ސިފައިންގެ ފްލެޓުތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
03 ފެބުރުއަރީ 2025 - 18:58
ޕޮލިސް ފްލެޓް އެޅުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލަތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕޮލްކޯގެ އޮފީހަށް ވަދެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފްލެޓުތަކުގެ ތަހުގީގަށް އޭސީސީން ޕޮލްކޯގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުންގެ ވެލްފެއާގެ ކަންކަން ބަލަހައްޓާ ޕޮލްކޯގެ އޮފީސް ހިންގަނީ އިސްކަންދަރު ކޮށީގަ އެވެ.
އޮޑިޓް އޮފީހުން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުގައި ވަނީ، 10 އަހަރުން ނިންމި "ބްލޫސް ހައުސިން"ގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ.
ރިޕޯޓުގައިވާ ގޮތުން ފްލެޓް މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުކޮށްފައި ވާއިރު 355 މިލިއަނުގެ ގެއްލުން ވެފައިވެ އެވެ.
އޭގެ އިތުރުން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނައުމާއި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
އެ މުއާމަލާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަށް ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް ބެލެވޭތީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް، އޭސީސީ އާއި އެހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފަ އެވެ.
އެ ރިޕޯޓުގައި ބުނީ މަޝްރޫއުގެ މަސައްކަތްތައް ނުނިމި ލަސްވެގެން ދިއުމާއި ކޮންޓްރެކްޓަރަށް ސީދާ ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެކަންކަން ކުރިއަށް ދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ފަރާތްތަކާއި އިސްވެރިން، އެކަމުގައި ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާފައިނުވާތީ އެ ފަރާތްތައް ޒިންމާކުރުމަށް ވެސް އޮޑިޓު އޮފީހުން ވަނީ ބުނެފަ އެވެ.
ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް ފަށައިފައި ވަނީ 2013 ގަ އެވެ. އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ.
ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމިން ކޮންސްޓްރަކްޝަނުންނެވެ. އެކަމަކު 2022 ގައި އެ މަޝްރޫއު އެއްކޮށް ނިންމަން އޮތަސް ފަހުން ނިންމީ މުއްދަތު އިތުރުކޮށްދީގެންނެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ތިން ކޮޓަރީގެ 361 ފްލެޓުގައި މިދިޔަ އަހަރުން ފެށިގެން ފުލުހުން އަންނަނީ ދިރިއުޅެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިމޭޔަރު ބޭރުކުރަންޖެހޭ
04 February 2025
އައްޑޫ ސިޓީކައުންސިލުން އުޅެނީ ރައްޔިތުންގެ ބިންތައް އަތުލަން. ރައްޔިތުމީހާ އެމީހުނާ އެއްބަސްވުމެއްގައި ސޮއިނުކުރަނިސް ގޯތީގެރަޖިސްޓްރީ ހަދާނުދޭނެޔޯ. މިއީި ބޮޑު ޖަރީމާއެއް.
ހާސަރު
04 February 2025
ތިތަހުގީގު ކިހިނެއް އޭސީސީ ނޫނީ ރާއްޖޭގެ ބަޔަކު ކުރާނީ ، ބޭރު ބަޔަކާ އަމިއްލަ މިނިވަން ބަޔަކު ކޮށްގެންނޫނީ ތިކަމެއް ނުވާނެ!
ޢަލިމަނިކު
04 February 2025
ޕޮލްލްކޯ ފުލެޓް ހަމައެކަނި ހުންނަ 1 ލިފްޓް ގިނަދުވަހު ހުންނަނީ މަސައްކަތެއް ނުކުރޭ. ޢެވެން އެންމެ މުހިންމު ގަޑިތަކުގަް ސުކޫލައް ދާ ގަޑި އައި ސުކޫލުން ނިމިގެން އަންނަ ގަޑި. ޢެޕާޓް މަްންޓްތައް ނުނިއްމާ ހަވާލްކުރީ ވާރޭ ވެހުނިއްޔާ އެތތެރޭގް ފެންބޮދުވެފަ ފެންހޮޅިތަކުން ފެން ލީކުވުމާއި އޭސީ، ހީޓަރު، މައިކޮރޮވޭވް އަދި އަަވަން ބޭނުން ކުރަންފިތާ 4 މަސް ނުވަނީސް ހަލާކުވެއްޖެ. ޕޮލްކޯއަށް ގުޅީމަ ހައްލުކުރަން އެއްވެސް ކަމެއް ނުކޮއްދޭ.
ސެއްޅި
04 February 2025
ތިކަމާ އުޅޭ އިރު އޭސީސީން ބަލާލަން ރަނގަޅު އެހެން މައްސަލައެއްވެސް އެބަ އޮތް. އަމިއްލަ ވިޔަފާރިވެރިޔަކާ ގުޅިގެން ޕޮލްކޯއިން ޖޮއިންޓްވެންޗަރ ހަދައިގެން ފުލުހުންގެ މަރުކަޒުތަކުގެ ތެރޭގަ ކެފޭ ރެސްޓޯރެންޓް ހިންގާ މާލޭގެ ހުރިހާ ބެރެކްސްތަކާ ކަސްޓޯޑިއަލްތަކުގެ ކޭޓަރިންގް އެއް މިވިޔަފާރިވެރިޔާއަށް އުމުރު ދުވަހަށް ހިބަކޮށްދީގެން ހިންގަނީ ކޮންއުސޫލަކުންތޯ ވެސް ބައްލަވާލަ ދެއްވާ.
ޖުލައި2021
04 February 2025
ކިޔާ އަޑުއިވޭ ޑިޔުޓީ ނުލާ އެތަށް ލިފްޓެއްވެސް ގެނައޭ ތިތާ ހަރުކުރާށޭ ކިޔާފަ، އެކަމު ލިފްޓުތަށް އެހެން ކުންފުނިތަކަށް ވިއްކާފަ، ތަނުގަ މީހުން އުޅެން ފެށިއިރުވެސް ލިފްޓު ހަރުކޮއް ނުނިމުނޭ
ސިފްކޯސިވެކު
04 February 2025
ތި ސިފްކޯ، ޕޮލްކޯ، ސިވެކު ކުންފުނިތައް ހަދައިގެން ތިޔަ ކުރާ ކަމަކީ ކަޓުނަގާ ވއކން ކުރުން. ތިޔަ ތަންތަން އުވާލަބަލަ!
ބޭބް
04 February 2025
ޕޮލްކޯ ފްލެޓްތަށް އަދި ސިފްކޯ ފްލެޓްތައް އެޅުމުގައި ފުރަތަމަ މިކަން ފެށިގެން އައިސްފައިވަނީވެސް ގޯސްކޮށް! އިއުލާން ކުރުމެއްނެތި ވަކިބަޔަކާ ޙަވާލުކުރީ! ފުރަތަމަ ގޯސް! ދެން އޭގެ ފަހުން އައި ކޮންމެ ސަރުކާރެއްގެތެރެއިންވެސް ބަޔަކު މީގެތެރެއަށް ވަދެ ގޯސްތައް ހަދާފައިވޭ! އަދި މިދެމުއައްސަސާގެތެރެއިންވެސް ބަޔަކު ގޯސްތައް މިކަމުގައި ހަދާފައިވޭ! މިޕްރޮޖެކްޓްގައި ކޮރަޕްޝަން ހިންގިނަމަ ހިންގީ ހަމައެކަނި މިދެ މުއައްސަސާއަކުންނޫން! ސަރުކާރުތައްވެސް ޝާމިލްވޭ!
އުނބުށޭމު
04 February 2025
ދައުލަތުގެ ކަންކަން ފުލުހުން ވިޔަސް ސިފައިން ވިޔަސް އެމީހުން ބޭނުންހާގޮތަކަށް އެމީހުން ބޭނުންވާ ބަޔަކަށް ސަބްކޮންޓްރެކްޓަށް ދީގެން ކުރުވޭގޮތަށް ދައުލަތުން ހަވާލުކޮށްގެން ކުރުވުމަކީ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުޞަތު ވަރަށް ބޮޑުކަމެއް. މިގޮތަށް ކުރުވާފައިހުރި ކަންކަމުގެ އަގަށް އެކަނި ބަލައިލިޔަސް ސުވާލު އުފެދޭހާވޭ. މިސާލަކަށް ހުވާކުރުމުގެ ރަސްމިއްޔާތަކާ ގުޅިގެން ބުރިޖާއި ހައިވޭގައި ބެނާ ދެމުމަކީ އެ ރަސްމިއްޔާތާ ކޮންގުޅުމެއް ހުރިކަމެއް ބާވައެވެ.
ޕްރައިވެޓް
04 February 2025
ތި ދެމުއައްސަސާ އޮތީ ކޮރަޕްޝަނު އަޅާ ފުޅަކައިފި. ދަށުން ތިބޭ އޮފިސަރުން ލައްވާ ވެރިންގެ ގެއަށް މަސް ގަނެދީ ބާޒާރުކޮށް ދީ ހަދާ ހެދުމަކީ ޢާއްމު ކަމެއް ، މިޔޮއް ފަދަ ޒަމާނުގައި ވެސް މި ދެ މުއައްސަސާ އޮތް ޙާލަތު މިއީ
ބަޔާން
04 February 2025
މީހުން ދިރިއުޅެން ފަށައިގެން 1 އަހަރުވާއިރުވެސް ޕޮލިސް ޕްލެޓުގައި 6 މީހުންގެ ޖާގައިގެ 1 ލިފްޓް މި އޮޕަރޭޓް ކުރެވެނީ، މިވަރަށް ބަޔަކު ކޮރަޕްޓް ވާނީ
ސަންޑޭ
04 February 2025
ވެރިންގެ އެޕާޓްމަންޓުތައް ލަގްޒަރީ ފެންވަރަށް ގެންނަން އެއެއް މިއެއް ނުބަލާ ބޮޑެތި ޚަރަދުކޮށްފައިވަނީ