މާރާމާރީއަކަށް ފަހު ފިލަން މާލެ ދަނިކޮށް ވަނީ ދެ މީހަކު ހައްޔަރުކޮށްފައި.
09 ފެބުރުއަރީ 2025 - 10:37
ހުޅުމާލެ ރެހެންދި ޓާފް ދަނޑު ކައިރީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު، ފިލަން މާލެ ދަނިކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ފުލުހުން ބުނީ އެކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 11:35 ހާއިރު ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގައި ހަމަލާދީފައި ވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލަން ހައިވޭ އިން މާލެ ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ގދ. ފިޔޯރީއަށް ނިސްބަތްވާ 25 އަހަރުގެ ރުސްތުމް އިބްރާހިމާއި ބ. ގޮއިދޫއަށް ނިސްބަތްވާ، 19 އަހަރުގެ ސައިފުﷲ ފައިސަލެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހަތިޔާރު ފެނުނެވެ. އޭގެ ތެރޭގައި ވަޅިއެއް ވެސް އޮތެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މިފަހުން މާލޭގައި ވަނީ މާރާމާރީތައް އިތުރުވެފަ އެވެ. މިދިޔަ ހަފްތާގައި ވަނީ އައިޖީއެމްއެޗް ކައިރީ މަގުމަތީ ހުރި މީހެއްގެ ބޮލުގައި ވެސް މަރުތޭލަކުން ޖަހައި ޒަހަމްކޮށްލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
09 February 2025
ޢެވެރިން ރަށަށް ފޮނުވާލަބަލަ، ކުޑަސިޓީ ހައްދައިގެން ނޫނި، އަތޮޅު ތަކުން މީހުން އަޔަ ނުދީބަލަ. މާލެ މީހުނަށް މި ބައިގަޑާ ހެދި އަމާން ދިރިއުޅުމެއްނުލިބޭ، މާލެއިން ބިންކޮޅު ދޫކޮށް ހުޅުމާލެ މި އައީ މިހާރު މިޓާފް ދަނޑަކީ ބިރެއް ފަދަ
ނޯވަންމީ
09 February 2025
ރެހެންދީ ޓާރފް ދަނޑަކީ މިހިސާބުގެ ރައްޔިތުންނަށް ޖެހިފަ އޮތް ބަލާވެރިކަމެއް.
ފުލުސްޓާފް
11 February 2025
ޓާފްދަނޑު ފުލުހުން ދަންނަތަނަކަށް ނުވާތީ އެތަން ބަލާކަށް ނޭގޭނެތާ ދޯ !
އިބްރާ1
09 February 2025
ތިޔަ ރެހެންދި ޓާރފް ދަނޑަކީ އެސަރަހައްދުހަ ދިރިއުޅޭމީހުނަށާއި އަދި އެދަނޑާ އިނވެގެން ހުން ނަ މިސްކިތަށް ޖެހިފަ އޮތް މުސީބާތަކަށް ވެއްޖެ. މިމުސޯބާތުންނސަލާމަތް ވާނެ ގޮތެއް ހޯދަން ވެއްޖެ. ތިތަނަކީ އެސަރަހައްދުގެ މީހުން ނުކިމެ ހިތްހަމަޖައްސާލުމަށްޓަކާޕާކެއް ހަދަން ހަމޖެހިފަ އޮތް ބިމެއް.
މުޑަހަންޖާ
09 February 2025
މިދިޔަ ހަފްތާގައި މަރުތޭލައަކުން މީހެއްގެ ބޮލުގައި ޖެހިހަބަރުގެ ކޮމެންޓުބައިގައި އަހަރެމެން ބުނަންވާއެތި އޮންނާނީ ބުނެފައި. އިތުރަށް ބުނާކަށް ވަކިއެއްޗެއްނެތް.
ބީރައްޓެހި
10 February 2025
ހުރިހާ ކަމެއް ހުއްޓާފަ ތިކޮމެންޓް ހޯދާކަށެއްނު މިޖެހުނީ..
އައްޔަ
09 February 2025
މިހާރު ފާޱެއްގެ ފުޓްސަލް މުބާރާތެއް ނުކުޅޭއިރެއް ނާދޭ މިމީހުނައް ސަޕޯޓް ކުރާށޭ ކިޔާފަ މުޅި މާލެ ފުރާލާފަ މީގެތެރޭގަ ތިބުނާ އުމުރުކުދިން ޖަރީމާތައް ހިންގުން ގިނަވެއްޖެ ބަލާލާއިރު ކޮންމެސް ރަށަކައް ނިސްބަތްވާ ކުދިންނައްވަނީ މި ފުޓްސަލް މެޗްތައްވެސް ބާއްވަންވީ އެމީހެއްގެ ރަށުގަ ފައިނަލް މެޗް ތިލަފުށީކަހަލަ ތަނެއްގަ ބާއްވަންވީ ކަނޱުމަގުން ދެވޭކަހަލަ ތަނެއްގަ އޭރުން މާލެތެރެ ހުޅުމާލެތެރެ އަމާންވާނެ
އަހުސަން ފަލީ
09 February 2025
އަޅުގަޑު އެދެނީ ކުޑަސިޓީ އަލުން އިއާދަކޮށްދެއްވާނެ ވެރިއަކު ރާއްޖެގެ ވެރިކަމަށް އައުން. ޕްލީސް
މުޑަހަންޖާ
09 February 2025
7 ފެބްރުއަރީ ބަގާވާތާއި، އެމްއެމްޕީއާރުސީ 4 ބިލިއަނު ވައްކަމާއި، އެއާމޯލްޑިވްސް ދަވާލުމާއި، އެފްޕީއައިޑީ ދަވާލުމާއި، ބަދަލުދިނުމުގެ ގޭސްގަނޑާއި، ހުޅުމާލޭ ބިންބިމުގެ ގޭސްގަނޑާއި މިކަންކަމުގަ ތިބީ ކުޑަސިޓީ ހައްދަންޖެހޭ ބައެއްތޯ ބަލާއިރު ތިކަމަށް އަހަރެމެންގެ ތާއީދެއްނެތް. އަދި އެއަށްވުރެ ކުރިއަށްޖެހިލާއިރު އަމުދުން ރަންނަމާރިއޭ ކިއާގެން ތިޔަ ކުޑަސިޓީ ރަށްފުޅު ބަޔަކު އެހިންގި ޖަރީމާގެ ވާހަކަ ދައްކާކަށް އަހަރެމެން ނެތީމު.
އައްޕަ
09 February 2025
ނަސީބެއް ކޯރާޑިން ޖަހައިގެން އޭނާ ޤަތުލުނުވިކަން.
އަހައްމަދޫ
09 February 2025
ނަސީބެއްނު ކުޑަކުޑަ 2 ކުދީން ނޫންކަން. އެހެންވިނަމަ އެއްވެސް ކުށެއް ކުރިކަމަކަށް ނުވާނެ. މިޙާރުވެސްނޭންގެ މިނުރައްކާތެރި މީހުންގެ މައްޗައް ސާބިތުވާނޭކަމަކަށް
ފައްކާ
09 February 2025
ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގައި ހަމަލާދީފައި ވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބެ އެވެ. ފުލުހުންނަށް މައުލޫމާތު ދެނީ ނުވަތަ ފުލުހުން މައުލޫމާތު ހޯދަނީ އަދި އެހެން ބައެއްގެ ފަރާތުންދޯ؟
ހައިރާންކަން
09 February 2025
ރައްޔިތުންގެ ފަރާތުން ބައެއް ފަހަރު ލިބޭ އެއްބާރުލުން ވަރަށް ކުޑަ. ބައެއް ފަހަރަށް އަމިއްލަ މީހާގެ ގަދަކަން ދައްކަން މަގުމަތީގައި ޖަހާފައި ހުންނަ ޓްރެފިކް ކޯނުތައް ދުރުކޮށްލުމަށްފަހު، އެމީހުންގެ އަމިއްލަ ވެހިކަލްތައް އެބަ ވައްދާ ބަންދުކޮށްފައި އޮންނަ މަގަށް. މިކަހަލަ ކަންތައް ވަރަށް ސިމްޕަލްކަންތައް ކަމަށް ދެކުނަސް މިއީ ގާނޫނަށް ކުޅުޖެހުން ފަދަ ކަންތައް. މިކަމުގެ ސަބަބުން އެތަށް އުނދަގޫތަކެއްވޭ.
އއ ދޮގޭ
09 February 2025
އަސްލު ގާނޫނު ތަންފީޒު ނުކުރެވޭތީ ވާގޮތް މީ.
އަލްޖިބްރރާ
09 February 2025
އޯކޭވާނެ. އެއްކަލަ ގަރާޖުސިޓީ ލައިގެން ވެހިކަލް ރަޖިސްޓްރީވުމަށްފަހު ދެން ކޮންމެތާކު ވެހިކަލް ބޭއްވުމުގެ ހުއްދަ އެ ލިބުނީ. އަނެއްހެން ގަރާޖު ސިޓީއަކީ ނަމެއްގަ އޮންނަ ކަރުދާސްގަނޑެއް. ގަރާޖު ސިޓީއިން ހާދަ ބަޔަކު މުއްސަނދިވެޔޭ. ތިވާހަކަ ނުދައްކާ ތިބޭޅާވެސް ގަރާޖުސިޓީއެއް ވިއްކާލަބަލަ ކޮންމެ މަހަކުވެސް. ހަބޭސް އިންކަމް