ޑިމޮކްރެޓްސް އިން މީގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ--ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 ފެބުރުއަރީ 2025 - 23:34
އެކި މައްސަލަތަކުގައި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ "މިނިވަން ބަހުސް" އަކަށް ޑިމޮކްރެޓްސް އިން ތައްޔާރުވެއްޖެ އެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ސައިފު ފާތިހު މިއަދު ވިދާޅުވީ ނިޒާމުގައި ހުރި މައްސަލަތައް ފެންމަތިވާއިރު އެކަމުގައި އާއްމުންގެ ވިސްނުންތައް ހުރި ގޮތްތައް ބަލަންޖެހޭ ކަމަށެވެ. އެހެންވެ، އެކަން ތަރުތީބުކުރުމާ ގުޅޭގޮތުން މަޝްވަރާކުރަން ބަހުސް ބާއްވަން ނިންމީ ކަމަށް ވިދާޅުވި އެވެ.
މިނިވަން ބަހުސްގެ ފުރަތަމަ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހެވެ. މައުލޫއަކީ "ޑިމޮކްރަސީ ޔޫ-ޓާން ނެގީ ކޮން އިރަކު؟" މައުލޫއަށެވެ.
ސައިފު ވިދާޅުވީ އެ ބަހުސް ބާއްވާނެ ތަނެއް އަދި ފައިނަލް ނުވާ ކަމަށެވެ. އެކަމަކު، ކޮންމެ މީހަކަށް ވެސް ބައިވެރިވެ، ބަހުސްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން ބަހުސްގެ ފެށުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިއުލާނު ކުރި އިސްލާހީ އެޖެންޑާގައި ހިމެނޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެނޫން ވެސް އެހެންކަމަށް ފަހު ފެށުނު ހަރަކާތެކެވެ.
އެ މިނިވަންކަމާއެކު ސްކޫލުތަކާއި އާންމު އެހެނިހެން ހޯލްތަކުގައި ބާއްވަން ފެށި ސިޔާސީ ފޯރަމްތަކުގެ ތެރެއިން އެންމެ މަޝްހޫރުވެގެން ދިޔައީ "މިނިވަން ބަހުސް"ގެ ސިލްސިލާ އެވެ.
އެ ބަހުސްގެ ފޯރި ގަދަވެ، ސަރުކާރާ ދެކޮޅު އަޑުތައް ގަދަވާން ފެށުމާއެކު މައުމޫންގެ ވެރިކަމުގެ ފަހު ދައުރު ޖެހުނީ މިނިވަން ބަހުސް ހުއްޓާލާށެވެ. އެކަމަކު، އެކި ނަން ނަމުގައި ކާޑުތައް ފޮނުވައިގެން ވެސް އޭރު ސިޔާސީ އެއްވުންތައް ބޭއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާމޫދަރުތިކް
21 February 2025
ދެން ކުރާނެކަމެއްނެތި ބާކީވެގެން ލަވަބާޒީ މުބާރާތްބާއްވާ ، ކުރުވާހަކަ މުބާރާތް ބާއްވާ ހަދަންވީ ރޯދަމަސްއަންނަނީ ރަނގަޅުވާނެ
އަހުމަދުބޭ
04 February 2025
މިނިވަން ބަހުސްއޭ ކިޔައިގެން އަނެއްކާވެސް ހަޔާތްގޮވައި ގައުމުގެ ފޭރާން ހަލާކުވުން ފިޔަވާ އެހެން ކަމެއްނުވާނެ، ޔާމީންވެސް ތިޔަފަދަ ބަހުސް އެއްމިހާރު އެބަކުރޭނޫންތޯ؟ މަލާމަތްކުރުމާ ހަޔާތް ގޮވުމާއި ގީބަބުނުން ފިޔަވާ އެހެން ކަމެއް އެ ހަރުގޭގައި ކުރޭތޯ، އެފަދަ އެހެން ހަރުގެއެއް މިއުފައްދަނީ އެއީ ނަސީދަށް ކުރަންއިންގޭކަމަކީ؟
ދޭހިލޭ
04 February 2025
ވައްކަން ކުރަން މަގުފަހިކުރުމަށް ރައްޔިތުންނަށް އޮޅުވާލުމާއި ދޮގުހެދުމުގެ ސިލްސިލާ ފެށުނީ. ކުރިންވެސް މިނިވަން ބަހުސްގެ ނަމުގައި ހަރުގެއެއްގައި ތިޔަ ޒާތުގެ ބަހުސެއްކޮށްފައި ޑިމޮކްރަސީއެއް މިގެނައީ. އެ ބުނާ މިނިވަން ޑިމޮކްރަސީއެއް ގެނައިފަހުން ގައުމު ދަރަނިވެރިވެ ދަރިންގެ ދަރިންނަށް ދާންދެން ދަރަނިވެރިވެއްޖެ. ވައްކަންކުރި މީހުންގެ ޖީބުތައް ފުރިއްޖެ. މާ ނޫންކަމަށް ހެދިގެން ތިމާވެށްޓޭ ކިޔުން ނޫންކަމެއް ނުކުރާ މީހަކުވެސް މިހާރު އެބައުޅޭ.
އަނީސް
04 February 2025
ރާއްޖޭގައި އިން އެންމެ ބޮޑު ޖޯކު ޕާޓީ. އެއްވެސް ބަޔަކު ބަލައި ނުގަންނަ ޕާޓީއެއްގެ އެއްވެސް ކަހަލަ ހަރަކާތަކަށް އަހަރުން ތާއީދެއް ނުކުރަން.
ލިއްބެ
04 February 2025
ތި ބަހުސްގަ ކޮން މޮޅު ވާހަކައެއް ވަކި ދެއްކޭނީ. އަމިއްލަ ސޯޓު ބޭލުން ނޫން ކަމެއް ނުވާނެ
އިލްހާމްް
04 February 2025
ކޮންމެވެސް އެހެން ތާހިރު ކަމަކައިން އުޅެންވީނު
ކަތްދައްތަ
04 February 2025
ތިޔަ ބަހުސެއްގައި އަމިއްލައަށް ގުއިކޭ ވާހަކަ ނޫން އެހެން އެއްވެސް ވާހަކައެއް ދައްކާކަށް ނޯންނާނެ. އަމުދުން ޢިލްމީ ވާހަކައެއް ނުދެއްކޭނެ. ދިވެހިން މަޖާވާނީ ސިޔާސީ މީހުން އަރާ އެކަކު އަނެކަކު މަސައްކައި ނަޅައި ވީދީމާ. ވޯޓު ދޭނީ އެންމެ ނުބައި ހުތުރު އަނިޔާވެރި ގޮތުގައި މަސްނަޅައި ދޭ މީހަކަށް. އެކަހަލަ މީހަކު ވާހަކައެއް ދައްކަން ފަށައިފިއްޔާ ހޯބޯލަވަމުން މަޖާވެގެން ހާދަގަދަ ގޮލައެކޭ ކިޔާނެ. މިއީ އަހަރެމެންގެ ގިނަމީހުންގެ ޙާލަތު.
ރާވެރިބެ
04 February 2025
ވަރަށް ރަގަޅު ކަމެއް. ޒުވާނުން ގައުމުގެ ކުރިމަގާ ދޭތެރޭ ދެކޭގޮތާ ގައުމުގަ ހުރި ބޮޑެތި މައްސަލަތަކަށް ރައްޔިތުންނަށް ފެންނަ ޙިޔާލު ފާޅުކުރަން ރަގަޅު ފޯރަމް އެއް. މިނުޖެހޭ ވަކި ސިޔާސީ ޕާޓީއެއްގެ ކަމެއް ކަމަށް ވާކަށް. އާގާނޫނު އަސާސީ ފާސްކުރިފަހުން ލިބުނު ތަޖުރިބާގެ އަލީގަ މިހާރު ގެންނަން ޖެހޭ ބައިވަރު އިސްލާހުތަށް އެބަހުރި. އަބަދުވެސް އިސްލާހުކުރަންޖެހޭ ކަންކަން ހުންނާނެ.
މ. ޔައިޝް
04 February 2025
ބަލަ މިކަން މިކުރަނީ ސިޔާސީ ބޭނުމަކަށޭ. ކޮންމެހެން ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން މިއީ. އަދި އެހެން ނޫނަސް މި ދައްކަނީ ދަނޑި ޕާޓީ ކުދިންގެ ވާޙަކަ. ރައްޔިތުން މިކަމަށް ޖަހާނީ ޖޯކު
ރައްޔިތުސޮރު
04 February 2025
ސިޔާސީ މީހުން "ޑައިރެކްޓް ޑިމޮކްރަސީގެ" ވާހަކަ ދައްކަން ބިރުގަންނަނީ ނުކިޔަވާތިބި އިލްމެއް ހިލްމެއްނެތް ބައިގނޑު ބާކީވެދާނެތީ އުތަ؟
ޖިމޯ
04 February 2025
އެބައެއްގެ ވަރުން އެބަޔަކަށް ކަންތައް ކުރެވޭނީ. މިއަދު ޑިމޮކްރެޓުންގެ ތާއީދު އޮތް މިންވަރުން ކުރެވޭނީ ވެސް ތިޔަކަހަލަ މަސައްކަތެއް. އިރެއްގަ އާޓިފިޝަލް ބީޗާ މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް ފުރާލީ މީހުންގެ ހާލު މިއަދު ދެކިބަލަ. ރޫޅަން ނުކުތް މީހުން ފިސާރި ރީތިކޮށް ރޫޅިފަ.
ހިންކޮ
04 February 2025
ތާއީދު އޮތް މިންވަރުން މިވަރުގެ ކަމަކަށްވެސް އެއްވެސް ތާއީދެއް ނުލިބޭނެ. އެއްވެސް ވަރަކަށް ތާކުންތާކު ޖެހޭ ޕާޓީ އެއް ނަމަތާ ބަޔެއްގެ ތާއީދެއްވެސް ލިބޭނީ.