އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އާއި ކުރީގެ ރައީސް ޖޯ ބައިޑެން ވައިޓް ހައުސްގައި. -- ފޮޓޯ: އޭއެފްޕީ
08 ފެބުރުއަރީ 2025 - 07:36
ކުރީގެ ރައީސް ޖޯ ބައިޑެންގެ ސެކިއުރިޓީ ކްލިއަރެންސް ބާތިލްކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައި އެކަން ވަގުތުން ތަންފީޒުކުރަން ފަށައިފި އެވެ.
ސެކިއުރިޓީ ކްލިއަރެންސަކީ ވެރިކަމުގެ ދައުރު ހަމަވުމަށް ފަހު ވެސް އިންޓެލިޖެންސް މައުލޫމާތުގެ ބްރީފިންތައް ލިބޭ ގޮތަށް ހަމަޖައްސާ އިންތިޒާމެކެވެ. އެހެންވެ، ޓްރަމްޕުގެ މި ނިންމެވުމާ އެކު ދެން ބައިޑެން އަށް އެ މައުލޫމާތެއް ނުލިބޭނެ އެވެ.
"ސިއްރު އެ މައުލޫމާތު ބައިޑެން އަށް ލިބިލިބި ހުރުމުގެ އެއްވެސް ބޭނުމެއް މިހާރަކު ނޯންނާނެ،" ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެފޯމް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ.
"އެހެންވެ، ޖޯ ބައިޑެންގެ ސެކިއުރިޓީ ކްލިއަރެންސް ވަގުތުން މި ހުއްޓާލަނީ އަދި ކޮންމެ ދުވަހަކު އޮންނަ އިންޓެލިޖެންސް ބްރީފިންތައް ވެސް ހުއްޓާލަނީ."
ކުރީގެ ރިއަލިޓީ ޓީވީ ޝޯ "ދަ އެޕްރެންޓިސް" ހުށަހެޅި ޓްރަމްޕް އޭނާގެ އެ ޝޯގައި މަޝްހޫރުވި އިބާރާތް ބޭނުންކުރައްވައި، ކެޕިޓަލް އަކުރުން ވަނީ "ޖޯ، ޔޫ އާ ފަޔާޑް" ކަމަށް ވެސް ލިޔުއްވައިފަ އެވެ.
އެމެރިކާގެ ރައީސުން މަގާމުން ވަކިވުމަށް ފަހު ވެސް އިންޓެލިޖެންސް ބްރީފިންތައް ލިބުމުގެ ހައްގު ދިނުމަކީ އާންމު އުސޫލެވެ.
މި ފިޔަވަޅު އަޅުއްވަނީ ބައިޑެން ވެސް 2020 ވަނަ އަހަރު އިންތިހާބު ކާމިޔާބުކުރައްވައި، ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ޓްރަމްޕަށް ސެކިއުރިޓީ ކްލިއަރެންސް އުވާލާފައި ވާތީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ބައިޑެން އޭރު އެ ފިޔަވަޅު އެޅުއްވީ ގާނޫނު ހަދާ މަޖިލީހަށް ޓްރަމްޕުގެ ތާއީދާ އެކު ބަޔަކު ވަދެ ހިންގި ބޮޑެތި ހަމަނުންތަކާއި ޓްރަމްޕުގެ އޭރުގެ އަމަލުތައް ހުރި ގޮތުން ކަމަށް ވިދާޅުވެ އެވެ.
ޓްރަމްޕް ވިދާޅުވީ އުމުރުން 82 އަހަރުގެ ބައިޑެންގެ "ހަނދާން ބަލި" ކަމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް ސިއްރު ލިޔުންތަކުން ފެންނަން އެބަހުރި ކަމަށާއި އެހެންވެ ބައިޑެން އަށް އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު....
08 February 2025
ތިޔަތާކު ނެތް ސަހަލު އެކަތިވެސް. ރަތްލާޖެހި މައް ޔަހޫދީން. ނުވާނެ ރަނގަޅެއް ހަތްފެނުކައްކާ ރާހުތަށް ލިޔަސް
ކަރާަ
09 February 2025
ވަކި ނަސްލަކަށް ނަޕްރަތު ކުރުމަކީ އޮތްކަމެއް ނޫން.
ހަސަނުބޭ
08 February 2025
ޓުރަންޕުގެ ވިސްނުމާ އުޅުން އެހުރީ ކޮކަޑި ކޭ މީދާ ގަދަވީމަ އުޅޭ ހެން
raajje
08 February 2025
ކިހާވަރަކުން ޓުރަންޕުގެކަންތައް ނިމިގެންދާނެބާ، ވެރިކަންދެވަނަފަހަރަށް ލިބުމާއެކުމީނާ ވަރަށްހިލިގަނެގެން ހިފިނުހުރެވިގެން ކިޔޭނުކިޔޭއެއްޗެއްނޭންގޭ ހާލަތުގައި އުޅޭތަންމިފެންނަނީ، ބޮޑަށްޓުރަންޕުގެ ވިސްނުންހުރީ ބަދަލުހިފުމާ ކަންދެއްކުމަށްކަންވެސް ފާހަގަކުރެވޭ، ރީތިގޮތަކަށްނިމިގެންދާނެކަމަށްބެލެވެނީ!
އަބްދުއްރަހީމް1
08 February 2025
ޑޮނަލްޑު އުޅޭނެ ގޮތް އިނގޭނީ ޑޮލަންޑަށް ދެންތިބި މީހުންއަށް އޮތީ ފާޑު ނުކިޔާ ހަޖަމް ކޮށްލައިގެން ތިބުން.
raajje
08 February 2025
އަބްދުއްރަހީމް1: އެއްވެސްމީހަކަށް ބޭނުންހާގޮތަކަށްނޫޅެވޭނެ، އަދި އަމުދުން ގައުމެއްގެވެރިއަކަށް ހާއްސަކޮށް އެމެރިކާފަދަގައުމެއްގެވެރިއަކަށް ބޭނުންހާގޮތަކަށް ނޫޅެވޭނެ، ޓުރަންޕު ފަދަމޮޔައަކު އެމެރިކާފަދަ ގައުމެއްގެވެރިކަމުގައި މާގިނަދުވަހު ހުރެފިނަމަ ދުނިޔޭގައި ބޮޑެތިހަމަނުޖެހުންތައްއުފެދި ނުރައްކާތެރިހާލަތަކަށްދިއުމުގެ ފުރުސަތުއެބައޮތް، ގަބޫލުކުރެވެނީ ދައުރުހަމަވުމުގެކުރިން މިކަލޭގެވެރިކަމުންދުރުކުރާނެކަމަށް