ކުރީގެ ފަސްޓް ލޭޑީ ފަޒްނާގެ މަންމާފުޅު ޒަމީރާ
31 ޖެނުއަރީ 2025 - 18:51
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ މަންމާފުޅު އަވަހާރަވެއްޖެ އެވެ.
ފަޒްނާގެ މަންމާފުޅު ޒަމީރާ އުމަރު އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ. އެ ކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.
ފަޒްނާގެ މަންމަ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަޒްނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ދަންނަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
31 January 2025
ހެޔޮރަޙްމަތްލައްވާށި.
އައިމިނާ
31 January 2025
ޕާޓީގެ ބޮސްއަށްވެސް އިހުތިރާމެއްނެތި މުޒާހަރާގަޔޯ.
ޗަކޮއި
31 January 2025
انالله وانااليه راجعون
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
31 January 2025
ވަރަށް ރަނގަޅު ބޭފުޅެއް!
މުޙައްމަދު.
31 January 2025
انالله وانااليه راجعون. މަރުޙޫމާގެ ފުރާނަ އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން