މަސްވެރިންތަކެއް މިފްކޯގެ ބޯޓަކަށް މަސް ކިރަނީ.--
03 ފެބުރުއަރީ 2025 - 11:22
މިދިޔަ ޖެނުއަރީ މަހު 8،324 ޓަނުގެ މަސް މިފްކޯ އަށް ކިރުވައި، އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ކިރުވުމުގެ ރެކޯޑް އެ ކުންފުނިން ގާއިމްކޮށްފި އެވެ.
ސަރުކާރުގެ މަސް ކުންފުނިން މިއަދު ބުނީ އެއީ 1997 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ޖެނުއަރީމަގެއްގައި އެންމެ ގިނައިން އެ ކުންފުންޏަށް މަސް ކިރުވި ފަހަރު ކަމަށެވެ.
މިދިޔަ 27 އަހަރުހެ ތެރޭގައި އެންމެ ގިނައިން މަސް ކިރުވީ މިދިޔަ މަހު ކަމަށް އެ ކުންފުނިން ބުނެފައި ވާއިރު، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ރިޔާސީ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަނީ ފަށައިފަ އެވެ.
މިދިޔަ މަހު 91 ދޯންޏަކުން މިފްކޯ އަށް ކިރުވި މަހަށް ވަނީ 4.2 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުފްޝާން
04 February 2025
މިފްކޯއިން އެންމެ ގިނައިން މަސްވެރިންނަށް ހުއްޓުމެއްނެތި ފައިސާ ދިނީވެސް މި ސަރުކާރުގަ، މީ އަދި މިހާތަނަށް އެއްވެސް ވެރިޔަކު ކުރިކަމެއްނޫން
ލަމީރު
04 February 2025
ތިކަން އަދި އެކުރެވެނީ ރާއްޖޭގެ މަސްވެރިކަން ދަށްކަމުން. ދެތިން މަހަކު ރަގަޅަށް މަސްބާނާލީމަ ތިބަހެއްގެ ހުރި ފެންވަރެއް އެގޭނީ
ސަކީނާއްތަ
03 February 2025
ދިވެހި މަސްވެރިން ހިލޭ ކަނޑުން ހިފާ މަސްވިއްކަނީ ދައުލަތަށް ފައިސާ ނުދީ.ރޯޔަލްޓީ އެއްނަގަން ފެނޭ. ވަރުވާ އަށް ލިޔެ ދީފައިވާ ދައލަތުގެ ފަޅުރަށްރަށްތަކުންވެސް ފައިސާދީފައި އެތަން ތަން ހިންގަން މީހުންނަށް ދެނީ.
ކަތްދައްތަ
03 February 2025
ކުރިން އެންމެ ދޯންޏަކުން މިލިޔަނުން ގެންދާ ވާހަކަ ކިޔާ އަޑުއަހަން. މިހާރު. 91 ދޯނިވެގެން 4.5 މިލިޔަން. ރާއްޖޭގެ އިގުތިސޯދު މިހުރީ އަސްދަޑިން ބޭރުގަ ނޫންތޯ؟
ނުއަގު
03 February 2025
ނުއަގުގަ މަސް ގަނެގެން މޮޅު ވާހަކަ ދައްކަނީ…
ނާޑުވާ
03 February 2025
މިހާރު ސަރުކާރަގެ ސިޔާސަތަކީ ހަމަ ހުރެލާފަ އަދަދު ތަކެއް ކިޔާލުން 8324 ޓަނުގެ މަހަށް 4.2 މިލިއަން ވީމަ ކިލޯއަކަށް ޖެހެނީ 50 ލާރި. ދުއިސައްތަ އެތައް ސިޔާސީ މީހުން ވަކިކުރި އުސޫލުނއ ނިދާ ހޭލާގޮތަށް އަދަދުތަކެއް ޖަހާލަނީ. އިދާރީ ގޮތުން އެއްވެސް ކަމެއް ކުރާކަށް ނޭނގޭ. ދައުލަތުގެ ބަޖެޓް އޮތީ 2 ސަފްހާގަ.
ކަލޯގަޔާ
03 February 2025
1.98 ރުފިޔާއަށް ކިލޯއެއް؟
އަލިބެ....
03 February 2025
ކިލޯއަކަށް ބައިރުފިޔާ ދިނީމަ ވަގުތުން ފައިސާދެވުނަކަސް އެއ މޮޅުކަމަށް ހަދައިގެން ދައްކަންޖެހޭވަރު ވާހަކައެއް ނޫން!
އޮނަރަބަލް ހަމީދުބޭ ގެ ދީދީ
03 February 2025
ޖެނުއަރީ މަހު ކިރުވި 8،324 ޓަނުގެ މަހަށް 4.2 މިލިއަން ރުފިޔާ ވީމާއި ބާޒާރުގެ އަގުން ހިސާބު ދިމައެއް ނުވޭ .
ހުދު ބިލަ މަސް
03 February 2025
މިފްކޯ އިން އެކްސްޕޯޓު ކުރާ މަހުގެ ކަސްޓަމްސް ހިސާބުތަކެއް އެފްޕީއަޑީ ޒަމާނުގައި ވެސް ދިމައެއް ނުވާނެ. ލޭނާރު މަހަކީ ފިނި ހިފާ ބަރުވެ ލުއިވާ ހުދު ކާފޫރު ގެ ބާވަތެއް.
އޮނަރަބްލް ބަކުރުބޭ ގެ ކެޔޮގަޑު
03 February 2025
އަނެއް ދޮގު. މުޅި 8،324 ޓަނުގެ މަސް މިފްކޯއިން އެއް ފަހަރާ ސްޓޯ ކުރީ ކޮންތާކު،؟ މިފްކޯން އެންމެ ގިނަވެގެން ވެސް ދުވާލަކު ޕޮރޮސެސް ކުރެވޭނީ 75 ޓަނު . ބޭނިގޮތަށް ވަގުތުން ބޭރަށް އެކްސްޕޯޓު ކުރި ކަމަށް ކަސްޓަމުގެ ލިޔެކިއުން ތަކުން ވެސް ފެންނަން ހުންނަން ވާނެ ، އަދި ބާޒާރުގައި މަސްދަޅު ވެސް ލިބެން ހުރީސް