ޖަމާލުއްދީން ސްކޫލް-- ފޮޓޯ: މިހާރު
07 ފެބުރުއަރީ 2025 - 00:48
ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން ކިޔަވައި ވިދާޅުވި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ތައުރީފުކޮށް، އެ ސްކޫލުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމަށް ފަހު، އެ ޕޯސްޓް ޑިލީޓް ކުރަން ޖެހުނީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރުމުން ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ޖޭއެސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އަންނަނީ އެ ތަނުން ތައުލީމު ހާސިލްކޮށް، ސްކޫލަށް ރީތި ނަން ހޯދައި ދިން މީހުންގެ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
އެހެންވެ، އިއްޔެ ހަވީރު ޖޭއެސް އިން ވަނީ މީކާއިލް އެ ސްކޫލްގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ހޯއްދެވި ކާމިޔާބީތައް ފާހަގަކޮށް ޕޯސްޓެއް ކޮށްފަ އެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން އެ ސްކޫލުން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކުން އެ ޕޯސްޓް ފޮހެލި އެވެ.
އެކަމާ ގުޅިގެން މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި، ޖޭއެސް އިން އެ ޕޯސްޓު ޑިލީޓްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށެވެ. އޭނާ ވަނީ ސަރުކާރުން ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލުތައް ވައްދާ ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެކަމަކު، އެ ތުހުމަތުތައް ދޮގުކޮށް ޖޭއެސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މީކާއިލްގެ ޕޯސްޓު ފޮހެލީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނޫން ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކޮމިޓީއެއްގައި.--- ފޮޓޯ: މިހާރު
ޖޭއެސްގެ ބަޔާނުގައި ބުނީ، "ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކށް ވެފައި މި ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރު [މީކާއިލް] ގެ ފަރާތުން އަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން" ޕޯސްޓް ފޮހެލީ ކަމަށެވެ.
މި ޕޯސްޓް ފޭސްބުކާއި އެކްސް އިން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޕްރެޝަރު ކޮށްގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމުގައި ހާމަކުރަމެވެ،"--- ޖޭއެސް
"އެފަދަ ކަންކަމަކީ ސްކޫލުން ގަބޫލުރާ އަހުލާގީ މިންގަނޑުން ބޭރު ކަމެއް ކަމަށް ވާތީ އާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލަށް ލިބެމުންދިއުމާ ގުޅިގެން،" މީކާއިލް އަށް ތައުރީފުކޮށް ކުރި ޕޯސްޓް ޑިލީޓްކުރި ސަބަބާ ގުޅޭ ގޮތުން ޖޭއެސް އިން ބުންޏެވެ.
ޖޭއެސް އިން ބުނިގޮތުގައި، މީކާއިލްއާ ގުޅޭ ސޯޝަލް މީޑިއާ ޕޯސްޓް ޑިލީޓްކުރީ އެލުމްނާއީ ޕްރޮފައިލް ކޮމިޓީގެ ވެސް މަޝްވަރާގެ މަތިންނެވެ.
"މި ޕޯސްޓް ފޭސްބުކާއި އެކްސް އިން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޕްރެޝަރު ކޮށްގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމުގައި ހާމަކުރަމެވެ،" ޖޭއެސްގެ ބަޔާނުގައި ވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ، ޖޭއެސް އިން ޕޯސްޓް ފޮހެލި މައްސަލާގައި މީކާއިލްގެ ކަންބޮޑުވުން ފެނިވަޑައިގަތީ ފޭސްބުކުން ކަމަށެވެ. އެއީ ގޯސްކޮށް ހިނގާފައިވާ ކަމެއް ކަމަށާއި އެންމެ ރަނގަޅު މައުލޫމާތު އެނގިވަޑައިގަންނަވާނީ ޖޭއެސްގެ ޕްރިންސިޕަލަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީކާއިލް ވަނީ ޖޭއެސް އިން އޭނާގެ ކުރިއެރުން ފާހަގަކޮށް ކުރި ޕޯސްޓު ވެސް ފަހުން އާންމު ކޮށްފަ އެވެ.
އެ ޕޯސްޓުގައި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ހޮވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި މީކާއިލް ހިމެނޭކަން ފާހަގަކޮށްފަ އެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އޭނާ ހާސިލް ކުރައްވާފައިވާ ކާމިޔާބީތައް ވެސް ޖޭއެސްގެ ޕޯސްޓުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރިވަރު ޖޭއެސް
08 February 2025
ސްކޫލުގެ ފެންވަރު. ކަޑަ ޕްރިންސިޕަލެއްކަން މީގެން އެނގެނީ
ރުންކުރު
07 February 2025
ކިތަންމެ ޕޯސްޓެއް ޑިލީޓް ކުރިޔަސް ނުކުރިޔަސް މީކާއީލްއަކީ މޮޅު މީހެއް. އެކަން ބަދަލެއް ނުކުރެވޭނެ. މިހާރުގެ ސަރުކާރަށް ނުވަތަ ޕޯސްޓް ޑިލީޓްކުރި ބަޔަކަށް މިއުޅެނީ އެކަން ހަޖަމުނުވެގެން. ހަމަ ހަޖަމުނުވެފަ ތިބެންޖެހޭނީ!!!! ދެން ލަލަލާ!!!!
ދޮޅި ހުސޭނު
07 February 2025
ކާމިޔާބީގެ އަގު ވަޒަންކުރަން ނޭންގޭ ބަޔަކަށް ކާމިޔާބެއް ލިބުނަސް ނުލިބުނަސް ވަރިހަމަވާނެ. މިއަދު އަހަރެމެން ބޭނުންވަނީ އެފަދަ މުޖުތަމައުއަކަށް އަހަރެމެން ވާން. މިއީ ވަރަށް ދެރަވަރު ކަމެއް. ކުރާކަންކަމުގެ އަގު ވަޒަން ނުކުރުމަކީ ކަންކަން ކުރާ ބަޔަކަށް ނުވަތަ މީހަކަށް ދެވޭ ވަރަށް ނުރަނގަޅު މެސެޖެއް.
މިއޮތީވާކަމެއް
07 February 2025
އާންމުންގެ ފަރާތުން ފެންނަންޖެހޭ އަމަލާއި ނުފެންނަންޖެހޭ އަމަލު ނިންމަނީ ސުކޫލުންތަ. އެހެންކަމަށްވާނަމަ ފެބްރުއަރީ 6 ދުވަހު އުފުލާލައިގެން މަޖިލީހުން މެމްބަރުން ނެރުނުއިރު ތިޔަބުނާ ވަޒީރަކު ހުންނެވީ އެހެން އިއްޒަތްތެރިންނާއި ޚިލާފަށް ހިނިފުޅުވަޑުވަން. އެއީ ދަރިވަރުން ތަރުބިއްޔަތު ކުރުމާއި ހަވާލުވެހުރި މީހެއްގެ ފަރާތުން އަހަރެމެން ދެކެން ބޭނުންވާ މަންޒަރެއްވެސް ނޫން. މެމްބަރުންނަކީ އަހަރެމެންގެ ވޯޓުން ހޮވާބައެއް.
ދޯރި-
07 February 2025
ތިގޮތަށް ބަލަންޏާ ސިޔާސީ އެއްވެސް މީހެއް ނަމޫނާ މީހަކަށް ނުވާނެ.
ވަންވޭ އަކަށް ތި ވަދެވުނީ
07 February 2025
ސްކޫލުގެ އިސްވެރިންނެއްވެސް ބެެލެނިވެރިންނެއްވެސް ސަރުކާރަށް ތާއީދުކުރިއަސް ނުކުރިއަސް އެކަން ހާމަކުރާކަށް ސްކޫލު ބޭނުންކޮށްގެން ނުވާނެ. ތިތާ މިހާރު ކިޔަވާކުދިންނަށް ސްކޫލުން ތި ދެއްކި ނަމޫނާ މާ ގޯސް. މީކާލު ނަސީމު ސިޔާސީ މައިދާނުގަ ކުރާ ކަމަކާ ސްކޫލުން ހަވާލުވާކަށް ނުޖެހޭ. ބެހޭ ކަށްވެސް ނުޖެހޭ. ތިކުރީ ވަރަށް ޕެރަނޮއިޑް މީހުން ކުރާކަހަލަ ކަމެއް. ދެން ތިކަމުން ސްކޫލަކަށް ސަލާމަތެއް ނުވެވޭނެ. ފޫ ބައްދަން ބެލެނިވެރިންގެ ބޮލަށް ޖެހިޔަސް.
ށަވިޔަނި
07 February 2025
ތިޔަފަދަ ކަންމަށް ފާޑު ކިޔާނީ މަދު ބެލެނިވެރިޔެެއް، ސްކޫލުތަކުގެ ހައިސިއްތުން ކުރާ ކަންކަމަކީ ބެލެނިވެރިނާ ބެހެވޭނެ ކަންކަމެއް ނޫން، އެހެންވީއިރު އެފަދަ ކަމެެއް ކުރިއިރު ބެލެނިވެރިންނާތާ މަޝްވަރާ ކުރާނީ. ތިޔަ ޕޯސްޓު ކުރިއިރު އޭނާ ރަނގަޅު، ފަހުން ގޯސްވީ ދޯ؟
އޭޒަމާނާ
07 February 2025
ޝީތާއަކީ އަސްލު އެހާ ގޯސް މީހެއް ނޫން. އޭނައަށް ހަމަ ނުވިސްނެނީ. އޭނައަށް އެނގޭ ރަނގަޅު ގޮތްގޮތަށް ކަންކަން ކޮށްގެން އޭނަ ހުންނަނީ. އަނެއްހެން ބުނަންޏާ މަގާމަށް ކުފޫހަމަ ނުވަނީ. އެމީހެއްގެ އިސްކޮޅަށްވުރެ ބޮޑު މަގާމުތަކަށް އަރައިގެން އުޅެންޏާ މިކަހަލަ ގަޅިވެސް ޖެހޭނެ.
ބޮލްގޯސް
07 February 2025
އޭނައަށް ދީފަހުރި ހުރިހާ ސެޓްފިކެޓްތައް ނަގަންވީނުން، އެހެންނޫނިއްޔާ އޭނަގެ މޮޅު ވާހާކަ ދައްކާނެ، މިއަދު އޭނަަކީ ޤައުމު ފަޚުރުވެރިވާފަދަ ޒުވާން ސިޔާސީ މެމްބަރެއް - މިއަދު ސަރުކާރާ އެއްކޮޅައް ހުރިނަމަކަ އެއްވެސް ބެލެނިވެރިން ނެއް ނޮއޮންނަނެ! މިޤައުމުގެ އެއްވެސް ތަނެއްގަ ތެދުވެރި ވަފާތެރި އިޚްލާސް ތެރި ބަޔަކު ނެތްކަން މި ދައްކުވައިދެނީ!
މައިމީހާ
07 February 2025
މިއީ ސީދާ އެޑިޔުކޭޝަން މިނިސްޓްރީގެ އަމުރަށް ކުރިކަމެއް. ،މިނިސްޓަރާއި މިނިސްޓްރީ ރެކެން ކުރި ކަމެއް. މިކަހަލަ ކަމެއް ދަރުމަވަންތަ ސްކޫލުގައި ވެސް ހިނގައިގެން އުޅޭ. އެފަހަރުވެސް ބެލެނިވެރިންގެ ބޮލުގައި އަޅުވަން އުޅުނީ. ބެލެނިވެރިން އެއްބަސް ނުވީމާ އެކަން ނުވީ. މިނިސްޓަރު ބޭނުންވަނީ ސިޔާސީ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަމޭ ކިޔާ މެޑަލް ޖަހަން. މި ކޮމެންޓް މިހާރުގައި ނުޖަހާނެކަން އެނގޭ. ވަޒީރު ހަމައެކަނި އަނގައިން ބުނާ ނޫހަކީ މިހާރު ނޫސް ވީމާ.