މީހަކު ވޭޕް ބޮނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
05 ފެބުރުއަރީ 2025 - 13:29
ވޭޕް ބޭނުންކޮށްގެން މިހާތަނަށް 29 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާ ހިލާފުވުމުން، ވޭޕް މަނާކުރި ފުރަތަަމަ ހަފުތާގައި ހަ މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީ ކޮންމެ މީހަކު 5،000ރ. ގެ ރޭޓުން ޖުމްލަ 30،000ރ. ގެ ޖޫރިމަނާ އެވެ.
އޭގެފަހުން، މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 14 މައްސަލައެއްގައި އިތުރު 11 މީހަކު ޖުމްލަ 60،500ރ. އިން ޖޫރިމަނާކޮށް އަދި މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 14 މައްސަލައެއްގައި އިތުރު 12 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ޖުމްލަ 70،000ރ. ގެ ޖޫރިމަނާ އެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވޭޕް ބޭނުންކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު މަނާކުރި ފަހުން، ވޭޕް މައްސަލަތަކުގައި ކުރި ޖޫރިމަނާގެ އަދަދު 160،500ރ. ވަނީ އަރައިފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފިނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ހިލޭ ވޭޕެއް ދީފިނަމަ 10،000ރ އަދި ވޭޕް ވިއްކައިފިނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ފުލުހުން ބުނީ ގާނޫނާ ހިލާފުވެގެން ޖޫރިމަނާ ކުރާ މީހުންނަށް އެކަމުގެ މައުލޫމާތު އަންގާނީ މޯބައިލް ފޯނަށް ފޮނުވާ މެސެޖަކުން ކަމަށެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓް ލިންކެއް ހިމަނާފައިވާނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ އެ ލިންކުން ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރރާ
05 February 2025
ހަކުރުބޯ ބަލިކުދިންނަށްވުރެވެސް ވޭޕްބޯ ކުދިންނަށް ހުރި އަދަބުތައް ގިނަ. ވަގުތުން ޖޫރިމަނާ ކޮށްލަނީ. ހަކުރުބޮއިގެން ސާބިތުނުވެގެން ދޫކޮށްލަނީ.
ފުލުތިކި
05 February 2025
ދެންފެންނާނީ ދީލަތިމާޢާފަކުން މަޢާފުވާތަން. ކުރިޔަށް 3 އިންތިޚާބު އެބައޮތް.
އިސްމާލު2.0
05 February 2025
މިދިޔަ މަހު 12 މީހުން. ތަންފީޒު ކުރެވޭނީ ތިވަރަށް. މިހާރުވެސް ކެފޭތަކުގައި ވޭޕް ނުކުރާ މީހަކު މަދު. އޭރުވެސް މިއީ ވާނެ ކަމެއް ނޫންކަން އެނގޭނެ.
ކޮރަލް
05 February 2025
ކުރީން ވޭޕް ވިއްކި ތަންތަން އަދިވެސް ބަންދެއް ނުކުރެ އެވެ .
ނުބޯށޭ ކަލޭމެން ވަގަށްތިބެ ވޭޕް
05 February 2025
ކީއްކުރަން ދަމާ އެއްޗެއްތަ. ކީއްވެފާތަ ތި ތިބެނީ. ލާރިގިނައީތަ. ބަލިވާނެކަން ނޭންގެނީތަ. އެނގިހުރެވެސްކުރަނީ.؟
ކަނު
05 February 2025
ބުއި މީހެއްގެ ހައިސިއްޔަތުންބުނެލަން އޮތީ، ދުންފަތާއި ސިގިރޭޓް ވާގޮތަކީ އެއީ ގޯސް ކަމެއް ގޮތުގަ އޮންނަނީ ލިޔެވިފަ. އެހެންވީމަ އެކަން މަނާ ކުރަން ފަސޭހައީ! ސިއްހަތަށް ގެއްލުންވާ އެތަށްކަމެއް އެބަހުރި! މަނާނުކުރެވޭނޫން ތޯ؟؟ ގައިމު ތިހިރަ ކަންމަތިން ކޮންމެ ތަނަކަކުން ވިއްކާ ސޮސަޖަކީ ދިރާސަތަކުން ދައްކާގޮތުގަ ކެންސަރަށް މަގުފަހިވާ އެއްޗެއް! އެކަމަކު ހެވިފަ ތިބެ ކޮންމެތާކު 5ރފ އަށް އެ ގަނެގެން ތިބޭ. ހިތަށްއަރާތޯ އެމަނާ ކުރަން.
ކަނުކަލޯ
05 February 2025
ސޮސެޖްކެއީމަ ކާމީހާއަށްއޮތީ، ދުންބުއީމަ ނެތޭ މަގުހިގާ މީހާއަށްވެސް ސަލާމަތެއް.
ކަނުކަލޯގެ ބެއްޔާ
05 February 2025
ސައިކަލުމަނާ ކުރަންވީނު! ހަމަ ދުން އެވެސް