ބޮލީވުޑްގެ ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފް.-- ފޮޓޯ: އޭއެފްޕީ
08 ފެބުރުއަރީ 2025 - 06:33
ކެޓްރީނާ ކައިފަށް ކަމުދަނީ ތުނބުޅި ދިގުކޮށްފައި ބެހެއްޓީމަ ކަމަށް އޭނާގެ ފިރިމީހާ އަދި އެކްޓަރު ވިކީ ކައުޝަލް ބުނެފި އެވެ.
ވިކީ މިހާރު އަންނަނީ އޭނާގެ އާ ފިލްމު "ޗާވާ" ޕްރޮމޯޓްކުރަމުންނެވެ. އެ ފިލްމަށް ވިކީ ވަނީ އޭނާގެ ތުނބުޅި ވަރަށް ދިގުކޮށްލައިފަ އެވެ.
މި މަހު 14 ގައި ޕްރިމިއާ ކުރާ އެ ފިލްމުގެ ޕްރޮމޯޝަނަށް ބޭއްވި އިވެންޓެއްގައި ވިކީ ބުނީ އޭނާގެ އަންހެނުން، ކެޓްރީނާ އަށް ކަމުދަނީ އޭނާގެ ތުނބުޅި ދިގުކޮށްފައި ބެހެއްޓުމުން ކަމަށެވެ. ކްލީން ޝޭވްކުރީމަ ކެޓްރީނާ އަށް ކަމުނުދާ ކަމަށް އޭނާ ބުންޏެވެ.
މި ފިލްމު ޝޫޓްކުރި ދުވަސްވަރު ތުނބުޅި ރީތިވެގެން ކެޓްރީނާ އަބަދު އެ ވާހަކަ ދައްކާ ކަމަށް ވިކީ ބުންޏެވެ.
"އޭނާއަށް ވަރަށް ކަމުދޭ. އަހަރެން ކްލީން ޝޭވްކުރީމަ އޭނާ ރުޅި އައިސްގެން ބުނޭ 'ޗާވާ' ދުވަސްވަރު މިސްވެޔޭ،" ވިކީ ބުންޏެވެ.
"ފިލްމު ޝޫޓިން ނިމުނީމަ ވެސް ބުނި ކިއްކުރަންހޭ އެހާ އަވަހަށް ނިންމާލީ، ފަސް އަހަރު ވަންދެން ޝޫޓްކުރި ނަމައެއްނުން ހެއްޔޭ ވެސް."
ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ 2021 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
11 February 2025
ޗީޓި ކެޓް ދެން ތުބުޅިގަނޑުހުރިމާ ހީވާނީ ފެންނުވަރާ ހުންނަހެން..... ބޮއިހަލަކި