ރާއްޖޭގެ ކުރީގެ ރައީސް މައުމޫނާއި އެމެރިކާގެ ރައީސް ޓްރަމްޕް.
05 ފެބުރުއަރީ 2025 - 15:56
ފަލަސްތީނުގެ ގާޒާ އިން އެ ގައުމުގެ ރައްޔިތުން ބޭރުކުރަން ބޭނުންވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިޔަސް ގާނޫނާ ހިލާފު ނުވެނޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި އިޒްރޭލުގެ ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ޓްރަމްޕް ވަނީ ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކޮށް، އެމެރިކާ އިން ގާޒާ ހިފައި އެ ތަން ތަރައްގީ ކުރަން ބޭނުންވާކަންހާމަ ކުރައްވައިފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން އެކްސްގައި ޕޯސްޓެއްގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ވިދާޅުވީ، އެމެރިކާ އިން ގާޒާ އަތުލައި އެ ތަނުގައި ރީތި ހިތްގައިމު ރިވިއެރާއެއް ހަދާނެ ކަމަށާއި މިހާރު ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށެވެ.
ދުނިޔޭގައި އެންމެ ނުފޫޒާއި ބާރުގަދަ ގައުމުގެ ރައީސް ޓްރަމްޕަށް އަމާޒު ކުރަައްވައި މައުމޫން ވިދާޅުވީ، ބާރުގަދަ މީހަކަށް ވިޔަސް ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަމެއް ކުރެވިގެން ނުވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވަނީ އެމެރިކާއިން ޣައްޒާ އަތުލައި އެތާނގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެކަމަށް. އަދިޣައްޒާގައި މިހާރުދިރިއުޅޭމީހުންއެހެންތާކަށް ބަދަލުކުރާނެކަމަށް. ކިތަންމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީޤާނޫނާ ޚިލާފަށްމިފަދަކަމެއް ކުރެވިގެނެއްނުވާނެ
— Maumoon Abdul Gayoom (@maumoonagayoom) February 5, 2025
ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގާޒާ އަލުން ބިނާކުރުމުގެ ބޮޑު ޕްލޭނެއް އިއުލާނު ކުރައްވައިފަ އެވެ.
އެ ޕްލޭންގެ ދަށުން، ގާޒާގެ އިގުތިސާދީ ހަރަކާތްތައް ފުޅާކޮށް، ވަޒީފާ އާއި ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"އެމެރިކާއިން ގާޒާ އާ ހަވާލުވާނެ، އެއާ އެކު އަޅުގަނޑުމެން މަސައްކަތްތަކެއް ވެސް ކުރާނަން. އެތަން ވާނީ އަޅުގަނޑުމެންގެ މިލްކަކަށް،”ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ މި ޕްލޭންގެ ދަށުން، ގާޒާގައި ދިރިއުޅޭ ގިނަ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލައި، ގާޒާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ދިރިއުޅެވޭނެ ހިތްގައިމު ތަނަކަށް ހެދުމުގެ ވިސްނުން ވެސް ހާމަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
08 February 2025
އެންމެން ބަލަބަލާ ތިއްބާ ހަދާނެ އެއްޗެއް ހަދަމުން ދޯއެދަނީ.
ގުދުގުދާބެއްޔާ
06 February 2025
30 އަހަރު ކުރި ޚުދުމުޚުތާރު ވެރިކަމުގަ ކިތައް ކުއްތަ ބައިނަލް އަގްވާނީ ގާނޫނާ ޚިލާފަށް ކުރީ! މައުމޫނޭ ބުނެލާއިރަށް ހައްޔަރު ކުރޭ! ޚުދުމުޚުތާރު ޑިކްޓޭޓަރ އަދި ވާހަކަ ދައްކަން މާތާހިރެއްނޫން!
ސެމި
06 February 2025
ކޮންމެ ބަޔަކު ދެކޮޅުހެދިޔަސް އެމެރިކާއަކީ ދުނިޔޭގެ އެންމެބާރުގަދަ ގައުމެއް. އެމީހުން ބޭނުންގޮތެއްހެދެޭނެ . މިއީ ހަގީގަތް. މައުމޫންވެސް ދެން ތިކަހަލަ ވާހަކަނުދައްކާ މަޑުމަޑުން ރިޓަޔާމަންޓް ކުރިއައް ގެންދެ!
ހުސެންްް
06 February 2025
ސައުދީ އިން މުސްލިމުން ދޭ ހުރިހާ ފައިސާ ހިފާގެން ގޮސް އެމެރިކާގަ އިންވެސް ކުރަން އުޅެނީ....
ރާވެރިބެ
06 February 2025
ޓްރަމްޕް ނޫޅޭ އެމެރިކާ ސިފައިން ފޮނުވައިގެން ގާޒާ ހިފަން! ޓްރަމްޕްގެ ބޭނުމަކީ ޒޔަނިސްޓުން ގާޒާ ހިފަން އުޅޭތީ އެކަމަށް ހުރަސް އެޅުން. އެބުނީ ގާޒާ ނަގާނީ އެމެރިކާ އިންނޭ! އެހެންބުނީމަ ޒަޔަސިސްޓުންގެ ޕްލޭން ކުރިއަކަށް ނުދާނެ. ދެން ޓްރަމްޕް އުޅޭނީ ސައޫދީ މީހުން ލައްވާ ގާޒާގެ އެއްބައި ރިސޯޓްހަދަން ތަރައްގީ ކުރަން. ޓްރަމްޕްގެ ކުންފުނިން ބައިވެރިވާ ގޮތަށް! ޓްރަމްޕަށް އަބަދުވެސް މުހިއްމުވާނީ ފައިސާ!
ހައްޖަ.
06 February 2025
ރަގަޅު ވާހަކަ އެވިދާޅު ވީ.މީހަމަ ދިވެހިންގެ ރައިީސް އަކީ.
ގުޑް
06 February 2025
ސުވާލަކީ އަރަބީންނަށް ކޮށްދެވުނީ ކޮންކަމެއްތޯ؟ ދެގޮތެއް އޮތީ. މުސްލިމް ގައުމުތަކުގެ ލަޝްކަރުތަކުން އަރައި އިޒްރޭލާއި ހަނގުރާމަކޮށް ބަލިކުރުން. މިގޮތަށް އެއްްބައިވެ ކުރާ ޖިހާދުގައި ނަސްރަކީ ގާތުގައިވާ އެއްޗެއް. މިގޮތް ބޭނުންނުވާނަމަ އެތާ ތިބި އަޚުން މަރުވާން ދޫކޮށްލުމަށްވުރެ މުސްލިމު ގައުމަކުން ހިމާޔަތް ދިނުން މާ ރަނގަޅު. ޓްރަމްޕް ޕްލޭނަށް ތާއީދުކުރަން.
ސަލީު
06 February 2025
ބަލަ ޓްރަމްޕް ޓްރަމްޕަކައްވީވެސްދިވެހިބަސްއެގުމުން އިއްޔެއިގިރޭސި ސަފީރު ވެސްވާހަކަދެއްކީދިވެހިބަހުން މިދިވެހިބަސްނޭގޭގައުމެއްނޯންނާނެކޮންގައުމެއްގާހުންނާނެދިވެހިބަސްދަސްކއްދޭންސަފީރަކުއެމެރިކާގަވެސްހުންނާނެ
ކޮން
06 February 2025
އެއްޗެކޭ ދޯ ތިބުނީ
މުރީދުބެ
06 February 2025
ކީއްވެތަ އެންމެން ހާސްވެގެން މިއުޅެނީ؟ ޓްރަމްޕްއަކީ ދެއްކުމުގެ ބައި ވަރަަށް ބޮޑު އިގޯއިސްޓެއް. ގިނަފަހަރު އޭނާއަކަޢް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭނެ. ޖަޒްބާތުގައި ހުރެގެން ގިނަ ވާހަކަ ދެއްކެނީ. ބަލަން ތިބެބަލަ ނިކަން. އެމެރިކާ އިން ގާޒާ ހިފާކަށް ވެސް ނާރާނެ. މާދަމާ އޭނާގެ ތަރުޖަމާނުން ދައްކާނީ މުޅިން އެހެން ވާހަކައެއް. އޭނަ ބުނީ އެގޮތަކަށް އެހެންނެއް ނޫނޭ ކިޔާފައި! ވާހަކަވެސް ބަދަލު ކޮށްލާނެ!
ޖަމަލުފޮޑި
06 February 2025
ޓުރަމްޕަކަށް ބައިނަލް އަގުވާމީ ގާނޫނަކާ ހިލާފެއް ނުވެވޭނެ އިސްރާއިލް އަކަށް ފަލަސް ތީނުގެ ބިމުގައެއް ނޯވެވެވޭނެ ކަން ހުރީ ތިކިޔާ އެއްޗަކާ ދިމާ އިދިކޮޅަށް ދެން ތިކުރާކަމެއް ކޮށްބަލަ