އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވައި ނުސާފުވެފައި: ނުސާފު ވަޔަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ މެދުގައި ފުއްޕާމޭގެ ކެންސަރު މިހާރު އިތުރުވާ މައިގަނޑު ސަބަބެއް ކަމަށް ދިރާސާއަކުން ވަނީ ދައްކާފައި. -- ފޮޓޯ: އޭއެފްޕީ
04 ފެބުރުއަރީ 2025 - 20:01
ވައި ނުސާފު ވުމަކީ، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވެސް ފުއްޕާމޭގެ ކެންސަރު ޖެހޭ އާންމު ސަބަބަކަށް ވަމުން އަންނަ ކަމަށާއި ދެކުނު އިރުމަތީ އޭޝިއާ މީހުންނަށާއި އަދި ވަކިން ހާއްސަކޮށް އަންހެނުންނަށް މި ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ފުއްޕާމޭގެ ކެންސަރަކީ މި ބަލީގެ އެންމެ އާންމު ވައްތަރެވެ. މިއަދު ފާހަގަކުރާ ކެންސަރު ދުވަހާ ގުޅުވައިގެން ލާސިޓް ރެސްޕިރޭޓަރީ މެޑިސިން ޖާނަލްގައި ޝާއިރުކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ 2022 ވަނަ އަހަރު 2.5 މިލިއަން މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުނު ކަމަށެވެ.
އޭގެ ތެރޭގައި ގިނައީ ފިރިހެނުން ނަމަވެސް އަންހެނުންނަށް ވެސް މި ބަލި ޖެހުން އިތުރުވަމުންދާ ކަމަށާއި މިހާރު ވެސް މި ބަލި ތަހަންމަލްކުރާ މީހުންގެ ތެރެއިން މިލިއަނަކާ ގާތްކުރާ އަދަދަކަށް އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ފުއްޕާމޭގެ ކެންސަރުގެ "ސަބްޓައިޕެއް" ކަމަށްވާ އެޑިނޯކާސިނޯމާ އަކީ 185 ގައުމެއްގެ އަންހެނުންގެ މެދުގައި މިހާރު ވަރަށް ބޮޑަށް އާންމުވަމުން އަންނަ ވައްތަރެއް ކަމަށް، ޗައިނާގެ އެހީގައި ކުރި މި ދިރާސާއިން ވަނީ އެނގިފަ އެވެ.
"ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ޖެހޭ ފުއްޕާމޭގެ ކެންސަރުގެ 53-70 ޕަސެންޓަކީ އެޑިނޯކާސިނޯމާ ކަމަށް ވުމަކީ މިކަމާ ވައި ތަޣައްޔަރުވުމާ އޮތް ގުޅުން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައި،" ދިރާސާގައި ބުނެފައިވެ އެވެ.
ދިރާސާއިން ދައްކާފައިވާ ގޮތުގައި 2020 އާއި 2022 އާ ދެމެދު ކެންސަރުގެ މި ބާވަތް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވެސް އިތުރުވެފައި ވާއިރު އަންހެނުން މީގެ ތެރޭގައި މާ ގިނަ އެވެ. އެއީ ބަލި ޖެހުނު ކޮންމެ 10 މީހެއްގެ ތެރެއިން 6 އެވެ.
"ދުނިޔޭގެ ގިނަ ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުވަމުންދާއިރު، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހޭ ނިސްބަތް ވަނީ އިތުރުވެފައި،" ސައިންސްވެރިން ބުންޏެވެ.
"ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ފުއްޕާމޭގެ ކެންސަރަކީ މުޅި ދުނިޔެއަށް ބަލާއިރު ކެންސަރާ ގުޅުން ހުރި ކަންކަމުގައި ފަސް ވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބު ކަމަށް އަންދާޒާ ކުރެވޭ އިރު، މިއީ ގާތްގަނޑަކަށް މުޅިންހެން، އެޑިނޯކާސިނޯމާގެ ކޭސްތައް އަދި އާންމުކޮށް އަންހެނުންނާއި އޭޝިއާ މީހުން."
މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ ޖަމާއަތްތަކުގެ ޑޭޓާގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާއެކެވެ.
ސައިންސްވެރިން ބުނީ ވައި ތަޣައްޔަރުވުމާ ގުޅިފައިވާ އެޑިނޯކާސިނޯމާ އެންމެ ގިނައިން ކޭސްތައް ފެނިފައިވަނީ އިރުމަތީ އޭޝިއާގެ ގައުމުތަކުން ކަމަށާއި ހާއްސަކޮށް ޗައިނާއިން ކަމަށެވެ.
"ހޫނުކުރުމާއި ކެއްކުމަށް ބޭނުންވާ ސޮލިޑް ފިއުލް ގޭތެރޭގައި އެންދުމަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ޗައިނާގެ އަންހެނުންގެ މެދުގައި މި ބަލި އިތުރުވެފައިވާ ސަބަބެއް ކަމަށް ވެދާނެ،" ދިރާސާ ޓީމުން ބުނެފައިވެ އެވެ.
-- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
05 February 2025
މާލެ ކަހަލަ ކުޑަތަނެއްގައި އާދަޔާއި ޚިލާފަށް ދުއްވާ އެއްޗެހި ގިނަވީމާ ވައިނުސާފްވެ ތައްޢަރުވާނެ ، ސަރުކާރު ތަކުންވެސް ބަލަނީ މާލެ ތޮއްޖައްސާ މުޅިމާލެ ފުރާލަން ، ހުސްތަނެއް އޮވެއްޖެއްޔާ ފްލެޓް އަޅަނީ ، ނަތީޖާ އަކީ ފުއްޕާމޭގެ ބަލިތަށް އިތުރުވެ ދައުލަތަށައި ރައްޔިތުންގެ ޖީބުތަކަށް ބާރުބޮޑުވުން ، ދުނިޔޭގެ އެހެންސިޓީތަކުގައި މިހާރު ހުސްތަންތަން އިތުރުކޮށް ގަސްހައްދާ ޕާކްތަކަށް ބަދަލުކުރަނީ
1
04 February 2025
ޗައިނާއަކީ ބޯޓުދެލިދުން އެންމެ ގިނައިން ފުއްޕާމޭގެތެރެއަށް ދޫކުރާ ގައުމު. ދެން ބަލިތަކާއެއްޗެހި ގިނަވީމާ ގިނަވާވާހަކަ ދައްކާނީ.
ސައްބު
04 February 2025
ކޮބާ ސޮލިޑު ފިއުލަކީ؟ ދަރުތަ؟
މިއު
04 February 2025
މި މާލޭގަ އެންމެ ކަޅުކޮށް ދުން އަރާ ވެހިކަލް ތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާ، ސަރުކާރު ކުންފުނިތަކާ އަދި މިއެންމެ ފުއްޕާފަ އުޅޭ ކުންފުނިތަކުގެ ވެހިކަލްތައް ހިމެނޭ. ރޯޑް ވާދިނަހޭ ކިޔާފަ އަހަރުމެން އާދައިގެ މީހުން މިތެބެނީ ފަޅޯކާން
ޝަނީފް
05 February 2025
ބަރާބަރު ވާހަކައެއް