ސައުދީން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ފެބުރުއަރީ 2025 - 18:37
ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ކޮށްގެން މާލެ ސަރަހައްދުގެ 46،251 ގެއަކަށް ކަދުރު ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން މިދިޔަ މަހުގެ 20 ވަނަ ދުވަހު ބަހަން ފެށި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަށް ކަނޑައެޅި ކަދުރު ވަނީ ބަހައި ނިންމާފައި ކަމަށް ބުނެފައި ވެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މާލެ ސަރަހައްދުގެ 46،251 ގެއަކަށް 11،375 ޕެކެޓުގެ ކަދުރު ދޫކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކަށް ވަނީ 56،461 ގޭބިސީއަށް ވާ 10،788 ޕެކެޓު ދޫކޮށްފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް 22،163 ކަދުރު ޕެކެޓު ބަހާފައިވާ ކަމަށެވެ.
މިހާތަނަށް 19 ޖަމިއްޔާއަކުން ކަދުރު ބޭނުންވެގެން ނޯޓު ކޮށްފައިވީ ނަމަވެސް، އެއްވެސް ޖަމިއްޔާއަކަށް އަދި ދޫކޮށްފައި ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭގެތަކުގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން ކޮންމެ ގެއަކަށް އެއް ޕެކެޓެވެ.
ރާއްޖެ އަށް މި ފަހަރު ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފަށާނީ އަންނަ މާޗު 1 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
07 February 2025
މާލޭގެ 46000 ގެޔަކަށް 11000 ޕެކެޓް ކަދުރު ދޫކުރިގޮތެއް ނުވިސްނިގެން ހިސާބު ޓީޗަރަށް ގުޅީމަ އޭނަ މާލެ ދޫކޮށް ފުރައިގެން ހިނގައްޖެ. ސްކޫލް ހިސާބު މަންހަޖުގެ މި ފޯމިއުލާ ހިމަނާލަދެއްވުމަށް ސަރުކާރަށް ގޮވާލަން.
ގާދިރު
06 February 2025
މީ ކޮންއިރަކު ހިނގި ކަމެއްބާ؟ ކަދުރެއް ނުލިބޭ މާލޭ ސަރަހައްދުގަ މިހިރީ ބިލް ދައްކާ 4 މީޓަރ އެބައިން ކަދުރުގެ ހިލަމެއްނެއް
ކޮރަލް
06 February 2025
ނުބައި މައުލޫމާތެކެވެ. 46251 ގެއަކަށް ކަދުރެއް ނުދެ އެވެ. ކަދުރު ދިނީ 46251 ކަރަންޓް މީޓަރަށެވެ. ބައެއް ގޭގޭ 10 އަކަށް ވުރެ ގިނަ ކަރަންޓް މީޓަރު ހުރެ އެވެ. ރާއްޖެ އަށް މި ފަހަރު ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.
އިމާދް
06 February 2025
ހަތަރު ފަސް ގެޔަކަށް އެކަކު އެއްފަހަރުމަތިން ނެގެން އޮތުން ގޯސް. 100 ގެޔަކުން 25 ގެޔަކަށް ދޭ ވަރަށް ހުރިއްޔާ އެކަކަށް އެއްގެޔަށް ވުރެ ގިނަ ގެޔަށް ނެގޭ ގޮތަށް އޮތުމަކީ އެންމެ އިންސާފުވެރިގޮތެއް ނޫން.
ސަމީ
06 February 2025
ތިޔަ ލިބުނު ބަޔަކާއި ދިމާނުވެގެން މިއުޅެނީ! އެއީ ކީއްވެ؟
ދޮންހުއްތު ބޭގެ ނުކިޔެވާ
06 February 2025
ދޮންކަލޯމެން ކަދުރު ބެހީ ކަރަންޓު މީޓަރ އަށް! އަހަރެން ދުވަހަކު ވެސް ނުދެކެން މި ގޮތަށް ޞަދަޤާތަށް ބަހަން ފޮނުވާ އެއްޗެހި ކަރަންޓު ބިލަށް ބަހާ ޤައުމެއް؟ލަފާ ކުރެވެނީ މަސް ކޭސް ވެސް ދޭނީ ކަރަންޓް މީޓަރަށް
އުދުހޭ
05 February 2025
ކޮންމެ 4 ގެއަކަށް ޕެކެޓެއްތަ؟ މާލޭ ސަރަހައްދުގަ 46 ހާސް ގެ ހުންނާނެބާ؟
ކިއްލި ދައިތަ
05 February 2025
މިގެއައް ނުލިބޭ އެންމެ ކަދުރު އޮށެއްގެ މިންވަރުވެސް ކޮންކަހަލަ އިންސާފެއް މިމީހުން މިގެންގުޅެނީ
ކަދުރު
05 February 2025
ޕާޓީހަރުގޭގެއަކަށް ނުދޭނެދޯ؟ ބާއްވާ ބައްދަލުވުންތަކަށްފަހު ފޮނިރަހަލައްވާލަން ހާދަހައިވާ ފައްކާވާނެއޭ!
އިސަމް
05 February 2025
ނުލިބޭ ކަދުރެއް. ބުނީ ހުސްވެއްޖެޔޯ..