ކޯރާޑިން ޖަހައި ފިލި ދެ މީހުން.
10 ފެބުރުއަރީ 2025 - 12:07
ހުޅުމާލޭ ރެހެންދި ޓާފް ދަނޑު ކައިރީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށްފަހު، ފިލަން މާލެ ދަނިކޮށް ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލާގައި ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ ގދ. ފިޔޯރީއަށް ނިސްބަތްވާ 25 އަހަރުގެ ރުސްތުމް އިބްރާހިމާއި ބ. ގޮއިދޫއަށް ނިސްބަތްވާ، 19 އަހަރުގެ ސައިފުﷲ ފައިސަލެވެ.
އެ މައްސަލާގައި ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ރުސްތުމްގެ ބަންދަށް ތިން ދުވަސް ދީފައިވާ ކަމަށެވެ. އަދި ސައިފުﷲ ބަންދުކުރީ ތަހުގީގާއި ޝަރީއަތް ނިމެންދެން ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑު ކައިރީގައި މީހަކު މަޑުކޮށްގެން ހުއްޓާ، އެ މީހާއަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:35 ހާއިރު ރިޕޯޓުކުރި އެ މައްސަލާގައި ދެ މީހުން ހައްޔަރުކުރީ ފިލަން މާލެ ދަނިކޮށް ހައިވޭއިންނެވެ. އެމީހުން ހައްޔަރުކުރި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރާ ސާމާނު ވެސް ފެނުނެވެ. އޭގެ ތެރޭގައި ވަޅިއެއް ވެސް އޮތެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން، މާރާމާރީ ހިންގީ ކޯރާޑިއެއް ބޭނުންކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.
ދާދިފަހުން މާލޭ ސަރަހައްދުގައި ވަނީ މާރާމާރީތައް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެ 19 އަހަރެވެ!
10 February 2025
ހާދަ ހިތާމަ ހުރިކަމެކެވެ. ދަރިންނޭ! ތިމާގެ އަތުން މީހެއްގެ ފުރާނަ ނުދިއުމަކީ ތިކުދިންނަށް ﷲ ދެއްވެވި 2 ވަނަ ފުރުޞަތެވެ. އެކަމަށްޓަކައި ﷲ އަށް ޙަމްދުކޮށް ތައުބާވެ އިޞްލާޙްވާށެވެ! ދުޢާ އަކީ ތިކުދިންނަށް ﷲ ހެޔޮވިސްނުން މިންވަރު ކުރައްވައި ތިކުދިންގެ ދެދުނިޔެ ބާއްޖަވެރި ކުރެއްވުމެވެ! އާމީން
ޕޯޓަބަލް
10 February 2025
އަނިޔާވެރިންނަށް ހަމްދަރުދީ ވާކަށް ނުޖެހޭނެ! ތިމީހުން ޖަލުގަ ބާއްވާ!
ޑަކު
10 February 2025
ސައިފުﷲ މެން ދެން އުޅޭ ފާޑެއް.
އަހުމަދުބޭ
10 February 2025
މިފަދަ ފަރާތްތަށް ދާއިމަށް ހައްޔަރުގައި ބައިތިއްބޭނެ ގާނޫނެއް ހަދައިގެން ވެސް ރައްޔިތުންނަށް ބިރުވެރިކަމަކާނުލައި އުޅެވޭނެ މާހައުލެއް ހޯދައިދޭކައް ނުވޭތޯ؟ މިއަދުގެ ހާލަތަކީ ކުއްވެރިން ވަރުގަދަވެ ދައުލަތާ މުއައްސަސާތަށް ކުއްވެރިންގެ ދަށުވެ ގައުމުގެ އަމަންއަމާންކަން މިވަނީ ގެއްލިފައި، މިއީތޯ މިކިޔާ ޑިމޮކްރަސީއަކީ ؟
ޏަނާ
10 February 2025
ޖަލުގައި އުމުރު ދުވަހު ބޭއްވުމަކީ އަދި ޙައްލެއް ނޫން! މައްސަލަތަށް ފެށިގެން އަންނަ ހިސާބު (ރޫޓް ކޯސް) ނައްތާލައިގެން ނޫނިއްޔާ އިންސާފެއް ޤާއިމެއް ނުކުރެވޭނެ!
ުސުކުނުން
10 February 2025
ކިހާ ބޮޑުވެއްޖެ އުދަގުލެއް މީ. ކޯރާޑިން ހަމަލަދޭން އަމިއްލަ ރަށަށް ދޭބަލަ.