ހއ. އުލިގަމުގައި މީހުން ދިރިއުޅޭ ސަރަހައްދު: އެ ރަށުގައި 400 އެއްހާ މީހުން ދިރިއުޅޭ -- ފޮޓޯ: ނިޝާން އަލީ | މިހާރު
09 ފެބުރުއަރީ 2025 - 14:43
ހއ. އުލިގަމަށް ބަހަން ސަރުކާރުން ފޮނުވި، ސައުދި އަރަބިއްޔާ އިން ހަދިޔާކުރި ކަދުރު ގެންދާނެ ބަޔަކު ނުވެގެން ދެވަނަ ފަހަރަށް މިއަދު އިއުލާންކޮށްފި އެވެ.
އަބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ކަދުރު ބެހުމަށް ކުރިން ކުރި އިއުލާނާ ގުޅިގެން ގިނަ ގެތަކުން ކަދުރު ގެންގޮސްފައި ނުވާތީ، ބާކީ ހުރި 13 ޕެކެޓް ކަދުރު ބެހުމަށް ދެވަނަ ފަހަރަށް އިއުލާންކުރާ ކަމަށެވެ.
ބާކީ ހުރި ކަދުރު ބޭނުންވާ ކޮންމެ ގެއަކުން އެކަކު، މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އާ ދެމެދުގައި، އައިޑީކާޑާއި ކަރަންޓު މީޓަރުގެ ނަންބަރު ކަށަވަރުކުރެވޭނެ ލިޔުމެއް ހިފައިގެން ކައުންސިލް އިދާރާއަށް ދިއުމަށް އެ އިއުލާނުގައި ބުންޏެވެ.
އުލިގަމު ކައުންސިލުން ބުނީ ކަދުރު ދޫކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، މީހުން ދިރިއުޅޭ ގޭގޭގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއްގެ މަގުން، 13 ޕެކެޓް ކަދުރު ހުސްވަންދެން ކަމަށެވެ.
ސަރުކާރުން ވަނީ އެ ރަށަށް ބެހުމަށް ޖުމްލަ 18 ޕެކެޓު ކަދުރު ފޮނުވައިފަ އެވެ.
ސައުދީން ވަނީ މި އަހަރު ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މާލެ ސަރަހައްދުގެ 46،251 ގެއަކަށް 11،375 ޕެކެޓުގެ ކަދުރު ވަނީ ދޫކޮށްފަ އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކަށް ވަނީ 56،461 ގޭބިސީއަށް ވާ 10،788 ޕެކެޓު ބަހަން ދޫކޮށްފަ އެވެ.
ރާއްޖެއަށް މި ފަހަރު ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުލި
10 February 2025
މި ޚަބަރެއް ވެސް ނޫން. 13 ޕެކެޓުން މުޅި ރަށަށް ފުދޭ. ދެން އިތުރަކަށް ނުގެންދާނެއް ނު.
އަސްމާ އިބްރާހީމް
10 February 2025
އުލިގަމުގައި ކަދުރު ގެންދާނެ ބަޔަކު ނުވެގެން ދެވަނަ ފަހަރަށް އިއުލާންކޮށްފި؟ ހެޑްލައިން އަކާ، މަޢުލޫމާތު ބައިގައި އޮތް އެއްޗެއް ދިމާވާ ހެނެއް ހީއެއް ނުވޭ.! ގެންދާނެ ބަުޔަކު ނުވުމަކީ އެއްވެސް މީހަކު ނުގެންދިއުން ކަންނޭނގޭ. 05 ޕެކެޓް ވިޔަސް ގެންގޮސްފަ އޮތީ. އެހެންވީމާ ހެޑްލައިން އެހާ ރަނގަޅު ކަމަކަށް ޤަބޫލެއް ނުކުރެވޭ
ކަދުރު
10 February 2025
ފޮނި ބައެއް އުޅޭ ރަށެއް ތި. ދެން ރަށެއް ނަމަވެސް ރަނގަޅެއް އަދި
ހިސްނުހީނާ
10 February 2025
ތި 13 ޕެކެޓު ޖެހިގެން އޮތް ރަށަށް ފޮނުވާލަންވީނުން؟
އޅު3
10 February 2025
5 ޕެކެޓު ތިޔޮތީ ގެންގޮސްފައެއްނު!
ޞޯދާ
10 February 2025
ހިންނަވަރަށް ފޮނުވާލާ، މިރަސުގަ އަދި ކަދުރެއް ނުބަހާ ގެއަކަށް ޕެކެޓެއްލިބުނަސް ރަނގަޅު
އަަދަނާ
10 February 2025
ރަށު ރައްޔިތުން ކަދުރަށް އަހުލުވެރި ކުރުމަށް ސައުދީން ކަހީނަކު ގެންނަވުން ވަރަަށް މުހިންމު.،
ކަދުރު
09 February 2025
ފޮނުވީ އެއް ނޫން މިނިސްޓްރީ އަށް ކައުންސިލުން މީހަކު ފޮނުވައިގެން ނެގީ، ރަށަށް ގެންދަން ނާލުވެސް ޕިކަޕް ކުލި ވެސް ކައުންސިލުން ދައްކަންޖެހެނީ!
ފުރޭތަ1
09 February 2025
13 ކަދުރު ޕެކެޓު ބަހާވަރަށް މީހުން އުޅުނަސް މިލިއަން ރުފިޔާގެ ޓާފު ދަނޑު ހަދަންޖެހޭ
ޖަނާބު
10 February 2025
ކަލެއާ ކޮން ބެހޭ ކަމެއް.
ނޭނގުނޭ
09 February 2025
ޚަބަރު ފުރިހަމަ ނޫންވީމައި ބުނާނެ އެއްޗެއް ނޭނގިފައި މިހުންނަނީ. އާބާދީގައި 400 ވިއަސް، އުލިގަމުގައި ހުންނަނީ މީހުން އުޅޭ ކިތައް ގެ ތަ؟ އަދި ތިޔަ 18 ކަދުރު ޕެކެޓްއަކީ ކިތައް ކިލޯގެ ޕެކެޓްތަކެއްތަ؟ ގެއަކަށް ޕެކެޓްއެއްތަ ދޭ ގޮތަށް އޮތީ؟
ބަޒު
10 February 2025
އިސްލާމިކް މިނިސްޓްރީ މީހުންނަށް އެނގޭ އުލިގަމު މީހުން ކަދުރު ބޭނުން ނުވާނެކަން. ހުރިހާ ރަށަކަށްވެސް ފޮނުވަން ޖެހޭތީ އުލިގަމަށްވެސް ފޮނުވީ
މިހާލި
09 February 2025
13 ޕެކެޓް ކަދުރު ނުގެންގޮސްގެން ހަބަރައް އަރަންވީ ސަބަބެއް ނެތް