެ ސަޕޯޓަރުން ދެން ހޮވޭއިރަށް ފައިސާކޮޅެއް ދޭއިރަށް އެހެންސިޔާސީ ފިކުރަކަށް މީހާއަށް ބަދަލުވެވޭނަމަ ހަގީގަތުގަ މާގޯސް އިންސާނީ ހައްގައް ވިސްނަންޏާ ގާނޫނުއަސާސީގަ އެބަހުރި ވަރަށްގިނަ ކަންކަން މިޒަމާނަށް ނުފެތޭ
ރާވެރިބެ
30 January 2025
ރައްޔިތުންގެ މަޖިލިސްއަށް ގިނަ މީހުން ކުރިމަތިލަނީ ސިޔާސީ ޕާޓީއެއްގެ ފަރާތުން ކަމަށް ވިޔަސް ރައްޔިތުން ވޯޓުލަނީ ވަކި ނަމަކަށް. އެމީހާ ހޮވޭ ފަހުން އޭނަ ނިސްބަތްވާ ޕާޓީއަކުން ވަކިވުމުން ނުވަތަ ވަކިކުރިޔަސް މެމްބަރު ތަމްސީލްކުރާ ރައްޔިތުން ގޮތެއް ނުނިންމަނީސް ގޮނޑި ގެއްލިގެން ނުވާނެ. ސަބަބަކީ މެމްބަރު ހޮވީ ރައްޔިތުން. ތަމްސީލް ކުރަނީ އެދާއިރާ. އޭނަގެ މެމްބަރުކަން ވަކި ކުރާނެތޯ ނިންމަންޖެހޭނީ ދާއިރާގެ ރައްޔިތުން! ސިޔާސީ ޕާޓީ އަކުން ނޫން!! ސިމްޕަލް!
މެމްބަރ
30 January 2025
ތިއިސްލާހުގައި އަޅުގަނޑަށްގޯހީ އެންމެ ދެކަމެއް މެމްބަރު ވޯޓްދޭ ގޮތަކުން ޕާރޓީގެ ކޮމިޓީއަކުން އަޅާ ފިޔަވަޅަކުން މެމްބަރުކަން ގެއްލުމާއި މެމްބަރުން އަޅުވެތިކަމެއްގައި ބަދެވިފައި ތިބެންޖެހޭ ތިބުން. މިކަން ޤާނޫނުއަސާސީއަށް ގެނައި އިސްލާހުން އުނިކޮށް އިސްލާހު ކުރަންޖެހޭ. ހޮވުނު ޕާރޓީން ވަކިވުމުން ގޮޑިގެއްލޭ ގޮތަށް އޮތް އޮތުން އެގޮތުގައި އޮތުމަށް އަޅުގަނޑު ތާއީދު ކުރަން. އަދި މިގެނައިބަދަލު ބާތިލްކޮށް މިނޫން ގޮތަކަށް ޤާނުނުގެ މިމާއްދާ ބަދަލުވާންޖެހޭ!
އިއްޒަތު
30 January 2025
ޤާނޫނުއަސާސީއަށް ބަދަލުގެނެސްގެން ނަމަވެސް އެމީހަކުހޮވޭ ޕާރޓީން ވަކިވެ އެހެން ޕާރޓިއަކަށް ދިއުމުން މެމްބަރުކަން ގެއްލެންޖެހޭނެ! ނަމަވެސް މަޖްލީހުގައި ދޭވޯޓަކުން ދެކެވޭ ވާހަކަޔަކުން ކުރާތާއީދަކުން މެމްބަރުކަން ގެއްލިގެން ނުވާނެ މިކަން އޮންނަން ޖެހޭނީ މިނޫން އެހެން ގޮތަކަށް. އަޅުގަނޑު އެދެނީ ސްޕްރިމްކޯޓުން މިކަމަށް ރަގަޅު ހައްލެއް ގެނެވިދާނެކަމަށް! އަދި މެމްބަރުން ތަޅުއެޅުވޭފަދަ ގޮތަކަށް ކަންކަން އޮވެގެންނުވާނެ!