އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
31 ޖެނުއަރީ 2025 - 23:53
ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.
"ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި އިދިކޮޅު ހަރަކާތުން މިރޭގެ 8 އިން 11:30 ވަންދެން މާލޭގެ ވަށައިގެން ބޭއްވި މި ބޮޑު ހިނގާލުމަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އިދިކޮޅުގައި އޮވެ އެމްޑީޕީން އެންމެ ފުޅާކޮށް މިހާތަނަށް ހިންގި ހަރަކާތެވެ. އެ ހަރަކާތަށް މީހުން މީހުން ނެރުމަށް އެމްޑީޕީގެ އިސްވެރިން މާލޭގެ ގޭގެ އަށް ހިނގައި ބޮޑެތި ކެމްޕެެއިންތަކެއް ހިންގި އެވެ.
މިރޭގެ 8 ޖެހިއިރު އާޓިފިޝަލް ބީޗު ސަރަހައްދުން އެތައް ސަތޭކަ ސަޕޯޓަރުންނާ އެކު ފެށި ހިނގާލުމުގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅު އެކި ޝިއާރުތައް ހިފައިގެން ތިބެ އަޑު އުފުލައިފަ އެވެ.
މިދިޔަ ސަރުކާރުގެ އިސްވެރިންނާއި ކުރީގެ ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި މި ހިނގާލުމުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މި ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިސްތިއުފާއަށް ވެސް ގޮވާލައިފަ އެވެ.
ނަމަވެސް އެއްވުމުގެ އެއްވެސް ހިސާބަކުން ހަމަނުޖެހުމެއް ނުހިނގަ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ތިބި ނަމަވެސް އެއްވުމަށް ހުރަސް އަޅަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.
އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ބައިވެރިން އަމީނީ މަގުގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެއްވުން ނިންމާލަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، މިރޭ ހާމަވެގެން ދިޔައީ ދިވެހި ރައްޔިތުން ތިބީ މި ސަރުކާރު ބަދަލު ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމެވެ.
ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދިވެހިން ލޭ އޮހޮރައިގެން ހޯދާފައިވާ މިނިވަންކަމާއި ހައްގުތައް ހަނިކުރަން ކަމަށާއި އެކަމާ ދެކޮޅަށް އަނެއްކާ ވެސް މަގުމައްޗަށް ނުކުންނަން ޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ނަމަވެސް ދިވެހިންގެ ހައްގުތައް އުނި ނުވާނެ ގޮތަކަށް ހަދަން ޖެހިފައިވާ ކަމަށެވެ.
އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ގާނޫނުއަސާސީން އަޅުގަނޑުމެން އެބަ ޖެހޭ ކަށަވަރު ކުރަން މި ނޫން ގޮތެއް. އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ މި ސަރުކާރު ބަދަލު ކުރަންށާއި އަދި ގާނޫނުއަސާސީ އަށް ރައްޔިތުންގެ ހައްގުތައް ގެއްލި ނުދާނެ ގޮތަކަށް ކަށަވަރު ކުރަން،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވަނީ ސަރުކާރު ހަމަ މަގަށް އެޅެންދެން، ސިލްސިލާ މުޒާހަރާތަކެއްގެ ގޮތުގައި މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ މުޒާރަހާގެ ބައިވެރިން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް މަޑުކޮށް ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. ބޮޑެތި މަގުތަކުގައި ހިނގުމަށް ފަހު އެއްވުން ނިންމާލާފައިވަނީ ވެސް އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީ ފެންވަރު
02 February 2025
ގައުމު ދަވާލާފަ ތިމަންނަމެން، މުޒާހަރާ ކުރަން ފުރުސަތުދީ، ޕެޕަރ ސްޕްރޭ ނުޖަހަމޭ ބުނީމަ ވަރަށް ތަފާތު؟
ބަލާތި
01 February 2025
މަމެންގެ ރަމަލު ތަކުން ދައްކަނީ 2027 ވަނަ އަހަރު އަންނަންވާ އިރަށް އަނެއްކާ އެމްޑީޕީ ތެރޭން ފެކްޝަންސް ތަކެއް އުފެދި އިތުރު ސިޔާސީ ޕާރޓީ އެއް އެމްޑީޕީ ތެރޭން އުފެދޭނެ ކަމަށޭ ދެން އެމެން ރިޔާސީ އިންތިޚާބަށް މަރުފަލި ޖަހާނެއޭ އެކަމަކު އެމެން ދާނީ ޗޮކުންނޭ އެއަށް ފަހު އެމްޑީޕީ އަށް ވާނީ މިހާރު އޮތް ދަ ޑިމޮކްރެޓްސް އަށް ވީގޮތޭ ރާައްޖޭގެ ސިޔާސީ ލޭންޑްސްކޭޕުން ހުޅަނގުގެ ވައްޓަފާޅި ގެންގުޅޭ ޕާރޓީތައް އުވި އިރުމަތީ ފަޅީގެ ޕާރޓީ ތައް ދެން ފިޔަޖަހާނީ
މިނޫންގޮތެއް
01 February 2025
ބަޔަކު މަގުތަކަށް ނިކުމެ މުޒާކުރާނެ ހާލަތެއް މިތާކު އަދިއެއްނެތް ތީ ސިޔާސީގޮތުން ޖަހާ ސަކަރާތް ގައުމުގަ ހުރި މައްސަލަތަށް ރަނގަޅަށް ދެނެގަނެ ދެންވެސް ވެރިކަން ލިބިއްޖިއްޔާ ގައުމު ހިންގާނެގޮތުގެ ރަނގަޅު ޕްލޭނެއް ހެދުން މާރަނގަޅު ތީ މިގައުމުގަ ވެރިކަން ކޮށް ޓެސްޓުކުރެވިފަ ތިބިބައެއް އެންމެ ފަހުން ފައިބައިގެން ތިޔައިރުވެސް މިގައުމު ވުޖޫދުވިފަހުން ދަރަނިނެގިވަރަށް 5 އަހަރުން ދަރަނިނަގާ ގައުމުފުނޑާލާފަ ދިޔަބައެއްތީ
ހަސަންރަހާ
02 February 2025
ހޭރޭނެ ކަމެއް ނެތް. ރެޖިސްޓްރީ ދޫކޮށްފަ ހުރި ގޯތިތައް ނުދެންޏާ މުޒާހަރާ ދާނީ ބޮޑުވަމުން. މޑޕ ބައިވޭތޯ ނުވޭތޯ މަމެން ނުބަލަން.
ދެރަކަމެއް
01 February 2025
ސަރުކާރު ނުލިބޭއިރަށް މަގުމަތިވާބައެއް މިގައުމުގަ ނޫނީ ނޫޅޭ
ހަސަންރަހާ
02 February 2025
ނާ ތެދެއް؟ ދެދޮރުހޭރެން ތިބި މީހުން ހަނދާން ނެތުނީ؟
ފެއްސޭދެން
01 February 2025
އެމްޑީޕީ އަށް ދެން ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރި ނުހޯދޭނެއޭ ޝާހިދަށް ނުލިބޭނެއޭ ވޯޓެއް ރައީސް ކަމުގެ މަގާމަށް އަންނާން ދެން މިރާއްޖޭގެ ވެރިކަން ކުރިއަށް އޮތް 25 އަހަރު ވަންދެން ކުރާނީ ޕީޕީއެމް ފިކުރު ހުރި މީހުންނޭ އެއީ ޔަގީން ކަމެކޭ އެމްޑީޕީން ވަނީ ރާއްޖެ ހަލާކު ކޮށްލާ އަދި ރާއްޖޭގެ އިގްތިސާދު ވެސް ފުނޑާލާފައޭ ފަސް އަހަރު ރީއްޗަށް ވެރިކަން ލިބުނު އިރު ޑޮލަރަށްވާ ބަރޯސާ ކުޑަ ކުރަން ކުރި އެއްވެސް ކަމެއް ނެތޭ މުޅިން ވެސް ވައްކަމޭ ކުރީ ތަމެން
ހަސަންރަހާ
02 February 2025
މުއިއްޒު ގެ ދޮގުހަދާ ވެރިކަމަށް ރައްޔިތުން ދެކޮޅު ހެދުމާ މދޕ އާ މާބޮޑު ގުޅުމެއް ނެތް!
ސިމާހް
01 February 2025
ރައްޔިތުން އެމްޑީޕީ ދެކެ ފޫހިވެއްޖެ. އެހެން ކަމަކާ އުޅޭ
އަޒުމް މުހައްމަދު
01 February 2025
ގައުމުގަ ފިތުނަ އުފައްދަން އުޅޭ ބަޔަކު މިއީ. އެމްޑީޕީ ދެކެ މީހުން ފޫހިވެއްޖެ
އައްލަމް
01 February 2025
މުޒާހަރާ ކުރަން މިމީހުން ލަދު ނުގަންނަކަން.
އަސްލަމް ވަހީދު
01 February 2025
މުޅި ގައުމު ދަވާލި ބަޔަކު ކޮން ގައުމެކޭ ކިޔާކަށް.
ކުރަފިދާދާ
01 February 2025
އެމް. ޑީ. ޕީ އަށް ލިބުނު ދެ ދައުރުގެ 10 އަހަރުން މި ގައުމަށް ކުރި ފައިދާއަށްވުރެ، ދީފައިވާ ގެއްލުން މާ ބޮޑުވާނެ. އެއީ ގައުމަށް އެޔޮ އެދޭ ބަޔަކަށްވުރެ ގައުމު ދަވާލާ ބައެއް. މިހާ އަވަހަށް މި ތެޅެންފެށީ ވެސް އިބޫގެ ދައުރުގައި ކައިފާހުރި ވަރު ފަޅާއަރަން ފެށުމުން. ހިންގާފައި ހުރި ކޮރަޕްޝ،ަންތައް ފެންނަންފެށުމުން. އެހެންވީމާ އެ އުޅެނީ ކަރުގައި މިހާރު ހިތިރަހަލާވަރުން. ކޭވަރުު ބޮޑުކަމުން. މީހުން ބުނެ އުޅެއެއްނު ގިތެޔޮގުޅިއަކުން ވަހެއް ނުކެނޑޭނޭ.