ވިނަރެސް ފްލެޓްތައް: އެއް އެޕާޓްމެންޓް ވިއްކުން ވަނީ ހުއްޓުވާފައި - ފޮޓޯ: މިހާރު
10 ފެބުރުއަރީ 2025 - 10:57
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ އެއް އެޕާޓްމެންޓް ވިއްކުމާއި ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ކުރުން ވަގުތީ ގޮތުން ހައި ކޯޓުން ހުއްޓުވައިފި އެވެ.
ސީލައިފް ފްލެޓްތަކަށް ފައިސާ ދައްކައިގެން ލަނޑު ލިބުނު މީހުންނަށް ވިނަރެސް ފްލެޓް ހަމަޖައްސައި ދޭން އެޗްޑީސީން ނިންމާފައިވާއިރު، ސީލައިފްގެ ދެ އެޕާޓްމެންޓަކަށް ފައިސާ ދެއްކި މީހަކު އޭގެ ބަދަލުގައި ވިނަރެސް ދެ އެޕާޓްމެންޓް ހޯދަން އެދުމުން އެޗްޑީސީން އެ މީހާ އަށް ދީފައިވަނީ އެންމެ އެޕާޓްމެންޓެކެވެ.
ދެވަނަ އެޕާޓްމެންޓެއް ދޫކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެޗްޑީސީން ގަބޫލުކުރެ އެވެ. އެހެންވެ، އެ މީހާ ވަނީ ވިނަރެސް އިން އެ އެޕާޓްމެންޓް ހޯދަން އެދި ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.
ނަމަވެސް، އެ ކޯޓުން ކަނޑައެޅީ އެ އެޕާޓްމެންޓް ދޭން ޖެހޭ ކަން ސާބިތު ނުވާ ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، ވިނަރެސްގެ އެއް އެޕާޓްމެންޓްއާ ގުޅޭ މުއާމަލާތްތައް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ މީހާ އެދުނީ އެވެ.
ހައި ކޯޓުން އިއްޔެ ވަނީ އެ ވަގުތީ އަމުރު ނެރެދީފަ އެވެ. އަމުރުގައި އެންގީ މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ވިނަރެސްގެ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ތެރެއިން އެއް އެޕާޓްމެންޓް އެއްވެސް ފަރާތަކަށް ވިއްކުމާއި ދިނުމާއި ވިއްކަން ހުށަހެޅުމާއި އަދި އެ ނޫން ވެސް ގޮތަކަށް މިލްކުވެރިކަން ބަދަލުނުކުރުމަށެވެ.
ހައި ކޯޓުން މި އަމުރު ނެރުނުއިރު، އެޗްޑީސީން ކޯޓުގައި ބުނެފައިވާ ގޮތުގައި ވިނަރެސް އެޕާޓްމެންޓްތަކުގެ ތެރޭގައި ބާކީ އެޕާޓްމެންޓެއް މިހާރަކު ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
12 February 2025
ބާކީ ހުރި ފްލެޓްތައް ޕާޓީ މީހުނަށް ދިނީ، ރުފިޔާ ދެއްކި ބައެއްމީހުން ހިޔާ ފްލެޓާ ލައިޖައްސާފަ، ފައިސާ ދެއްކީމަ، ވިނަރެސް ހުސްވެފައޭ ހިޔާ ފްލެޓް ބާކީ އެބަހުއްޓޭކިޔާފަ މީހުން އުޅެފަ ހުސްކޮށްފަ ހުންނަތަންތަން ދެނީ، ވިސްނާލާއިރު ނިއެނގުނީ މިހަދާ މަކަރު
ބަކުރުބޭ
11 February 2025
ހުރިހާ ތަނެއް ބަހާ ހުސްކުރިގޮތެއްވެސް އޭސީީސީން ވެސް ބަލަން ޖެހޭނެ. ސީލައިފުން ފުލެޓް ގަންނަން ފައިސާ ދެއްކިކަމަށް ބުނާ މީހުން ހުށަހަޅާފައިވާ ޑޮކިއުމަންޓް ތަކަކީވެސް ރަނގަޅު އެއްޗެއްތޯ ބަލަަންޖެހޭނެ.
ާސައްޙާފް
10 February 2025
އެޗްޑީސީން ކޯޓުގައި ބުނެފައިވާ ގޮތުގައި ވިނަރެސް އެޕާޓްމެންޓްތަކުގެ ތެރޭގައި ބާކީ އެޕާޓްމެންޓެއް މިހާރަކު ނެތެވެ.!! ވަގުތުން އޭސީސީ ވަންނަންޖެހޭ! މިސަރުކާރު ފެށުނުއިރު ސީލައިފަށް ވަނީ ބަދަލު ނިމިފަ. ވިނަރެސްގެ 124 ފްލެޓް ބާކީ ހުުރި. އެ ފެލްޓްތައް އެޗްޑީސީން ދިނީ ކާކަށް، ކޮން އުސޫލަކުން، ކޮންތާކު އިއުލާނުކޮށްގެންތޯ ބަލަންއެބަޖެހޭ
އޮނަރަބްލް އަފީފު ދީދީ
10 February 2025
ސަރުކާރުހިންގާ ޕާޓީއަށްދީފައިވާ މަޖިލިސް ސްޕަރމެޖޯރިޓީ ބޭނުންކޮށް މިޤައުމުގައި އޮތް ގޯތި ގެދޮރާއި ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލު ކުރުމަށާއި، ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމްތަކުން ވައްކަންކުރުން ހުއްޓުވާ "މިފަދަ ސްކީމްތަކަށް ދޮގުމައުލޫމާތުދީ އެފަދަކަމަކަށް އެހީތެރިވާ މީހުނަށް" ޤާނޫނީ އަދަބުދެވޭގޮތަށާއި، ސޯޝަލް ހައުސިންގ ސްކީމް ފުލެޓްތަކަށް ފައިސާނުދައްކާ ނަމަ، އެތަންތަން ދައުލަތަށް ނަގާންޖެހޭގޮތަށް ޤާނޫނު އިސްލާޙް ކުރާކަށް އަދިވެސް ނުވޭތޯ؟
އޮނަރަބްލް އަފީފު ދީދީ
10 February 2025
މިކަންކަމަށް ބޭނުންވާ ޤާނޫނީ ފަރުވާހޯދޭނީ ކޮންމެ ދިވެއްސަކުވެސް ހޯދާ ފުރަތަމަ ބިމާއިފުލެޓް ޓެކްސް ފްރީކޮށް އޭނާ މިލްކުކުރާ ދެވަނަ ބިމާއިފުލެޓުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއިބިމުން %100 ދައުލަތަށް ނަގާން ހަމަޖައްސާ ސޯޝަލް ހައުސިންގ ސްކީމް ފުލެޓް ހޯދަން ސޮގުމައުލޫމާތު ދިނުމާއި އެފަދަ ކަންކަން ކުރުމަކީ ޖިނާޢީ ކުށެއްކަމަށް ކަޑައަޅައި ގޯތި ގެދޮރާއި ބިމާއި ބެހޭ ޤާނޫނަށް މިދެންނެވި އިސްލާޙްތައް ގެނެސް އަދި ޕްރޮޕަޓީ ޤާނޫނެއް ގެނެސްގެން.
އިބްރާހިމް މާލެ
10 February 2025
އެނގޭތީ މި ބުނަނީ އަދިވެސް އެބަ ހުރި ނުދީ ހުރި ފްލެޓް،ވަގަށް ވިކަންވެސް އެބަ ވިއްކާ،އަޑި އަޑީގަ ތިބެގެން،އެޗްޑީސީ އުވާލާ
ހައިކަލްލް
10 February 2025
ހުސް ވިނަރެސްތައް ކޮބާ؟ އެޗްޑީސީގެ މައްސަލަ ބަލަން ޖެހޭ
ކަތްދައްތަ
10 February 2025
އައްމަޓީ ލައްވާ ބޮޑު ޕްރޮޖެކްޓެއް ހިލަންފަށައި ރައްޔިތުންގެ އަތުން އެތައް މިލިޔަނެއް ކޭބަޔަކު ކެއުމަށްފަހު އޭގެ ޒިންމާ ރައްޔިތުން އުހުލާންޖެހޭ ގޮތަށް ނިޡާމް ބައްޓަން ކޮށްފައި މި އޮތް ގޮތް ކިހާ ސަޅިތޯ؟ މީގެ ކިތައްކިތައް ކަންތައްތޯ މިހެން އެއްވާމަކަށް މިހިގަނީ: ބޯހިޔާވަހިކަމުން ގޮސް ހައްޖާއުމްރާއަށްވެސް ޖެހިފަ އޮތީ މިދަތުރު. ކާބަޔަކު ކޭ މަ ދައުލަތުން ހަވާލުވެ ރައްޔިތުންގެ ފައިސާއިން ކޭ ތަން މިބައްދަނީ. މިނޫން ގައުމަކުން މިފަދަ ނިޒާމެއް ދުށީމުތަ؟
މާކޮސް
10 February 2025
ބަޣާވާތުގެ އަސަރުގަޑު
ތަކުރު...
10 February 2025
އެއްވެސް އެޕާޓްމެންޓެއް ބާކީ ނެތޭ؟ އެހެންވީމާ ކުރިން އޮންލައިންކޮށް ވިއްކަން ހުޅުވާލާފަ ވިއްކުން ހުއްޓާލި ފްލެޓްތަކަށް ކިހިނެއްވީ؟ ގައިމުވެސް އެ ފްލެޓްތައް އަލުން ވިއްކަން އެޗްޑީސީން އިއުލާނެެއް ނުކުރޭ.
ރަޖްނީކާންތު
10 February 2025
ކޮބާ ޕޮލިސް މީހާ އަށް ދިން ފުލެޓް