އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޖައުޝަން: މިހާރު އޭނާ އަދާކުރައްވަމުން ގެންދަވަނީ އެފްއޭއެމްގެ ކޮންސަލްޓެންޓެއްގެ ދައުރު --- ފައިލް ފޮޓޯ: ފަޔާޒު މޫސާ
02 ފެބުރުއަރީ 2025 - 12:59
ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ފީފާގައި މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.
މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓްގެ ސްޓްރެޓެޖިކް މަގާމެއްގެ ގޮތުގައި ޖައުޝަން އަދާކުރައްވާ މަގާމުގެ ގޮތުން ރާއްޖޭގެ އެފްއޭގެ ކަންކަމުގައި ވެސް އޭނާ ލަފާ ދެއްވަ އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ (އެންސީ) ގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވީ އެންސީން ކަމަކާ ގުޅޭ ގޮތުން މަޝްވަރާއެއް ހޯދަން އެދިއްޖެނަމަ އެކަމުގެ އެހީތެރިކަން ޖައުޝަން ދެއްވާ ކަމަށެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގެ އެންމެ ފަހުގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ނޮވެމްބަރު 2023 ގައި އައްޔަން ކުރުމުގެ ކުރިން ވެސް އޭނާ ގެންދެވީ އެފްއޭއެމްގެ ލީގަލް ޑިޕާޓްމެންޓްގެ އެންމެ އިސް މަގާމު އަދާކުރައްވަމުންނެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ ބައްސާމްގެ ދައުރުގައި ދެ ފަހަރެއްގެ މަތިން ބާއްވަން އުޅުނު އިންތިހާބު ފެއިލްވި އިރު ޖެނަރަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދެވީ ޖައު އެވެ.
އެކްޓިން ޖެނަރަލް ސެކްރެޓަރީކަމުގެ މަގާމާ ހަވާލުވެ، ބައެއް ކަންކަން ހިނގާފައިވާ ގޮތުން ޖައުޝަން އަށް ފާޑުކިޔުން އަމާޒުވި އެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސް އުސޫލާ ހިލާފަށް ބޭއްވި އިރު ވެސް އެކަމުގައި އޭނާ ހިއްސާވި ކަމަށް ތުހުމަތު ކުރެ އެވެ. އަދި އޭގެ ފަހުން ވެލެންސިއާ ސަސްޕެންޑް ކުރަން، އެފްއޭއެމުން ނިންމުމުން، އެ ކްލަބްގެ ފާޑުކިޔުންތައް ޖައުޝަން އަށް އަމާޒުވި އެވެ. އެ ކްލަބުން ބުނެފައި ވަނީ އެފްއޭއެމުން، ސަސްޕެންޑް ކުރީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީލާ11
03 February 2025
މުހައްމަދު ޖައުޝަން ޝަރީފްގެ ކިބައިގައި ތެދުވެރިކަމާއި އިޚްލާސްތެރިކަން ހުރިނަމަ، އޭނާ ފުޓްބޯޅައިން ތަނާޒިލްވާން ޖެހެއްވެ.
މަވާ
03 February 2025
ސަރުކާރުގެ އޮފީހަކަށް މީން މީހަކު ހޮވުމަކީ، ބޮޑުކޮށާރުގެ ތަޅުދަނޑި އަތަށް ލިބުން ކަހަލަ ކަމެއް. ދައުރެއް ހަމަވާއިރު ކޮށާރުގެ ބިތްވެސް ކައި ހުސްކޮށްލާ.
ޔާނު1304
02 February 2025
ޖައުޝަން އަކީ ކުޅިވަރުގެ ދާއިރާއިން އިދާރީ ހިންގުމުގައި ވަރަށް ޤާބިލު މީހެއް. ބައްސާމުގެ ކޮރަޕްޝަނުގައި ޖައުޝަންގެ ބައިވެރިވުމެއް ނެތް. އެފްއޭއެމް ކޮޅަށް ޖެހުމަށް ޖައުޝަންގެ މަސައްކަތް ރަނގަޅު. އިލްމީ ގޮތުން މި ދާއިރާއިންވެސް އަރާހަމނުކުރެވޭ ޒުވާނެއް. ޖެނެރަލް ސެކްރެޓަރީއަށް ފަހުން އައްޔަނު ކުރި ނާހިލް އެ މަގާމުން އިސްތިއުފާދިނީ ނާގާބިލުވެގެން ފީފާއިން ކުރި އަމުރަކަށް. މިކަމާ ނާހިލް އަށް ހަޖަމު ނުވެގެން ދައްކާހާ ވާހަކަ ނޫހުގަ ތިއޮތީ.
އަޅެ ފަހެ އަޖައިބުން އަންތަރީސް ނުވާނެތަ
04 February 2025
އޭނަގެ ޤާބިލްކަމާމެދު މިހާރުގެ ދިވެހި ފުޓުބޯޅަ ހެކިވޭ. ގަލޮޅު ދަނޑާއި، އެފް.އޭ.އެމް ގެ ޓާފް ދެދަނޑާ، އެފް.އޭ.އެމް ގެ އޮފީސް އިމާރާތަށް ބަލާލިޔަސް ފެންނަނީ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޖައުޝަން ޝަރީފް ޤާބިލްކަމާ ކުޅަދާނަކަމާއި ރޭވުންތެރިކަން
ދިލްބަރު
02 February 2025
ނޯމަލައިޒޭޝަން ކޮމިޓީގައި އެބަތިބި 2 ލޯޔަރުން. އެމީހުންނަށް ނުވަނީތަ؟
ފުޓުބޯޅަ ވަކިބައެއްގެ ތަރިކަ މުދާ
02 February 2025
ކުޅިވަރުގަ މަސައްކަތް ކުރާ ލޯޔަރުން މިހާރު މަދެއް ނޫން. ފުޓުބޯޅަ އަކީ ވަކި ބައެއްގެ ތަރިކަ މުދަލަކަށް ހަދައިފި. ކިތައްމެ ޖަރީމާ އެއް ހިންގިއަސް ކޮއްމެވެސް ގޮތަކުން ވަޒީފާ ގެ ނަން ބަދަލުކޮށް އަނބުރާ އައްނަނީ ހަމަ އެއްބައެއް. ބައްސާމު ކުރި ކަމެއް ކުރީ ޖައުޝަން އަށް އެނގިގެން. ނޭނގި ކޮއްފިއާ ޖައުޝަން ގެ ވަޒީފާ ގެ ޒިއްމާ އަދާ ނުކުރޭ.
އަފޭގެމުފާ
02 February 2025
ޖައުޝަން އެފް.އޭ.އެމް އަށް ލަފާދިނުމެކޭ ބައްސާމު އެފް.އޭ.އެމް އަށް ލަފާދިނުމެކޭ އެއްވަރު. ބައްސާމުގެ ޒައާމަތުގައި ހިންގާފައިވާ ކަންކަމުގައި އެންމެ އިސްކޮށް އުޅުނީ ޖައުޝަން. ބައެއް ކަންކަމުގެ ތެރޭގައި، 1- އެފް.އޭ.އެމް ގެ ގުދަންބަރި ސިބްކޯއަށް ދިނުމަށް ސިބްކޯގެ ފަރާތުން އެއްބަސްވުން ހަދައި އަދި އެފް.އޭ.އެމް ގެ ފަރާތުން އެެއްބަސްވުމަށް ލަފާދިނުން. 2- ނުއަގުގަ ކުއްޔަށްދިން ތަންތަނުގެ އެއްބަސްވުން ހަދައި އެކަމުގައި ބައިވެރިވުން. ލިސްޓް ވަރަށް ދިގު
ޢަހުމަދު މުޖުތަބާ
02 February 2025
އެފް އޭ އެމް މިހާލަތައް ވައްޓާލިއިރު އެތަނުގަ ހުރި މީހަކު ލަފާދޭން ހުރުމަކީ އިތުރަށް މަސްލަހަތު ގޯސްވެ ބައްސާމް ކުރި ވަންކަންތައް ފޮނުވަން ލިބޭ ރަނުގެ ފުރުސަތެއް، ސަރުކާރުން އެބަޖެހޭ މިކަން ހުއްޓުވަން، ކުލަބްތަކުގެ ހިތްނިޔަތް ރަނގަޅުނަމަ މިއަޑު އުފުލަންޖެހޭނެ
ހުންބެ
02 February 2025
ބައްސާކު ކުރި ކަމެއް ކުރިއިރު ޖައުޝަން ކޮބާ؟