07 ފެބުރުއަރީ 2025 - 13:18
ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށްފަހު ދެމައިން ނިޔާވި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފި އެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދެމައިން ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އަދި އެ ތަހުގީގުގައި އިހުމާލުވެފައިވާ ފަރާތެއް ހޯދައި ގާނޫނީ ފިޔަވަޅު އަޅަން ވެސް އެދިފައިވާ ކަމަށް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން ވެސް އަންނަނީ އެ މައްސަލައިގައި ފަރުވާ ދިނުމުގެ އިހުމާލެއް އޮތްތޯ ބެލުމަށް ރިވިއުއެއް ހަދަމުންނެވެ.
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ބަނޑަށް އަށް މަހުގައި ސިޒޭރިއަން ހެދި ޝިއުނާ ތައުފީގު އަދި އޭނާގެ ތުއްތު ދަރިފުޅު ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، މާލެ ނުގެނެވި، ފަރުވާ ލިބުން ލަސްވެގެންނެވެ. އެ ތުހުމަތުތަކާ ގުޅިގެން ހޮސްޕިޓަލުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ސިޒޭރިއަން ހަދައި ފަރުވާ ލިބުން ލަސްވެ ދެމައިން ނިޔާވެއްޖެ https://t.co/FlyYzL3uTT
— Mihaaru (@Mihaarunews) February 6, 2025
ޝިއުނާއަށް ކުއްލިއަކަށް ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލުގައި އެޑްމިޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރެވެ. އޭގެ 24 ގަޑިއިރު ނުވަނީސް އޭނާ ވަނީ ނިޔާވެފަ އެވެ. ނަމަވެސް، އެހާ ހަމައަށް ވެސް އޭނާއަށް ރަނގަޅަށް ފަރުވާ ނުދޭ ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.
"ތިމަންނަ މަރުވަނީއޭ، ތިމަންނައަށް ނޭވާލަން އުނދަގޫވަނީއޭ، ތިމަންނަ މޭގައި ރިއްސަނީއޭ، މަރުވަނީއޭ އުނދަގޫވަނީއޭ، އެހެން ކިޔައި އޭނާ އެނދު މައްޗަށް ވެއްޓުނީމާ ދެން ނަރުހުން މަސައްކަތް ފެއްޓީ. ދެން އެ މީހުން މަސައްކަތް ފެއްޓީ،" އެ ތަނުގައި ހުރި ޝިއުނާގެ އެންމެ ގާތް ރަހުމަތްތެރިޔާ "މިހާރު" އަށް ކިޔައިދިނެވެ.
އޭނާގެ ހާލު ސީރިއަސް ވަމުންދާތީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު ފަހުން ނިންމި އެވެ. ރަށުގައި އެ ވަގުތު ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމުން ސިޒޭރިއަން ހެދީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރެއް ގެންގޮސްގެންނެވެ.
"އެ ހުރިހާ އިރު އެ މީހުން ކީ ފްލައިޓު އެބަ އާދެ އޭ، އާސަންދަ ހަމަޖެހިއްޖެ އޭ، ފްލައިޓު އަންނަނީ އޭ، ފްލައިޓު އަންނަނީ އޭ. އޭނާ ހަމަ ވެއްދި ހިސާބުން (އިއްޔެ ހަވީރު) 4:00 ޖެހިއިރުން ފެށިގެން މުޅިން އެހެން ކީ،" ރަހުމަތްތެރިޔާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެއާ އެމްބިއުލާންސް ގެންދަން ފުރަތަމަ ހަމަޖެއްސީ ރޭ 7:00 ހާއިރެވެ. ނަމަވެސް، ބަލި މީހާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ދިނުމުން އެ ދަތުރު ފަހުން ކެންސަލްކުރީ އެވެ. އެކަމަކު، ހާލަތު ގޯސްވާން ފެށުމުން ފަހުން އެމްބިއުލާންސް ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުންފުނި
08 February 2025
ރަނގަޅަށް ބަލައިފިއްޔާ ކުއްވެރިވާނީ ހެލްތު މިނިސްޓަރު ތޯއްޗެއް...
ބަބްސް
08 February 2025
އެއްކަލަ " ތަހުގީގް " ބޯޑު އެއޮތީ އަޅުވާފަ. ދެން އިތުރު ވާހަކައެއް މަނުދައްކާނަން.
އަލީބެ
08 February 2025
އަބަދުވެސް އިވެނީ ތަހުގީގެއް ފަށާވާހަކަ. ނިމޭކަމެއް ހަރާން.
މުޑަހަންޖާ
08 February 2025
ކ.މާލޭމީހުން ހާލުދެރަވީމަ ހެލިކޮޕްޓަރަކަށްލައިގެން ނޭކުރެންދޫއަށް ގެންގޮސްގެންނޫނީ ފަރުވާނުދެވޭނަމަ ކ.މާލޭމީހުން އެކަމާދެކޮޅަށް ނިކުމެ ބަސްބުނާނެ. އެކަމަކު ރަށްރަށުން ހޮވާފަ ފޮނުވާފަތިބި މެންބަރުން ރާއްޖޭގަ މިއޮތް ނަސްލީތަފާތުކުރުމާ ދެކޮޅަށް އެކަށީގެންވާ މަސައްކަތެއްނުކުރޭ.
މުޑަހަންޖާ
08 February 2025
"މާލެ ނުގެންދެވި" ހާލުގޯސްވެގެން ރަށްރަށު ރައްޔިތުން ނިޔާވާއިރު އުތީމު މީހަކު ބަލާދީބަލަ ޕޯޗުގީޒުގަ "ލިޒްބަންއަށް ނުގެންދެވިގެން" ފަރުވާނުދެވި މީހުން މަރުވޭތޯ.
ޒެނއ
07 February 2025
ޖިނާއީ ތަހުގީގެއް ކުރަނީ މީ ވަކި ފަރުދެއްގެ އިހުމާލުން ވެފައޮތްކަމެއް ނޫނެއްނު. ބަލަ ދިވެހި ރައްޔިތުންނަށް އަސާސީ ކަންކަން ފުރިހަމައެއް ނުވެ. މާލެ ނޫންގޮތެއް ނެތްހެން މަޖުބޫރު ކޮށްފަ މި އޮންނަނީ. ޢިހުމާލުވީ ފްރަންޓް ލައިނުގަ ހުރި މުވައްޒަފުތޯ ނުބަލާ މި ޙާލަތު ދިމާވީ ގޮތެއް ތަހުގީޣުކުރިއްޔާ މާ ރަނގަލެއްނު. މޮޅު އެއްޗެއް ބުނެލެވުނީމަ ނިމުނީ މި މީހުންނަ!!
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
07 February 2025
މާލޭ ގެ އައި.ޖީ.އެމް.އެޗު އެހެރީ ވިލިމާލެ އިން މުސްތަޤްބަލް ގައި 3 މިނެޓުން އާދެވޭ ވަރަށް ކައިރީގަ. ކަން އޮތީ މިހެން ކަމަށް ވިޔަސް، އަދިވެސް ހޮސްޕިޓަލެއް އެ އަޅަނީ ވިލިމާލޭ-ގަ! ކޮންމެ ރަށެއްގަ ހޮސްޕިޓަލެއް އެޅުމުގެ ބަދަލުގަ އަތޮޅު ހޮސްޕިޓަލް ތަކުގައި "ސްޕެޝަލިސްޓުން" ހަމައަށް ބައިތިއްބުން މުޙިއްމު.
ސކސކސކ
07 February 2025
ތަހުގީގު ކުރެވިދާނެ.. ކޮޅެއްގަ ނުޖެހޭނެ
އަޒްރާ
07 February 2025
އިހުމާލެްވާނަމަ އެކަން ބަލަން ޖެހޭ މަރުވާނެވަގުތާ ޙާލަތާ ދެެނެވޮޑިގެންވަނީ ހަމަ އެކަނި މާތްﷲ އަށް
ކަތްދައްތަ
07 February 2025
ސުރުޚީ ހެދުން ނޫން އެެއްވެސް ކަމެއް ނޫން. އެސަރުކާރެއް މިސަރުކާރެއް ކިޔާނެ ކަމެއް ނެތް.