މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދާފައިވާ މައްސަލާގައި ހައްޔަރުކުރި މުހައްމަދު ޒަމީރާއި ޝަހުމީން ރަޝީދު-- ފޮޓޯ: ޕޮލިސް
09 އޮކްޓޯބަރ 2025 - 10:52
ފައިސާ ހޯދަން މީހަކު ރަހީނުކޮށް، ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯ ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހު މީހަކު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ހއ. ފިއްލަދޫ ސީރީންމަންޒިލް، މުހައްމަދު ޒަމީރާއި ގދ. ނަޑެއްލާ ހިތަށްފިނިވާގޭ ޝަހުމީން ރަޝީދެވެ.
އެ މީހުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ހުޅުމާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނު ކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި އަދި އެ މީހާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ އަތުލުމަށްފަހު އިތުރަށް ފައިސާ ހޯދަން އުޅޭކަމުގެ ތުހުމަތުގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަހުމީން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އަދި ޒަމީރުގެ ބަންދަށް ދީފައިވަނީ 10 ދުވަހެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރީމު
09 October 2025
ޒުވާނުން ރަނގަޅު ބިނާކުރަނިވި ޒިއްމާދާރު ބަޔަކަށް ވާނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ބާރު ހޯދަން އަންބާކިޔާ ގޮތަށް ތަރުބިއްޔަތާއި މީހުން ބިނާކުރުމަށް އެމިންވަރަށް އިސްކަން ދެވިގެން. ޒުވާން ޖީލު ކުށުގެ ވެށިން ސަލާމަތްވެ ހަރުދަނާބަޔަކަށް ވުމުގެ ތައުފީގު ދެއްވާށި. އާމީން
އަދާހަމަ
09 October 2025
އެކި މީހުންނަށް އެކި ގޮތް ނަހަދަބަލަ. އެއް ކުށެއް ކުރިއަސް ފޮޓޯ ޢާއްމުކުރާ ބަޔަކާއި ނުކުރާ ބަޔަކު އެބައުޅޭ . އެހެން ނަހަދާށޭ.
އަންދަލުސިޔާ
09 October 2025
ދެރަކަަމަކީ 2 މީހުން ޝަރީޢަތް ނިމެންދެން ޖަލަށް ނުލީކަން!
އަރިވަރު
09 October 2025
މިއޮތީވާ ގައުމެއް. އެއް ބަޔަކު ބަރަހަނާވަނީ. އަނެއް ބަޔަކު މީހުން ބަރަހަނާ ކުރަނީ. އެއް ބަޔަކު ޚިޔާނާތްތެރިވަނީ. އަނެއް ބަޔަކު ފޭރިގަންނަނީ. ހެޔޮނުވާނެ. އިހުގައި އޮތްގޮތަށް ދުއްރައިން އަދަބުދޭގޮތަށް ގާނޫނުތައް ހަދައިދީބަލަ. ދިވެހިރައްޔިތުން މިހާރު މިތިބީ އިބްލީސް ވަސްވާސް ނުދީ ވާނެ ދަރަޖައަށް ވެއްޓިފައި.
ޑޮކް
09 October 2025
ތިއީ މުޅި ރާއްޖެ ށާމިލުވާގޮތައް ހިންގާފައޮތް އަމަލެއްނު؟ އުތުރާއި ދެކުނުގެ މީހުންވިއްޔާ ތިތިބީ
ޝާމިލު
09 October 2025
ށާމިލު އޯ. ކުޑަ އިރުއްސުރެ މި ކިޔަނީ ށަވިޔަނިން ފެށެނީ ށަވިޔަނި އެކަނިއޭ.
ކޮރަޕްޓަޑް
09 October 2025
ބޮޑެތި ޖަލު ހުކުމް އިއްވަން ޖެހޭ ކަންކަން މީ. ސަދޫމްގަ އަދުލު އިންސާފެއް ނުލިބޭނެ.