މަސް މާރުކޭޓު ސަރަހައްދު ފަޅުތެރޭގައި މަސް ދޯނިތައް އަޅާފައި--- ފޮޓޯ: މިހާރު
06 ފެބުރުއަރީ 2025 - 20:24
މާލޭގެ މަސްމާރުކޭޓު ހުންނަ ސަރަހައްދު ފަޅުގައި އަޅާފައި ގިނަ ދުވަސްވެ، ބޭނުން ނުކުރާ އުޅަނދުތައް އެ ތަނުން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއީ މާލެ އާއި ވިލިމާލޭގެ ފަޅު ބެލެހެއްޓުމާ ބެހޭ ގަވާއިދާއި ހިލާފަށް، ބަލަހައްޓާނެ ޒިންމާދާރު ފަރާތެއް ނެތި އަޅާފައިވާ އުޅަނދުތަކެއް ކަމަށެވެ.
އެއްގޮތަކަށް ވެސް ދަތުރުނުކޮށް، ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކިސަރަހައްދުތަކުގައި އަޅާފައިވާ، ރަޖިސްޓަރީ ނަމްބަރު ވެސް ނުޖަހާ ހުރި އެ އުޅަނދުފަހަރުގެ ސަބަބުން، ފަޅުގެ ގަވާއިދާ އެއްގޮތަށް ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ މަސްވެރިންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
1. މުނިޔާ.
2. އުންމީދު.
3. ނަން ނުޖަހައި ރަޖިސްޓަރީ ނަމްބަރު ވެސް ނެތް ދެ އުޅަނދު.
އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި މީހުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކައުންސިލަށް ހާޒިރުވެ، އެކަން އެންގުމަށް ފަހު، އެ ސަރަހައްދުން އުޅަނދު ނެގުމަށް ވަނީ އެދިފަ އެވެ.
ކައުންސިލަށް ހާޒިރުވާއިރު އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ އަކާއި ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އަކާއި އުޅަނދު ބެލެހެއްޓުމަށް ހަވާލުވެ ހުރި މީހާ ނަމަ އެ މީހާގެ އައިޑީ ކާޑު ގެންދަން ޖެހެ އެވެ.
އެ މުއްދަތުގައި އުޅަނދުތައް ނުނަގައިފި ނަމަ އެއީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރު ކަމަށް ބަލައި މާލެ އާއި ވިލިމާލޭގެ ފަޅު ބެލެހެއްޓުމާބެހޭ ގަވާއިދާ އެއްގޮތަށް، އެ އުޅަނދުފަހަރު ނަގައި އެފަދަ އުޅަނދުފަހަރު ބޭއްވުމަށް ވިލިމާލޭ ބަނދަރަށް ގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ..
އުޅަނދުފަހަރު ނެގުމާއި ވިލިމާލެ އަށް ގެންދިއުމުގެ ތެރޭގަ އާއި ގެންގޮސް ބޭއްވުމަށް ފަހު އުޅަނދާއި އޭގައިވާ ތަކެއްޗަށް ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާއެއް ނުވާނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު ސަލީމް
07 February 2025
ތިކަމެއްނުވާނެ. އެއީ މަސްވެރިންގެ ސްޓޯރޭޖް. އޭގަ އައިސްބޮކްސް ތަކެއް ބަހައްޓައިގެން މާރުކޭޓައް ބާލައިގެން ނުވިކޭ މަސްތައް ގެންގޮސް އަޅާފަ އަނެއްދުވަހު އަނެއްކަ ބާލައިގެން ވިއްކަނީ. ފެންގަޑުވެސް ހުންނަކީ ކުނިވެފަ. ފުޑްއެންޑް ޑްރަގް އޮތޯރިޓީގަ ތިބޭ ވަރުވަރުން ސްޕަވައިޒަރުން. އެކަމަކު ދުވަހަކުވެސް މާރުކޭޓްގަ ވިއްކާ މަހަކީ ކުނިމަސް ތޯވެސް ބަލައެއްނުލާ.
އޮނަރަބްލް ރިހާކުރު ފުޅި
07 February 2025
އުޅަދު ތަކުގެ ޕޮޓޯ އިމަނާލި ނަމަ ބާޒާރުން މަސް ވިއްކާ އަގުން އަގުގެ 2 ގުނަ އިތުރުކޮށްގެން ފުލުހުންނާއި އަސްކަރިއްޔާ ބަޑޭރިގެއަށް ސަޕްލައި ކުރާ ޖަރީމާ އުޅަދުކަން ވެސް ޔަގީން ކުރެވުނީސް
ހޭޖެހޭ
07 February 2025
ވިލިމާލެ އެއީ ކަލޭމެން ގެ ގުދަން ތަ ؟
ޒުމައްރަދު ޕަރީ
07 February 2025
ހުޅުމާލެ ފަޅުތެރެ ސްޓެލްކޯއާ އެމްއެންޑީއެފް މަރުކަޡް ކުރިމަތީ ވެސް އެބަހުރި ވަރައްގިނަ ދުވަސްވީ އުޅަދު ފަހަރު. މީގެ ގިނަ އުޅަދު ތަކަކީ ޑްރަގު ކާޓެލް އާ ގުޅުން ހުރި އުޅަދު ފަހަރޭވެސް ކިޔާ.ކުދި ލޯންޗް ފަހަރު އެތާ ހުންނަތާ ވަރައް ދުވަސް ވެއްޖެ. ހަމަ ބަލާނެ ފަރާތެއް ދެކޭނެ ފަރާތެއްނެތް.
މިޔަރު
07 February 2025
ޕާޓީ ކުއްޖެއްގެ ދޯނި ނޫންވީމަ
ވަރަށް ރަނގަޅު ކަމެއް.
07 February 2025
މަސްވިއްކަން އަންނަ ދޯނިތަކަށް ވަދެ ނިކުމެވޭ ގޮތަށް ބާއްވަން ޖެހޭ ތަނެއް. ބަޔަކު ހިސޯރު ކޮށްގެން.
ދފސދ
07 February 2025
ހުޅުމާލޭ ފަޅުގައި ހުރި ބޭނުންނުކުރާ އުޅަނދުތަށްވެސް ނަގަންވީއެވެ.
އަލީ!!
07 February 2025
މާލޭ މަގުތަކުގައި ޕާކިންޒޯންތަކުގައި ބޭނުން ނުކުރާ އުޅަނދުވެސް ވަރަށް ގިނަ. އެއެއްޗިހި ނަގަނީ ކޮންއިރަކުންތޯ؟
މުޑަހަންޖާ
06 February 2025
ތިރަށުގަ ބާވެފަހުންނަ މާސިންގާ އިމާރާތްތައް ތަޅާފަ ގޯތިސާފުކޮށްދިނުމާއި، ވެހިކަލްތައް ބާވީމާ ނަގައިގެންގޮސް ތިލަފުއްޓަށް އުކާދިނުމާއި، އުޅަނދުތައް ބަނދަރުން ނަގައިގެން ތަންތަނަށް ގެންގޮސްދިނުމާއި، ވެރިފަރާތުން ބައިރުފިޔާ ހަރަދުނުކޮށް މިކަންކަން އަހަރެމެންގެ ހަރަދުގަ ކުރާކަށް އަހަރެމެންގެ ތާއީދެއްނެތް.
ކޮރަލް
06 February 2025
ރަނގަޅު ފެށުމެކެވެ.