ލަމްހާ: އޭނާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައެޅި -
05 ފެބުރުއަރީ 2025 - 15:09
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާ މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ގޭބަންދަށް ބަދަލުކުރި ސަބަބަކީ ޝަރީއަތް ދިގުލައިގެންދާތީ އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން ވަނީ ނިންމައިފަ އެވެ. ދެން އޮންނާނީ ދިފާއީ ހެކިބަސް ނެގުމެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ޝަރީއަތް ލަސްވުމަކީ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމުގެ އިހުތިމާލު އޮތް މީހަކު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންވެ މައްސަލައިގެ ޝަރީއަތް ނިމޭނެ ދުވަހެއް އަންދާޒާ ނުކުރެވޭނެ ކަމަށް ބުނެ ލަމްހާ ގޭބަންދަށް ބަދަލުކުރީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ނިންމުންތަކާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ކަނޑައެޅި އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ލަމްހާ ގޭ ބަންދަށް ބަދަލުކުރަން ނެރުނު އަމުރު ބާތިލްކުރާ ކަމަށެވެ. އަދި އޭނާ ޖަލު ބަންދުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހަތް ދުވަސް ތެރޭ ހުށަހަޅައިފިނަމަ، އެކަމާ މެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
އެ މައްސަލާގައި ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭނާއަށް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ބަންދުގައި ހުންނަތާ މިހާރު ވަނީ ތިން އަހަރު ވެފަ އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް އޭނާގެ ފިރިމީހާ މާވިން ފުރަތަމަ ބުނި ނަމަވެސް، އެއީ ގަސްތު މަރެއްކަން ފަހުން ހާމަވުމުން މާވިން މައްޗަށް ދައުވާ ކޮށްފައި ވާއިރު، ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ. ލަމްހާ އަކީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެއް ކަމަށް ދައުލަތުން ބުނެ އެވެ.
މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ކުރާ ދައުވާތައް:-
● އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން
● އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުން
● ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން
އެ ދައުވާތަކަށް ލަމްހާ އަދި މާވިން ވެސް އިންކާރުކޮށްފައި ވާއިރު، ދައުލަތުން ވަނީ އެ މައްސަލަ ސާބިތުކުރަން ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. އެގޮތުން ޖުމްލަ 110 ހެއްކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި 74 ހެކިވެރިން ހިމެނެ އެވެ.
މޭރީ މަރުވި ގޮތާ ބެހޭގޮތުން މާވިން އެކި ފަހަރު އެކިގޮތަށް ވާހަކަ ދައްކާފައިވާކަން ފާހަގަކޮށް، ދައުލަތުން ބުނީފައިވަނީ މޭރީ ދަންޖެހުނު ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި މޭރީ ދަންޖެހިގެން މަރުވި ކަމަށް ދައްކަން ސީންއެއް އުފެއްދި ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. ނަމަވެސް، އޭނާ މަރުވެފައިވަނީ ބޮލަށާއި ކަރަށް ދިން ހަމަލާތަކަކުންކަން ޕޯސްޓްމޯޓަމްއިން ހާމަވެފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ލަމްހާ ގޭބަންދަށް ބަދަލު ކޮށްފައި ވާއިރު، މާވިން އަދިވެސް ހުރީ ޖަލު ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
06 February 2025
ވާނުވާގަ އެބަ ތިބި ބައިވަރު މީހުން... ޝަރީއަތް ލަސްވެދާނެއޭ ބުނެ ހަމަ އެކަނި ލަމްހާ ދޫކޮށްލި ގޮތް އެބަޖެހޭ ޝައްކުގެ ނަޒަރަކުން ބަލަން...
އިހްސާސް
06 February 2025
ލަމްގެ ފަރާތުން ސުޕުރީމްކޯޓުގަ އިސްތިއުނާފު ކުރާނެ. އަނެއްކާވެސް ޗުއްޓީ. ލަމް މިސް ޔޫ...
ހެޔޮނުވާނެ
05 February 2025
"އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން"... މިއަށް އެންމެ 6 އަހަރުގެ ޖަލު ހުކުމެއް؟ ހީވަނީ ކުއްވެރިންތަކެއް ކުށްކުރަން ހަދާފަވާ އެއްޗެއްހެން މިހިރަ މިހިރަ ޤާނޫނުތަކަކީ. ނިކަން ވިސްނާބަލަ. މީހަކު މަރަން، އެނގިހުރެ، ބައިވެރިވީމަވެސް 18 އަހަރު ފުރޭ މީހަކުވެސް، 24 އަހަރުގައި ނިކުމެ ހަމަ މުޖުތަމަޢަށް ނިކުމެ އުޅެންވީ. އަނެއްކާ ޝަރީޢަތް މިދާ ރޭޓުން ތިޔަ 6 އަހަރު ނިމޭހާ ތާނގަ ތިކަމެއް ނިމޭނީވެސް.
ާއަސް
05 February 2025
ތަފާތު ލެވެލް ތަކުގެ ކޯޓް ކަމަކު ނުދޭ، ކުރިން އޮންނަ ގޮތަށް ކޯޓް ނަމްބަރު ތަަށް އޮންނަންވީ،
އެންމެން ހެޕީ
05 February 2025
ވަރުގަދަ އަންހެނެއް ދޯ މިއީ.
ނޭފަރު
05 February 2025
ރަށުގެ ގޮތުން ކަލޯ. ނިކަން މީހުންގެ ފިރިންނަށް ހިތް ކިޔާނެ އެރަށު އަންހެނުން
ވަރަށް ސަލާން
05 February 2025
…ޝަރީއަތް ލަސްވުމަކީ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމުގެ އިހުތިމާލު އޮތް މީހަކު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށެވެ. ތިއޮއްތީ މިހާރުވެސް ހުކުންކުރެވިފައެއްނު؟ މަށައް އިނގިގެން ހުރިހާ އެންމެންނަކީ “އިނޮސަންޓް އަންޓިލް ޕްރޫވަން ގިލްޓީ” ކަމަށް! ކޮން ހައިސީޔަތަކުން ކަޑައެޅީ ހަލީމަތަކީ މުޖުތަމައުއައް ނުރައްކަލެއްކަމަށް؟
ކާކަށް ސަލާން ކިޔަނީ
05 February 2025
މީ ލަމުހާ އަމިއްލައަށް ކުރި ކޮމެންޓެއް ދޯ، ހަމަ ވަގުތުން ބަންދުކުރޭ! ޖަލަށް ވަގުތުން ވަގުތަށް
ސަލާމްބެ
05 February 2025
ބަލަ މީހަކު މަރަން އެހީވެ ރޭވުން މުޖުތަމައަށް ފައިދާހުރި ކަމަކީތަ؟ ދައުވާ އެކުރަނީ އެކުށަށް. އެކަމުން މުޖުތަމައުއަށް ނުރައްކަލެއް ނެތޭ ބުނުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގަ އެއްވެސް ގާނޫނެއް ދަންނަ ކަމެއް ނޫން.
ްްޤާނޫނު
05 February 2025
ފުރަތަމަ ޤާނޫނު ކިޔަވާ ނޫނީ ދަންނަވަރަށް ހޯދާ އަދި އެނގިފަ ތިޔަހަރަ ވަރަކުން ނޭގޭނެ ހުކުމްތަކަށް ފާޑުކިޔަން.
ހަމްދާ
05 February 2025
މަރައްމަރު ހިފާށޭ
ޖޭޕީ
05 February 2025
އިކަމުގައި ކުށްވެރިވާނީ ކޯޓް. ފަނޑިޔާރުގެ ކުށެއްނެތް. ގޯސްކޮށްކުރިކަންތައް ރަނގަޅޫކޮށްލީމާ ނިމުނީ. ފަނޑިޔާރުން ދޯސްކަމެއްކުރިއަސް ލިބޭ އަދަބެއްނޯވޭ.
ކަންމަތީ ބްރޯ
05 February 2025
އިސްވެރިއެއް ލަމްހާއަށް ހިތްކިޔާގެން އުޅޭހެން ހީވަނީ. އެސަރަހަށްދުން އިވޭ baby i'm love with criminal އޭ ކިޔާފަ ލަވައެއް ކިޔާ އަޑު.
ދެކޮޅޭ
05 February 2025
ތި ކުރާ ހުކުމް ދެކޮޅު ޖއްސަބަލަ. ފުރަތަމަ މައްސަލަ ބަލައިވެސް ނުގަތް. ފަނޑިޔާރުންގެ މަޖިލިސް ބުނީ ބަލާލެ ތަނެއް ނެތޭ. މިހާރު ސުޕް އިން އެންގީމަ ބަލާފަ އެބުނީ ގޯހޭ. ގޯސްކަން އިނގޭނެ ދޯ އޭރުވެސް. ގާބިލިއްޔަތާއިމެދު ސުވާލު ނުއުފައްދަން ޖެހޭ ސަބަބެއް ދައްކަބަލަ.