ޚަބަރު / ކިޑްނެޕްކުރުން

މާލޭ ގެއެއްގައި ރަހީނުކުރި ބަންގުލަދޭޝް މީހަކު ސަލާމަތްކޮށްފި

މީގެ ކުރިން މާލޭގެ މަގެއް މަތީގައި ފުލުހުން ފޯރި މަރަނީ: މާލޭގައި ރަހީނުކުރި ބަންގުލަދޭޝް މީހަކު ފުލުހުން ވަނީ ސަލާމަތްކޮށްފައި.-- ފޮޓޯ: މިހާރު

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބަންގްލަދޭޝްގެ ފިރިހެނަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.

ފުލުުހުން ބުނީ މާލޭގެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު 6:00 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ފުލުހުން އެތަނަށް ވަދެ އެ މީހާ އެތަނުން ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ސިއްހީ ހާލަތު ބަލަމުން އަންނަ ކަމަށެވެ.

އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

9 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 33%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުބޭ

03 July 2025

ރަހީނުކުރުން، މާރާމާރީ، މީހުންމެރުން، ޑުރަގް، ކޮރަޕްސަން، ޑާޓީ ޕޮލިޓިސަނުން، މިއީ މިގެނެވުނު ޑިމޮކްރަސީން އަޅުގަނޑުމެންނަށް ލިބެމުންދާ ކާމިޔާބު، މިކަންކަން ފަހިވާގޮތަށް މިގެނުވުނު ޤާނޫނު އަސާސީން ލިބިދޭ ބާރުތަށް ނުހަމަގޮތުގައި ބޭނުންކުރަމުންދާތަން މިފެންނަމުންދަނީ، ކުރެވޭނެ އަދި ހިންގޭނެ ގަނޫނެތް އޮތަސް އޮންނަނީ ހަބޮޅުކަންވާރުހެން އޮޅައިފާ، ޑިމޮކްރަސީއަށް އިދިކޮޅަށް ތެދުވާކަށް ނުވޭތޯ

The name is already taken The name is available. Register?

ކޮރަލް

03 July 2025

ރަހީނު ކުރީ ކީއްވެ!!! ޑޮލަރު މާރު ކޮށް ބޮޑު އަގުގަ ވިއްކުމުގަ ތިޔަ މީހުންނެވެ. ކުދި ކެފޭ ހޮޓާ ރެސްޓޯރަންޓް ހިންގިަނީ ތިޔަ މީހުންނެވެ. ދިވެއްސަކަށް ވަޒީފާ ނުދެ އެވެ. ހަށި ވިއްކާ ތަންތަން ހިންގަނީ ތިޔަ މީހުންނެވެ. ކޮންމެ ދިމާލެއްގަ ތިޔަ މީހުންނެވެ. ލޭބަރުންގެ ގޮތުގަ ގެންނަ އިރު ކުރަނީ އެހެން މަސައްކަތެކެވެ.

The name is already taken The name is available. Register?

ކަނބިލިބޯ

03 July 2025

ދިވެހީންގެ ރާއްޖެ. ލޮލް

The name is already taken The name is available. Register?

raajje

03 July 2025

ފުރަތަމަބަލަންޖެހޭނީ ތިޔަބަންގާޅީ ރާއްޖޭގައި ހުރީ ގަވައިދުންތޯ، ގަވައިދެއްގާނޫނެއްތަންފީޒުކުރެވޭތަނެއްނޫން، އެހެންގައުމުތަކުގައި މައްސަލައެއްގައި ބެދުނަސް، މަގުމަތިން ދަންވަރުފެނުނަސް އަދި އެކުސިޑެންޓެއްވެގެން އެޑުމިޓުކުރިޔަސް ފުރަތަމަބަލާނީ ގައުމަށްއެތެރެވެ، އުޅެމުންދަނީ ގަވައިދުންތޯ ނަގަންޖެހޭ ހުއްދަތައްނަގައިގެންތޯ!

The name is already taken The name is available. Register?

މހއމ

03 July 2025

ފުރަތަމަ ބަލާބަލަ އޭނަ ގެނައި މީހާ ހުރީ ގަވާއިދުގަ ތޯ؟ މުސާރަ ދޭ ތޯ. ކެއުމާ އެހެނިހެން ޒަރޫރަތްތައް ފުރިހަމަ ތޯ. އަދި އޭނަ ރަހީނުކޮށްފަ ހުރި އިރު ކުރީ ކޮން ކަމެއްތޯ.

The name is already taken The name is available. Register?

ގަބޯ

03 July 2025

ތި ގަވާއިދަށްވުރެ މުހިންމީ އިންސާނީ ކަރާމާތަށް އަރައިގަންނަ ބައެއް ހޯދުން.

The name is already taken The name is available. Register?

raajje

03 July 2025

މހއމ: ގެނައިމީހާ ގަވައިދުގަނެތިއްޔާ ބަންގާޅީޖެހޭނީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްގެން މައްސަލައަށް ހައްލެއްލިބޭތޯބަލަން، ގެނައިމީހާ ގަވައިދަށް އަމަލުނުކުރުމަކީ ނުވަތަ އެގުރިމެންޓާހިލާފުވުމަކީ ބަންގާޅީ މިތަނުގައި ފިލައިގެން ނުގަވައިދުންއުޅެން ލިބޭހުއްދައެއް ނުވަތަ ހުއްޖަތެއްނޫން!

The name is already taken The name is available. Register?

raajje

03 July 2025

ގަބޯ: ނޯ ފުރަތަމަގަވައިދު ސަބަބަކީ ގަވައިދުގެތެރޭން ތިޔަބުނާ ކަރާމާތެއްވީތަނެއްވެސްބެލޭނީ އޮތްތޯވެސްބެލޭނީ، ގެއްލިފައިވާނަމަހޯދޭނީ، ގަވައިދަށްއަމަލުނުކޮށް ކަރާމާތެއްނޯންނާނެ އެހެންނުން، ޖަޒުބާތުގާޖެހިގެން މޮޔަނުގޮވާ ؛)

The name is already taken The name is available. Register?

ބޮޑުގޮހޮޑާ

03 July 2025

ތި ނިމުނީ ދެން. މިވީހާ ތަނަށް ތިފަދަ މަދު ކޭސްއެއްގައި މެނުވީ ފުލުހުން ފުރިހަމަ މައުލޫމާތު އާންމުންނަށް ދީފައެއް ނުވެއެވެ. ގޮތް ނޭނގޭ މަރުތައް ގިނަވެ އެތައްއެތައް މައްސަލައެއް މި މުޖުތަމައުގައި އަށަގެންފިއެވެ. މިކަންކަން އެންމެ ފުނަށް ބެލުމުގެ ބާރާއި ވަސީލަތްތައް ޤާނޫނުން ކަށަވަރު ކޮށް ދީފައިވަނީ ފުލުހުންނަށެވެ. ފުލުހުންގެ ޒިންމާއަަކީ ހަމައެކަނި ކުށެއް ކުރީމާ ކުށްވެރިން ހޯދުމެއް ނޫނެވެ. ލިބުނު މައުލޫމާތު އާންމުންނަށް ބަރާބަރަށް ލިބިދޭން ޖެހެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454