05 ފެބުރުއަރީ 2025 - 16:17
މޯލްޑިވްސް އިސްލާމިކް ބެންކު (އެމްއައިބީ) އިން ރޯދަ މަހަށް ހާއްސަކޮށް، "ކާޑުން ކަނޑާލާ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ދޭ އިނާމުތަކަކާއި ބޮޑު ތިން އިނާމެއް ހިމެނެ އެވެ. "ކާޑުން ކަނޑާލާ" ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަސް ކަސްޓަމަރަކަށް ދެ މީހެއްގެ ރޯދަ ވީއްލުމެއް ލިބޭނެ އެވެ. އަދި މިހާރު ކޮންމެ ހަފްތާއަކު އިނާމު ލިބޭ ފަރާތްތައް ހޮވާނެ އެވެ.
އެ ޕްރޮމޯޝަނުގެ އެންމެ ބޮޑު އިނާމެއްގެ ގޮތުން އެއް ވަނަ އަށް ހޮވޭ ކަސްޓަމަރަކަށް ދުބާއީގައި ދެ މީހަކަށް އަށް ދުވަހުގެ ހުރުމުގެ ހަރަދާއެކު ދެކޮޅުގެ ޓިކެޓު ލިބޭނެ އެވެ. ދެވަނަ އަށް ހުށަހަޅާފައި ވަނީ އައިފޯން 16 ޕްރޯމެކްސް އެކެވެ. އަދި ތިން ވަނައަށް ހުށަހަޅާފައިވަނީ ދެ މީހަކަށް "އޯލް އިންކްލޫސިވް" ތިން ދުވަހުގެ ދަތުރެކެވެ.
މި ޕްރޮމޯޝަނުގައި އެމްއައިބީގެ ވިސާ އެވްރީޑޭ އާއި ވިސާ ޕްލެޓިނަމް އަދި ފައިސާ ވެއާ އަނގޮޓިން ފައިސާ ދައްކައިގެން ބައިވެރިވެވޭނެ އެވެ.
ހަފްތާ އިނާމުގައި ގުރުއަތު ނަގާނީ ކޮންމެ ހަފްތާއަކު ވެސް މަދުވެގެން 100ރ. ގެ ހަތް ޓްރާންސެކްޝަނެއް ހަދާ ކަސްޓަމަރުންގެ މެދުގަ އެވެ. އަދި ބޮޑު އިނާމުގެ ގުރުއަތު ނަގާނީ ޕްރޮމޯޝަނުގެ މުއްދަތުގައި މަދުވެގެން 50 ޓްރާންސެކްޝަން ހަދާ ކަސްޓަމަރުންގެ މެދުގަ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖްޑް އިސްލާމިބް ބޭންކެވެ. އެ ބެންކުން އޮންލައިންކޮށް އެކައުންޓު ހުޅުވޭނެ އެވެ. އަދި ވަނީ އެކައުންޓާ ލިންކުކޮށް ވަގުތުން އެކްޓިވޭޓު ކުރެވޭ ވިސާ ޑެބިޓް ކާޑެއް ވެސް ތައާރަފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދާ
05 February 2025
އިނާމަށް ލިބޭ ރޯދަވީއްލުމަށް ވެސް ދާން ޖެހެނީ މާލެއަށެވެ