ޓްރަމްޕް އާއި ނަތަންޔާހޫ
05 ފެބުރުއަރީ 2025 - 09:16
އިޒްރޭލުގެ އުދުވާންތަކުގައި ސުންނާފަތިވެފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކުރަން، އެ ތަނުން ފަލަސްތީނުގެ ރައްޔިތުން ބާލައި، އެ ސިޓީ ވެރިކޮށްލުމުގެ ވިސްނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޣައްޒާ އަލުން ބިނާކުރުމުގެ ބޮޑު ޕްލޭނެއް އިއުލާނު ކުރައްވައިފަ އެވެ.
އެ ޕްލޭންގެ ދަށުން، ޣައްޒާގެ އިގުތިސާދީ ހަރަކާތްތައް ފުޅާކޮށް، ވަޒީފާ އާއީ ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"އެމެރިކާއިން ޣައްޒާ އާ ހަވާލުވާނެ، އެއާ އެކު އަޅުގަނޑުމެން މަސައްކަތްތަކެއް ވެސް ކުރާނަން. އެތަން ވާނީ އަޅުގަނޑުމެންގެ މިލްކަކަށް،”ޓްރަމްޕް ވިދާޅުވި އެވެ.
"މިއީ ހަމަ ހުރެފައި ނިންމި ނިންމުމެއް ނޫން. އަޅުގަނޑު ވާހަކަ ދެއްކި އެންމެން ވެސް ވަރަށް ގަޔާވޭ އެ ތަނުގައި އެމެރިކާގެ މިލްކުވެރިކަން އޮންނަން. އެމެރިކާއިން އެތަން ތަރައްގީކޮށް، އެތައް ހާސް ވަޒީފާ އުފެއްދުމުގެ ހިޔާލަށް."
ޓްރަމްޕްގެ މި ޕްލޭންގެ ދަށުން، ޣައްޒާގައި ދިރިއުޅޭ ގިނަ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލައި، ޣައްޒާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ދިރިއުޅެވޭނެ ހިތްގައިމު ތަނަކަށް ހެދުމުގެ ވިސްނުން ވެސް ހާމަކުރެއްވި އެވެ.
ޣައްޒާ ހިންގާ، ހަމާސް ޖަމާއަތުން ވަނީ ޓްރަމްޕްގެ މި ޕްލޭން ކުށްވެރިކޮށްފަ އެވެ. އެކަމުން މުޅި ސަރަހައްދު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށް ހަމާސް އިން ވަނީ އިންޒާރު ދީފަ އެވެ.
ޓްރަމްޕް މީގެ ކުރިން ވެސް ވަނީ، ޣައްޒާއިން މީހުން ބާލައި، މިސްރު އަދި ޖޯޑަން އަށް ގެންދަން ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް، އެ ގައުމުން ވެސް ވަނީ ޓްރަމްޕްގެ އެ ވިސްނުމަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލާއެއްމީ
05 February 2025
އެމެރިކާގެ ލޮސްއެންޖަލިސް އިން މީހުން ބޭރުކޮށް އެތަން ހުސްކޮށް އަލުން ފަލަސްތީން މީހުންނާ އަދިވެސް ދުނިޔޭގަ ރެފިއުޖީންގެ ގޮތުގަ އުޅޭ މީހުން އާބާދު ކުރަން އަހަރެން ނިންމައިފިން
ޖުހާ.
05 February 2025
މީނާ ވެސް މިހާރު ހަމަޖެހޭ އެއްވެސް ވާހަކައެއް ނުދައްކާ. ބޯ ގޮވާފަ.
އިހްސާސް
05 February 2025
ޓުރަމްޕުމެން ކުރަންވީމަ ގައުމުތަކުގެ ބިންތައްވެސް ފޭރުން އޯކޭ.. އެކަމަކު މި އެމެރިކާއިން ކޮށިއަރައިގެން އުޅޭ ޗައިނާއިން ޓައިވާނުގެ މިލްކުވެރިކަމަށް ދައުވާކުރާތީ.. އެންމެހާ މުސްލިމުން އެމެރިކާޔާ ޔަހޫދީ ބައިގަނޑުގެ މަކަރުވެރި ރޭވުންތަކަށް ނޫނެކޭބުނޭ..
މޯދީ
05 February 2025
ޓްރަމްޕޫ ރަގަޅު ތަނެއް އެބައޮތް ތިކަން ކުރަން ލިޓްލް ސިންގަޕޫރު ދަ މޯޑިސް ތިޕްލޭން ހިނގާނެ
8
05 February 2025
ފަލަސްތީނުބިމުން ނުކުމެގެން ސަހަރާއަށް ދާންޖެހޭނީ ތިތަނަށް ވެރިވެގަނެގެންއުޅޭ ޔޫރަޕުބައިގަނޑު.
އޮަޓޯ
05 February 2025
ތިޔައީ ކުރެވޭނެ ކަމެއް ނޫން. ވާވަރުގެ ކަންކަމާ ޓްރަޕްވެސް އުޅުން ބުއްދިވެރިވާނީ. ބަޔެއްގެ ގެދޮރަށް ވަދެގެން ހިތުހުރިގޮތަކަށް އުޅެވޭނަމަ އެމެރިކާ ކުރި ހަނގުރާމަތަކުން ނަތީޖާއެއް ނެރެވިފައިވާނެ. ވިއެޓްނާމުން، އަފްޣާނިސްތާނުން ހިތިގޮތަކަށް ފައިބައިގެން ދާންޖެހުނީ ކީއްވެތޯ އިހަށް ބަލާ.
ށަހާ
05 February 2025
ޓްރަމްޕު މަހައްދޭބަލަ..
އަސްލު ވާހަކަ
05 February 2025
މިޑިލްއީސްޓްގައި ހުރި ހުރިހާ ހަމަނުޖެހުމެއްގެ އަސްލަކީ އެމެރިކާ. އިޒްރޭލް އާ ދެކޮޅުވެވޭނީ އެމެރިކާ އާ ދެކޮޅުވެގެން. އެމެރިކާއަށް ސަނާކިޔަމުން އިޒްރޭލަށް އެއްޗެހިގޮވުމަކީ ވަރަށް ދެކޮޅުނުޖެހޭކަމެއް.
ވޮޗްމޭން
05 February 2025
ދިވެހި ސަރުކާރުން ޓްރަމްޕްގެ ވާހަކަ ކުށްވެރިކޮށް ބަޔާނެއް ނެރުން މުހިންމު. މީ ނަސްލް ނައްތާލުމަށް ދުރާލާ ރޭވިގެން ހިންގާ ޖަރީމާއެއް.
އަފްރާސިޔާބު
05 February 2025
އެހެންތަ. ބަޔާނެއް ނެރެންވީތަ. އެމެރިކާގެ އެނިންމުމަކީ ސަރުކާރުން ތާއީދު ކުރާ ނިންމުމެކޭތަ ބުންނަންވީ. ރަނގަޅު ރާއްޖޭގެ ޔަހޫދީންނަށްވެސް އެތަނުގައި ދރިއުޅެވޭނެ ޕްލޭނެއް އެއޮތީ. އަރަބި ޔަހީދީން މިހާރުވެސް އުޅޭ. ވަށަވަށައިގެން ވެސް ޔަހޫދީ ރަސްކަން. އެކަން އިއުލާން ނުކުރުމަކީވެސް ޔަހޫދީ ކަން.
ބަޑިތަކުރު
05 February 2025
އެމެރިކާއިން ހަތިޔާރާއި ފައިސާދީގެން އިޒްރޭލުން ޣާޒާ ސުންނާފަތިކޮށްލީ އެހެންވީމާ އެމެރިކާއަށް އެތަން ހިބަކޮށްދޭންތާއެވެ. މިހެންވެއްޖެނަމަ މުޅި އަރަބިކަރަ އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ނުދާނެބާވައެވެ.