ރަށެއްގައި ފުލުހުން އޮޕަރޭޝަނެއް ހިންގަނީ: ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައި
11 ފެބުރުއަރީ 2025 - 13:15
އައްޑޫ ސިޓީގެ ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ، މިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ދިޔަ ފުލުހުންނަށް އެތަނުން ބަޔަކު ނިކުމެގެން ފިލަން ދުވަނިކޮށް ފެނުނު ކަމަށެވެ.
އެހެންވެ، އިތުރަށް އެކަން ބަލަންދިޔައިރު އެތަނުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، އޭނާގެ ބޮލުން ބައެއް ބާލައި، އަނިޔާ ކޮށްފައި ހުއްޓާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އަނިޔާ ކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ މައްސަލައާ ގުޅިގެން ކުށުގެ ވެށިން 4 މީހަކާއި 15 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު އެ މީހާ ރަހީނުކޮށް، އަނިޔާކުރި ސަބަބެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުވަކޭ
11 February 2025
ހޯމް މިނިސްޓަރު ބެކްޔާޑު ކްލީނިން ވަރަށް ސުލޯ.
އުންމު އަފީފް
11 February 2025
އޮނަރަބަލް ކުދިންކޮޅަކަށް ތިޔަ ވާނީ.
އޮނަރަބަލް
11 February 2025
އައްޑޫއޯކޭ އެކުދިންއެއީ ބަލިކުދިންކޮޅެއް، ތީ މާލޭބޭފުޅުން އައްޑޫގެ އަގުވައްޓާލަންވެގެން ދައްކާވާހަކައެއް.
ިޕިއްޒާ ޕާޓީ
11 February 2025
ކޮބާ ހޯމް މިނިސްޓަރު؟؟ އަމިއްލަ އަތޮޅުން ޑުރަގާ ގޭންގު ހުއްޓުވުން ނެތީ ދޮގެ؟؟؟
ފޮނިފޮނިޓައްޕު ކުމާރު
11 February 2025
ޕާޓީއަށް މީހުންގެ ފޯމުތައް ފުރިއަސް ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫއަރައިގެންގޮސްނުވާނެ. ރައްޔިތުން ފަސްޓު ޕޮލިސީ އޮންނަންވާނީ. ފޯމުފުރުން ސެކަންޑް ޕޮލިސީ. އިންޑިޔާ ތާޑް. މިގޮތަށް ތަރުތީބުވެފާ އޮންނަންވާނީ. އެކަމަކު އެއާ ދިމާ އިދިކޮޅަށް ކަންހިނގަނީ.
ފޭދޫ އިބުރާ
11 February 2025
ތިޔަ ހިތަދޫ އިން އަދި ވެސް ވަކަރުގޭ ދަރިން ހުސްނުވޭއުތަ
ހިތަދޫ ޗޯޓޭ
11 February 2025
ދެ ލޯފުޅާ އިތުރުވަނީ!! އެކަމަކު ރޯދަ އަށް ހުސް ކުރެވޭތޯ މިބަލަނީ، ރޭ ގައި 5 އެތި ގެން ގޮސްފި
ތުނޑުހަސަނު
11 February 2025
ތިޔަ ކުޑަކުއްޖާގެ މައިބަފައިން ބުނާނެ އެއީ މައުސޫމު ކުއްޖެކޭ. ތިޔަކަހަލަ ކަންކަން ކުރާނެ ކުއްޖެއްނޫނޭ އޭނާ ދޫކޮށްލާށޭ. އިދިކޮޅިޕާޓީން މިޒާހަރާކޮށް ޕެޓިޝަން ހަދައި ސިޔާސީ ފައިދާނަގަން ވެސް އުޅޭނެ. އަނެއްކޮޅުން މިމީހުންނާ ގުޅިފައިހުރި ސިޔާސީ ބާރުވެރިއެއް މިމީހުން ދޫކޮޮށްލަން މަސައްކަތްކުރާނެ. އެމީހުން ކޯޓަަށް ވެސް އަތްބާނާނެ. އިޚްލާޞްތެރިކަމުގެ ކަންފުޅެއް ވެސް މިހާރުގެ ސިޔާސީންގެ ނެތް. ޤައުމު ހަލާކު ވެއްޖެ.
ހަމަހޭ1
11 February 2025
މަ ވޯޓްނުދެން އެކަކަށްވެސް، ދެންވެސް ނުދޭނަން. ސިޔާސީމީހުން އިދިކޮޅުގަ އޮންނަ އިރު ރައްޔިތުން، ވެރިކަން ލިބުނީމަ ތިމާގެ ޖީބު ފުރުން. ވަކި ޕާޓީއެއްނޫން ހުރިހާ ޕާޓީގެ ސިޔާސަތު.
ސިބާ
11 February 2025
ތިޔަ ބަޔަކަށް އެއްވެސް ކަމެއް ނުވާނެއެވެ. މިހާރު ތިޔަ ބަޔަކު ތިބޭނީ ދޫކޮށްލާފައެވެ. ކުއްވެރިންނަށް މިޤައުމުގައި ފަހި މާހައުލެއް އޮތީ ސިޔާސީމީހުންނާއި އޮންނަ ގުޅުމުގެ ތެރެއިންނެވެ.