މާލެ: ޖެނުއަރީ 31، 2019- ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 'މޯލްޑިވްސް ރިފޯމް މޫވްމަންޓް' ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާކަން އިއުލާން ކުރެއްވުމަށް ބޭއްވި ނިއުސް ބްރީފިންގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
01 ފެބުރުއަރީ 2025 - 20:34
ކުރީގެ ރައީސް މައުމޫން އަަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވެސް އުނިކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާ ކަމަށާއި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ އެ އަދަދު ފުރިހަމަކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު މެމްބަރުން ހަމަކޮށްފައި ނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން އީސީ އިން ވަނީ މިދިޔަ މަހުގެ 29 ގައި ނިންމައިފަ އެވެ.
އެކަމަކު، އީސީގެ އެ ނިންމުން ގަބޫލު ނުކޮށް އެ އިދާރާ އަށް އެ ޕާޓީން ފޮނުވި ސިޓީއެއްގައި ބުނީ، ޕާޓީ އުވާލި ކަމަށް ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެ ޕާޓީއާ މެދު އީސީ އިން ތަކުރާރުކޮށް އަމަލުކޮށްފައި ވަނީ ގާނޫނާއި ކޯޓުގެ އަމުރާ ހިލާފަށް ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހުގެ ކޮމީޓީގެ ރިޕޯޓުން ވެސް އެނގޭ ކަމަށް އެމްއާރްއެމުން ބުންޏެވެ.
"ގަސްދުގައި ވަކި ސިޔާސީ ޕާޓީއެއް އުވާލުމަށް ވަގު ފޯމު ހެދުމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާ ކަމަށާއި 3000 މެމްބަރުން ހަމަވިޔަ ނުދިނުމަށް އީސީގެ ނައިބު ރައީސް އަލީ ނަޝާތު އާއި ކޮމިޝަންގެ މެމްވަރު މުހައްމަދު އާސިފް އަދި ކޮމިޝަންގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު މަސައްކަތް ކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ،" އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނު ސޮއިކުރައްވައި އީސީ އަށް ފޮނުއްވި ސިޓީގައި ވެ އެވެ.
އެ މައްސަލާގައި އެ ކޮމިޝަންގެ މެމްބަރުންނަށް ފިޔަވަޅު އަޅައި، މަގާމުން ވަކިކޮށްފައިވާއިރު އެމްއާރްއެމާ މެދު އަމަލު ކޮށްފައިވާ ގޮތް އަލުން ތަހުގީގު ކުރުމަށް ފަހު ގާނޫނުގައިވާ ގޮތަށް އަމަލު ކުރުމަށް ވެސް އެ ޕާޓީން އެދުނެވެ.
އެމްއާރްއެމް މީގެ ކުރިން ވެސް އުވާލަން ނިންމުމުން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ޕާޓީ އުވާލަން އީސީ އިން ދީފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
03 February 2025
ހީހީހީހީ
ޖަދުވަލު.
02 February 2025
pnc ބޮޓުންތަކަށް މި ދުވަސް ޖެހޭނެ.
ރަސްފަންނު
02 February 2025
"ޑީ.އާރު.ޕީ" އެއް "ޕީ.ޕީ.އެއް އެމް" އެއް " .އެމް.އާރު އެމް" އެއް ނެތް. ކެޔޮކަނޑު ކަނޑާލީމާ ގަސްގަނޑުގެ ބޭނުމެއް ނެތޭ.
ސަންޑޭ
02 February 2025
މީހުން ހަމަކުރެވޭނީ ކޭޝް ހުރެގެން. ޤާސިމްގެ ޖުމްހޫރީ ޕާޓީ އާ ސަން ޓްރެވެލް ޝިޔާމް ޕާޓީ ހިފަހައްޓަނީ ކޭޝް އިން.
އައިކޮތޯ
02 February 2025
މީވަރަށް ފޭކް ޕާރޓީ އެއް، މަށަކީ ގާނޫނީ ގޮތުން ސިޔާސީ ޕާރޓީ އަކަށް ރަޖިސްޓްރީ ނުވެވޭ މީހެއް، އެކަމަކު މިޕާރޓީގައި މަ ރަޖިސްޓްރީ ކޮށްފައި އޮތް 2021 ވަނަ އަހަރު. އީސީ އަށް ފޯމެއް ލައިގެން އެޕާރޓީން މަގޭ ނަން އުނިކުރީ.
އަބްޑޫޅް +
02 February 2025
ކޮބާ މެމްވަރު ގައްޔޫމު؟
އަންދަލޫސިޔާ
02 February 2025
ތިޔަ ޢާއިލާއިން މޮޑޭނެ ގޮތަކަށް ފުއްގަނޑުމޮޑެ ބަހާނެ ގޮތަކަށް ދައުލަތުގެ ރައުސްމާލް ބަހަން 30 އަހަރު މަދީތޯ؟ ދެން އޮތް 30 އަހަރު، އެހެނީ 2038 އަންނަންދެން މަޑުން ތިއްބަވާށޭ!
ކަހެރުވައް
02 February 2025
އެމްއާރްއެމް އަށް 3،000 މީހުން ކީއްކުރަން! 100000 މީހުންވެސް ހަމަކުރެވިދާނެ. އެކަމަކު އެއީ ޝަރުތު ތަކަކާއެކު. 1. ދޮގުހެދުމާ މަކަރުހެދުމާ އޮޅުވާލުން. 2. ނެތިމޮށުމާއި ޣީބަބުނުމާއި ނަފްސު ކަތިލުން. 3. ބޮޑެތި އަދަދުތަކުން ވައްކަން ކުރަން ކެރުމާއި ފިތުނަފަސާދަ އުފެއްދުން... ދިވެހިންނަށް ފަސޭހައިން ވިއްކާލެވޭ މިފަދަ ކަންކަން އެމްއާރްއެމް އަށް ކުރެވޭނެނަމަ 100000 ން 300000 ން މީހުން ހަމަކުރެވޭނެ. އެންއާރްއެމްގެ މައިގަނޑު މައްސަލައަކީ މިއީ.
ބޭބޭދެރަކަން
02 February 2025
3000 މެންބަރުން ހަމަ ނުވާތާ 2 އަހަރު. ޢީސީ މިހާމުއްދަތު ދިނީ ކީއްވެތޯ ރައްޔަތުންނަށް އެގެންޖެހޭ
ޒެޑްޕީޕީއެމް
02 February 2025
އިންތިޚާބެއްގައި ވާދަކޮށް އެންމެގޮޑިއެއްވެސް ކާމިޔާބު ނުވާ ޕާޓީތައް އުވާލަންވީ