ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާތައް ރާވަނީ: އެ ޕްރޮޖެކްޓުގެ 50 ޕަސެންޓް ވަނީ ނިމިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
06 ފެބުރުއަރީ 2025 - 18:57
މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖަކީ މާލެ ސަރަހައްދުގެ އުމްރާނީ ތަރައްގީގައި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
"ބްރިޖުގެ މަސައްކަތުގެ 50.88 ޕަސެންޓް ވަނީ ނިމިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ބްރިޖު އެޅުމަށް ފުން ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ނިމުން ލަސްވެފައި ވިޔަސް، ސަރުކާރުން ރާވާފައިވާ ގޮތަށް އެ މަޝްރޫއުގެ މަސައްކަތް މިހާރު ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހުގައި.-- ފޮޓޯ: މަޖިލިސް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިހާރު ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅަށެވެ.
މާލޭގައި ހިންގާ އެހެން ޕްރޮޖެކްޓުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މާލޭގެ ހުރިހާ މަގެއް ވަރަށް ބޮޑަށް ހަލާކުވެ، އޭގެ ސަބަބުން އެތައް ތަކުލީފެއް ރައްޔިތުން އުފުލަން ޖެހޭ ކަމަށެވެ. އެހެންވެ، މާލޭގެ ހުރިހާ މަގުތަކެއް އަލުން ރަނގަޅު ފެންވަރަކަށް ހެދުމުގެ ބޮޑު މަޝްރޫއެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ފީސިބިލިޓީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.
މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން މިއަހަރު މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ނިންމައި، މާލެ ސަރަހައްދަށް ފެން ފޯރުކޮށްދިނުމަށް ސިނަމާލެ ބްރިޖުގައި އަޅާފައިވާ ހޮޅި ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާތައް ރާވަނީ: އެ ޕްރޮޖެކްޓުގެ 50 ޕަސެންޓް ވަނީ ނިމިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު މިއަހަރު 25 ޕަސެންޓު އިތުރު ކުރެވޭނެ އެވެ. އަދި މާލޭ ސަރަހައްދުގައި ފެން ރައްކާކުރުމުގެ ގާބިލުކަން މި އަހަރު 30 ޕަސެންޓް އިތުރު ކުރެވޭނެ އެވެ.
މާލޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގެ އެހީގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެއްޓާއި ރަށްޓެހި އަދި އިއާދަކުރަނިވި ހަކަތައިން ޕަވަ ޖެނެރޭޓްކުރާ ޕާކިން ބިލްޑިންތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް މަސައްކަތް ކުރެވެމުންދާކަން އުފަލާއެކު ފާހަގަކޮށްލަން،" ރައީސް ވިދާޅުވި އެވެ.
އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ފަށަން މި މަހު އިއުލާން ކުރާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫއު ވެސް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށާއި އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިންމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައްޑުއަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫއުގެ މަސައްކަތް ނިމި އޭގެ ފަސޭހަކަން މި އަހަރު ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދިނިމޭނެ
07 February 2025
އަދިވެސް ނުނިމޭތަ. އަހަރެން ހީކުރީ ހަލުވިބަޔަކު އައިސްގެން މިހައިދުވަސްވާއިރު އޮންނާނީ އެތަންނިމި ބޭނުންކުރަން ފަށާފައިކަމަށް. އޭރުވެސް އަހަރެމެން ބުނީމެއްނު އެގްރީމަންޓާއި އެއްގޮތަށް މަސައްކަތް ނިންމަންއޮތް ދުވަހަށް އެމަސައްކަތް ނިމޭނެޔޭ.
ވައުދުހޮޅި
07 February 2025
ގުޅީފަޅު، ގިރާވަރު ފަޅު ކިތައް ޕަސަންޓް ނިމުނީ؟
އުމްރާނީ އަދުރޭ
07 February 2025
އެހެންވެ އޭގެ މާނައަކީ އަދި 8 އަހަރު ބޭނުން ވާނެޔޭ ދޯ ބާކީ %50 ނިންމަން. ،. އަދި ކޮބާ ނަދީ ބިމުގަ އަޅާ ތަނާ އޯޑިއޯން ބިން. ކޮށްޓާލަ ކޮށްޓާލަ ތިބެނީ މަސަކަތެއް ނުކޮށް.. ވަކި ބައެއްކަ ދެން އުމްރާނީ ތަރައްގީ އެއްވެސް މަޝްރޫއެއް ހަވާލު ނުކުރަމާ ބަހީ.
އަރަކަން
07 February 2025
އިންޑިޔާ ކުންފުނިތަކާ ޗައިނާ ކުންފުނިތަކާ ހުރި ތަފާތު އުޑާ ބިމާ ހާ ވެސް ތަފާތު. އެމްޑީޕީ އެބަ ޖެހޭ ޗައިނާޔާ ގުޅޭން މިހާރަށް ވުރެ ބޮޑަށް. އިންޑިޔާ އަތުގަ ހިފައިގެން މާ ދުރަކަށް ނުދެވޭނެ.
ހޮޓްކިންގ
07 February 2025
ފެންނަނީ އެލުވާފަ ހުރި ބޮޑު އުނދޯލިފަދަ ބުރިޖްބައިތަކެއް. މީ ޖޯކެއްތަ؟ އަހަރެމެން ތިތަނުން ކަނޑު ނުލައިފިއްޔާ ރަނގަޅު.
ރަނާވަތު
07 February 2025
މުއިއްޒު ސްޕީޑް ފަހަތައް ދާ ސްޕީޑް
2025
07 February 2025
50% ނިމުނުއިރު ވިލިގިއްޔާ ހަމައަށްވެސް ނުދެވޭ...... ބޮއިހަލަކި
2025
07 February 2025
50 ން 60 ން ނިމޭއިރުވެސް އަދިވެސް ވިލިމާލެއަށް ދެވޭވަރުވެސް ނުވޭ.....ބޮއިހަލަކި
އަފާފް ސައީދު
06 February 2025
ސޯލިހް ވެރިކަން ނިމުނުއިރު އެއްމެ 20 ޕަސެންޓް މި ބްރިޖްގެ ނިމުނީ. ރައީސް މުއިއްޒް ހަވާލުވެ މި ފާސްޓްކޮށް މި ނިންމީ
ހއސމ
07 February 2025
ރައީސް މުއިއްޒު އައިސްގެން ސްޕީޑު އަވަސްވެފައެއް ނެތެއްނު. މުއިއްޒު ސްޕީޑް ސްލޯލިހު ސްޕީޑަށް ވުރެ ސްލޯ.
އަކްޝަމް.
06 February 2025
އިބޫއަށް ނުނިމުނު ބްރިޖް އަހަރުމެންގެ ރައީސް މި ނިންމަނީ. ހަގީގަތަކީ މިއީ