ސްޓާ ލައިޓް ކެފޭގެ ބޭރު.-- ފޮޓޯ: ނާހިލް
30 ޖެނުއަރީ 2025 - 16:49
ގިނަ އަދަދެއްގެ މީދާ އުޅެނިކޮށް ފެނުނު ކެފޭގައި މިހާރު މީދާ ނޫޅޭކަން ކަށަވަރު ކުރުމަށްފަހު އެ ކެފޭ ހިންގަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ހުއްދަ ދީފި އެވެ.
އަހުމަދު ނާހިލް ނަމަކަށް ކިޔާ ޒުވާނަކު ދާދިފަހުން ފޭސްބުކްގައި އާއްމުކުރި ވީޑިއޯގައި "ސްޓާ ލައިޓް ކެފޭ"ގައި ކާބޯތަކެތި ބަހައްޓާ ރެކު ތެރޭގައި މީދާތަކެއް އުޅޭ މަންޒަރު ފެނެ އެވެ. އަދި އެތަނުގައި ތަށްޓަކަށް އަޅާފައި ހުރި ބިސްތަކެއްގައި މީދާތައް ދޫލާ ތަން ވެސް ވީޑިއޯއިން ފެނެ އެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ސޯޝަލް މީޑިއާގައި މިދިޔަ ހޯމަ ދުވަހު އެ ވީޑިއޯ ދައުރުވާން ފެށުމުން އެ ކެފޭގެ އިންސްޕެކްޝަނަށް ދިޔައިރު، އެ ދުވަހު ކެފޭ ބަންދު ކޮށްގެން މުޅި ތަން ސާފުކުރާތީ އިންސްޕެކްޝަން ކުރިއަށް ނުގެންދެވުނަސް، އާއްމުންނަށް ހިދުމަތް ދިނުން މަނާކުރި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އޭގެފަހުން މިދިޔަ އަންގާރަ ދުވަހު އެ ކެފޭގެ އިންސްޕެކްޝަނެއް ހަދަން ދިޔައިރު މީދަލަށް ވަދެވޭ ގޮތަށް ހުރި ތަންތަން ވެސް ބައްދާފައިވާ ކަމަށެވެ.
"ތަން ބަންދުކުރަން ޖެހިދާނެ ކަމަށް ވެސް ތައްޔާރުވެގެން އިންސްޕެކްޝަނަށް ދިޔައީ. އެކަމަކު ޕެސްޓް ކޮންޓްރޯލް ހަދާފައި މީދަލުގެ އަސަރުކޮށްފައި ނެތީމަ އަލުން ހިދުމަތް ދޭން ހުއްދަ ދިނީ،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ހިންގާ ކެފޭ/ރެސްޓޯރެންޓްތައް ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ފެތޭތޯ އެމްއެފްޑީއޭއިން އިންސްޕެކްޓް ކުރެ އެވެ. އަދި އެ މިންގަނޑަށް ނުފެތިގެން ބައެއް ތަންތަން ބަންދު ވެސް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޫރީ
31 January 2025
ކޮބާ ޖޫރިމަނާ
ބަޖިޔާ
31 January 2025
ސޯސަލުމީޑިޔާއިން ފެނުނީމަ ދިޔައިރު. ހަހަހަ
އައިމިނާ
31 January 2025
އެއްދުވަހު މީދާ. އަނެއްދުވަހު ބަންދު. ޖެހިގެން އަންނަދުވަހު ހުޅުވަން ހުއްދަ.
ލުނާ
30 January 2025
މީގަ ދެރައީ މީދާ ވަނުން މަނާކަން އަންގައިދޭ ނޯޓިސް ނުޖަހާކަން. އޭރުން އެސޮރުމެންނަށް ވެސް އެނގޭނެތާ ކެފޭތަކާ ކައިރިނުވާން.
ޑިސްއޮނަރަބަލް ޑީޑީ
30 January 2025
ގައުމުގާ ހުރިހާކަމެއްވެސް މިހުންނަނީ މިކަހަލަ ދޯހަޅި/ހޮޅި ގޮތަކަށް. ކުޑަސޯބުތައް އެނބުރޭނީ ބޮޑުސޯބު އެނބުރޭގޮތަށް ނޫންތޯ؟
ޑަކު
30 January 2025
ތިވީގޮތުން ތިތަނަށް ތިލިބުނީ ހާދަބޮޑު ޕަބުލިސިޓީއެކޭ.
މިންމިި
30 January 2025
ނެކްސްޓް ޖޯކު ޕުލީޒް.
އެމީލިއޯ
30 January 2025
މީދާ ފެނުމަކީ ކުރި އެރުމެކެވެ.މިހާރު ވަނީ 5 ސުޓާރ ތަނަކައް ބަދަލު ވެފައެވެ.
ކޮރަލް
30 January 2025
ސަސްޕެންސަން ގެ މުއްދަތު ގިނަ ވާން ޖެހެ އެވެ. ކަންމަތީ ކެފޭތަކަށް ދުވާލަކަށް 5 ހާހުން ދިހަ ހާހުން ލިބެ އެވެ. މަހަކަށް ފައިދާ ވާވަރު ބަލާލަ ބަލާށެވެ. ހުންނަނީ ދެތިން ބިދޭސީންނެވެ. އެއްވެސް ދިވެއްސަކު ނުހުރެ އެވެ. ބިލް ދޭން ބުނީމަ ގަނޑު ކޮޅެއްގަލަމުން ޖަހާފަ ދެނީ އެވެ. ތަފްސީލް އެއް ނުހުރެ އެވެ. މަހަކު އެތައް މިލިއަން ރުފިޔާ ޑޮލަރަށް ހަދާ ބިދޭސީން އެދަނީ ބޭރު ކުރަމުންނެވެ. ބަލާނެ މުއައްސަސާ އެއް ނެތެވެ.
މުރަކަ
30 January 2025
ކޮއިފުޅާ އެއީ ދިވެއްސަކު ހިންގާ ތަނެކޭ.
ބައިދަނޑި
30 January 2025
މިދާ ކައިރީ ނުވަންނާށޭ ބުނެފަ ދޯ ތި ދިނީ، ހުއްދަ ؟؟!!