ލ. ސިކްސް ސެންސް ރިސޯޓު.--
03 ފެބުރުއަރީ 2025 - 11:16
ލ. އަތޮޅު ރިސޯޓެއްގެ އިސް މަގާމެއްގައި ހުރި މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ހަމަލާ ދީފައިވަނީ އެ އަތޮޅުގައި ހިންގާ ސިކްސް ސެންސަަސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރަށެވެ.
ފުލުހުން ބުނީ ލ. އަތޮޅުގެ ރިސޯޓުގެ އިސް މަގާމެއް އަދާކުރާ މީހަކު ރިސޯޓުގައި ބައިސްކަލެއްގައި ދުއްވާފައި ދަނިކޮށް ފަހަތުން މީހަކު ގޮސް، އޭނާގެ ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އެ މައްސަލަ އިއްޔެ ރިޕޯޓްކުރި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
04 February 2025
މީ ރިސޯޓު ދާއިރާގަ އުޅޭ ބޭރު މީހުންނަށް ދިން ވަރުގަދަ މެސެޖެއް ކަމަށް ބެލެވެނީ އިނގޭ! އެކަމު މީހަކަށް ޖިސްމާނީ ގޮތުން ގޯނާ ކޮށްގެން ވާނެ ކަމަކަށް ނުދެކެން!
މެނޭޖަ
04 February 2025
ބައެއް މެނޭޖަރުންނަށް ހީވަނީ މީ އެމީހުންގެ ތަރިކަ މުދަލޭ
މުޑަހަންޖާ
03 February 2025
ކޮންމެއަކަސް އަހަރެމެނަށް ލަފާކުރެވޭގޮތުގައި މީހަކު ވަރަށްބޮޑަށް ރުޅިގަދަވެގެންނޫނީ މެނޭޖަރަކު ބާސްކަލުގައިދަނިކޮށް ފަހަތުންއަރާ ބޮލުގައި އެތިފަހަރެއް ނުޖަހާނެ.
ވިސްނޭގޮތް
03 February 2025
ގަޔަށް އަތްލުން މުޅިން ގޯސް،، މިހިސާބަށް ކަންތަކެއް ނުދާނެ ހަމަ ކުއްލިއަކަށް،، ހީވަނީ ތަފާތުކުރުންތަށް ބޮޑީހެން،، ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް
ޖެމް
03 February 2025
ތި ޖީއެމް އަކީ ތަފާތު ކުރުން ބޮޑު އަދި އެހާނެ އުދަގޫ ބޮޑު މީހެއް
ސޭކުބެ
03 February 2025
ލ. އަތޮޅަށް ކިޔާ އަނެއްނަމަކީ ހައްދުންމަތި. މިނަން ކިޔަންޖެހުނީ ކީއްވެބާ!
ޝޭމް
03 February 2025
ހައްދުންމަތި ކިޔުނީ ލ. އަތޮޅު އިހައްދުއަށް ނިސްބަތްކޮށް.
މައްކު
03 February 2025
ކޮންމެކަމެއްގަވެސް ބިޔޯންޑް ލިމިޓް
ޖީއެމު
03 February 2025
ހަމަހުރެފަކަ ނުޖަހާނެދޯ .
ރަށަށް
03 February 2025
ހަމަ ނުހުރެވެސް ޖަހައިގެން ނުވާނެ!
ލައިޓް
03 February 2025
މިއީ ދިރާސާ ކުރަންޖެހޭ ހާދިސައެއް! ލަގްޒަރީ ރިސޯޓެއްގައި މިހާ ޓެންޝަންހައީ ކީއްވެބާ؟
ބައިބަލާ ސިޔާސަތު ސަރުދާރު
03 February 2025
ހެޕިނަސް އިންޑެންސް ވަރަށް މަތީގަ އެއުޅެނީ...
ސްޓްވާޑް
03 February 2025
ބިނދޭސީއަކަށް ދިވެހިންނަށް އިހާނެތިކޮށް ހިތިގެން ނުވާނެ ދިވެހިފަސްގަނޑުގަ. ޖެނެރަލަކަސް ކާނަލަކަސް. މައްސަލަ ބަލަންޖެހޭނެ.
މޯލްޑިވިޔަން ޕެޓްރޮއިޓް
03 February 2025
ރިސޯޓު ދާއިރާގައި ވަރަށް ރޭސިޒަމް ބޮނޑު. އެއީ ދިވެހިރާއްޖެއަކީ ދިވެހީންގެ ރާއްޖައަކަށް ނުވާތީ. އެއީ ދިވެހިރާއްޖޭގެ ސިޔާސީމީހުންނަކީ ރިސްވަތުނަގާ ރިވަތަށް ވިކޭ ބަޔަކަށްވާތީ.