ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ރިޔާސީ އިންތިހާބުގައި ކެމްޕެއިން އިވެންޓެއް ބޭއްވި ތަނެއްގައި، އޭނާގެ ފޮޓޯ ޖަހާފައި ހުރި ޓަމްބްލާއެއް ބަހައްޓާފައި: ޓްރަމްޕް ވިދާޅުވަނީ ކަރުދާސް ހޮޅި ދޫކޮށް އަލުން ޕްލާސްޓިކަށް ބަދަލުވާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
07 ފެބުރުއަރީ 2025 - 21:13
ތިމާވެއްޓަށް ގެއްލުންވާތީ ޕްލާސްޓިކް ހޮޅި ދޫކޮށް، ކަރުދާސް ހޮޅި ބޭނުންކުރަން ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުގައި ކޮށްފައިވަނީ ނަތީޖާއެއް ނެތް މަސައްކަތެއް ކަމަށާއި އެކަން ބަދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.
"ކަރުދާސް ހޮޅި ޕްރޮމޯޓްކުރުމަށް ބައިޑެން ގެންގުޅުއްވި ތާކުންތާކުނުޖެހޭ ސިޔާސަތު ބަދަލުކުރުމަށް، އަންނަ ހަފުތާގައި ރިޔާސީ ގަރާރެއްގައި ސޮއިކުރާނަން. އަލުން ޕްލާސްޓިކަށް!" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ކަރުދާސް ހޮޅި ޕްރޮމޯޓްކުރުމަށް ސްޓޭޓްތަކުގައި ކުރާ މަސައްކަތަށް ޓްރަމްޕްގެ އަމުރާ އެކު އަސަރުކުރާނެ ކަމަށް ބެލެވެ އެވެ. އަދި ޕްލާސްޓިކާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތައް ހިންގުމަށް އެޖެންސީތަކަށް ހުރަސް އެޅިދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެ އަމުރަކީ ސްޓޭޓްތަކުގެ ގާނޫނުތަކާއި ގަވައިދުތައް ބާތިލްވާނެ އަމުރަކަށް ވާނެ ކަމެއް އަދި ނޭނގެ އެވެ.
މި ނިންމެވުމާ އެކު ނިއު ޖާޒީ ފަދަ ތަންތަނުގައި ޕްލާސްޓިކް ހޮޅި މަނާކުރުން ފަދަ ތިމާވެށީގެ ސިޔާސަތުތަކާއި ސްޓޭޓްތަކުގެ ގަވާއިދުތަކާ ބެހޭ ގޮތުން ހޫނު ބަހުސްތަކެއް އަލުން ފެށޭނެ ކަމަށް ބެލެވެ އެވެ.
ނިއު ޖާޒީގައި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް ހެދި ގާނޫނާ އެކު، ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތަކުން ޕްލާސްޓިކް ހޮޅި ދިނުން ވަނީ މަނާވެފަ އެވެ. ހޮޅި ބޭނުން ނަމަ ކަސްޓަމަރުން ޖެހޭނީ ބުނާށެވެ.
މީގެ އިތުރުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ގޮތުން، ޕްލާސްޓިކް ކޮތަޅާއި ފޯމް ފުޑް ކޮންޓެއިނަރާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ވެސް ގާނޫނުގައި ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
09 February 2025
ކުރީ ސަރުކާރުގެ ހުރިހާކަމެއް ބާތިލްކުރަނީދޯ....ބޮއިހަލަކި
ޕުލާސްޓިކު
08 February 2025
ދި ދެކޮޅު ނުޖެހޭ ސިޔާސަތެއް. މިރާއްޖޭގައިވެސް ނަމެއް ގައި ތިކަން ކުރަނީ.. ޕުލާސްޓިކު ދޫކޮއް ގަސްތައް ކޮށާ މާށައިގެން ވަރިހަމަ ދޯ ހޮޅި ހެދިޔަސް.. ޒަމާން ބަދަލުވެގެން ވާ އުނދަގޫ ބޮޑީ
އޮޅާލާ
08 February 2025
ކޮބާ ބައިޑަނޭ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި ކްލައިމެޓް ޗޭންޖް އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ
ލަމްހާތު
08 February 2025
ރައީސް ޓްރަމްޕް މި ވިދާޅުވަނީ ރަންގަޅުވާހަކައެއް. ކަރުދާސް ހޮޅީ އިންނަނީ ޕުލާސްޓިކު ކޮތަޅެއްގަ،
ފަނިފަކުސާ
08 February 2025
ރަނގަޅު ވިސްނުމެއް އަސްލު. ކަރުދާސް ހޮޅި ހިއްޕަން ބޭނުންކުރާ ތެރަހުގެ ސަބަބުން ކުރު މުއްދަތުގައި ހަށިގަނޑަށް މާ ގެއްލުންވުން ގާތް
ހިކްމަތްތެރި ރިއެކްޓރ
08 February 2025
ރިއެކްޓް ނުކުރާ ބުރޯގެ ގަރާރުތައްވެސް ނައްތާލަންވީ!
މައި މޭން
08 February 2025
ޑޮނަލްޑަށް މިއަދަށް ވުރެ ފާގަތި މާދަމާއެއް ދެއްވާ. އަދި ޑޮލަލްޑް ކަހަލަ ކޮމަން ސެންސް ވެރިއެއް އަހަރުމެން އަށް ދެއްވާންދޭ.
ސެމި
09 February 2025
އަސްލުވެސް ޓްުރްޕްައަކީ ގަދަމީހެއް
ސެންސް މަރުމޯލު
09 February 2025
ބައެއްގެ ބިން ވަގުތުން ފޭރިގަންނާނަން (ގާޒާގެ ގެ ބިން ޓޭކް ޢޯވަރ ކުރާނަމޭ) ބުނި ކޮމަންސެންސް ގެ ވެރިޔާ..ތިޔަ ތާއިދު ކުރެވެނީ މަރުމޯލު ސެންސް ކިޔާ އެއްޗަކަށް..
ޓްރަމްޕު
07 February 2025
ބެލްޖިއަމްގެ ޔުނިވާސިޓީ އޮފް އެންޓްވަރޕްގެ ދިރާސާވެރިން ވަޒަންކުރި ކަރުދާސް ސްޓްރޯތަކުގައި ޕްލާސްޓިކަށް ވުރެ ގިނައިން "އަބަދަށްޓަކައި ކެމިކަލް" – ޕަރ- އަދި ޕޮލިފްލޫރޯއަލްކައިލް މާއްދާ ނުވަތަ ޕީއެފްއޭއެސް – ހިމެނޭކަން ފާހަގަކުރެވުނެވެ.
މީލަފުން
07 February 2025
ގަދަ ނިއްމުމެއް ތީ އަހަރެމެން އެދޭކަހަލަ ރައީސަކީ،
ޒިންދާބާދު
07 February 2025
ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު ސާބަހޭ ޓްރަމްޕް ޓްރަމްޕް ޒިންދާބާދު
ބޫ…ބޫ…ބޫ
07 February 2025
ކަލޭ އަތްބަޑިތަޅަން ގާޒާގާ ހަދާ ރިވެރީއާއައް ދެވެދެން މަޑުކޮއްލައްވީނުން؟