މިނިސްޓަރު ތޯރިގް ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
03 ފެބުރުއަރީ 2025 - 14:00
އެއްކޮށްލި ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ މެންޑޭޓު ފުރިހަމައަށް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު އިބްރާހިމް ތޯރިގް މިއަދު ވިދާޅުވެއްޖެ އެވެ.
މަގާމާ ހަވާލުވެ، މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި "މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މެންޑޭޓު ތަންފީޒު ކުރުމުގައި ހަރަކާތްތެރިވާނީ، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށާއި އެ ބޭފުޅުންގެ އެހީގައި މަސައްކަތްތައް ކާމިޔާބު ކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ތިމާވެށީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ، ވަކި އުސޫލުތަކެއްގެ ތެރެއިން ބޭނުންވާ ގޮތަށެވެ. ޓޫރިޒަމްގެ މެންޑޭޓުތައް ދަސްކުރެއްވުމަށް ފަހު، އެ މިނިސްޓްރީގެ ކަންކަން ވެސް ވަކި އުސޫލެއްގެ ތެރެއިން ރާވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
"ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެ މިވީ ގާތްގަނޑަކަށް 48 ގަޑިއިރު. މިހާރު މިދަނީ ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ ސްޓަޑީ ކުރަމުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ކުރެވޭނެ ކަމެއް،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ، ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ ރާއްޖޭގެ ރީތިކަން ބެލުމަށް ކަމަށް ވާއިރު، ޓޫރިޒަމާއި ތިމާވެށި އޮތީ ގުޅިލާމެހިފައި ކަމަށެވެ. އެހެންވެ، ދެ މެންޑޭޓު އެންމެ ފުރިހަމައަށް އަދާ ކުރުމަށް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިސޯޓުތަކުން ސަސްޓެއިނަބިލިޓީ އަށް ކުރާ ކަންތައް ކުރަން އަޅުގަނޑުމެންނަށް ފަސޭހަވާނެ،" ތޯރިގު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައައްޒުވީ
05 February 2025
ހެޔޮނުވާނެ. މި ތާރިގަށް ވުރެެން ކަންނެތް އަދި ރީޗުވާން ވެސް އުދަގޫ މީހަކު ނުހުންނާނެ. ދެ މިނިސްޓަރީ ކީއްކުރަން މީނާ މީ އެއް މިނިސްޓަރީގެ 1 ޑިޕަރޓްމެންޓްވެސް ބެލެހެއްޓޭނެ މީހެއް ނޫން. ހެޔޮނުވާނަ މޮޔަ ރައީސް ކުރާ މޮޔަ ކަންތައް.
ސިޓިޒަން އޮފް މާލެ
04 February 2025
މާލޭގެ އަސާސީ ހިދުމަތްތައް ވެސް ފޯރުކޮށްދެވޭނެ ސިޔާސަތު ތަކެއްވެސް ނެތް! ޢަދި ކިހިނެއް ޓުއަރިޒަމް ބަލަހައްޓާނީ؟؟
ސޮްފޥާން ހަމީދު
04 February 2025
މަރުހަބާ މަގޭ ކޮލީގް ރައްޔިތުންނަށް އަޅުގަނޑު ދޭ އިތުބާރަކީ ތޯބެ ނަތީޖާ ނެރޭނެކަން. ތޯބެ ތޯތޯ ނުވާނެކަން. މިއީ ފައިސަލްގެ ޑަބަލް ކީއްކުރަން ތިން ގުނަ ނަތީޖާ ނެރޭނެ މީހެއް
މިރުޒާގް
04 February 2025
ފައިސަލްއަށްވުރެ ބޮޑުތަނުން ތޯބެ ރަނގަޅުވާނެ، ދެން ނުބުނެވޭނެ ތޯބެ އަކީ އިނގިރޭސީން ވާހަކަ ދައްކަން ނޭގެ މީހެކޭ
މަހިޝާން
04 February 2025
ހުރިހާ ގޮތަކުން ބެލިޔަސް މިނިސްޓަރ ތޯރިގް އަކީ ގާބިލް ބޭފުޅެއް، މަގާމާ މައްސޫލިޔަތު އަދާކުރެވޭނެ ކަމާމެދު ޝައްކެއް ނުކުރަން
އަބްޑޫޅް +
04 February 2025
ކަލޭމެންގެ މިނިޝްޓަަރުންގެ ނަން ވެސް ނޭގެނީ ދޯ؟ "އިބްރާހިމް ތޯރިގް" އެއް ނޫން. "ތޯރިގް އިބްރާހިމް". ދެ އަތް މައްޗަށް ނަގައިގެން ހުރެ، ކަކޫ ޖައްސާފަަ ތެދުވަމުން ގޮސް، 100 ފަހަަރު ހަމަކުރޭ. އޭގެ ފަަހުން، ޑެސްކެއް ބޯމައްޗަށް ނަގައިގެން 23 މިނެއްޓު ކަކޫޖައްސއިގެން ހުރޭ.
ސޮބާހް އަހްމަދު
03 February 2025
ޔަގީން ވާނެ. ރައީސް މުއިއްޒް ކަމެއް ނިންމާނީ ވަރަށް ބަލާފަ. ވާނެކަން އިނގޭތީ ބޭކާރު ގޮތުގައި ކަމެއް ނުނިންމާނެ. ތޯރިގް އަށް ވާނެ. އެއީ ކުޅަދާނަ ފަހުލަވާނެއް
ރާވެރިބެ
03 February 2025
ތޯރިގު އަކީ ވަރަށް ގާބިލް ބޭފުޅެއް. ދެ މިނިސްޓްރީ އެއްކޮށް ލައިގެން ހިންގޭނެ. ދެން ހަމަޔަކަށް އަޅުވަންޖެހެނީ ގައުމިއްޔަތު މިނިސްަތްރީއާ ޔޫތް މިނިސްޓްރީ.
ހަމްދާ
03 February 2025
ތޯބެއަށް ދޭންވީ ފަސް މިނިސްޓްރީ
ސައުދަތް
03 February 2025
އިދިކޮޅަށް ވަރަށް ހަޖަމް ނުވާނެ މި ފެނިފަ. އެކަމަކު ތޯރިގް އަކީ ހަމަ އެއްވަނަ. މިހާރުވެސް އެންވައިރްމެންޓް ކުދިން ކައިރީ އަހާބަލަ. ބުނާނީ ހަމަ މިހެން
އަހްލަމް އަޝީފު
03 February 2025
އެއްވެސް ޝައްކެއް ނުކުރަން ތިކަމާ. އެކުގަ ވޯކްކޮށްފަ ހުރީމަ މިބުނީ