11 ފެބުރުއަރީ 2025 - 20:47
ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތާ ގުޅިގެން، ހަރަދުތައް ކުޑަކުރަން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ހިމެނި އެއްވެސް ފިޔަވަޅެއް ތަންފީޒު ކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެއްވެސް ޕްލޭނެއް ނެތި ހަރަދުތައް ވެސް އިތުރުވެފައިވާ ކަމަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމުގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވި ގޮތުގައި، ސަބްސިޑީ އާއި އާސަންދަ އާއި ޕެންޝަން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުން ފަދަ ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ބަޖެޓުގައި ހިމަނައި، ސަރުކާރުން އިއުލާނުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އަހަރުގެ ދެވަނަ މަސް ނިމުމުގެ ކުރިން، ސަރުކާރުގެ ރާގު މުޅިން ބަދަލުވެ، ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ބަދަލުގައި، އެ ކަންކަމުގެ ހަރަދުތައް އަދިވެސް އިތުރުވާ ގޮތަށް، ރައްޔިތުންނަށް ވައުދުތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަޖެޓުގައި އެބައޮތް 7.7 ބިލިއަން ރުފިޔާ ހަރަދުތައް ކުޑަކޮށްގެން ސަލާމަތްވާނެ ކަމަށް ލަފާކޮށްފައި. ނަމަވެސް މި ފެންނަނީ ޖެނުއަރީ މަސް ނިމިގެންދާއިރު ހަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ވެސް ނެތް. މި 7.7 ބިލިއަން ރުފިޔާ ސޭވް ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" އަމީރު ތުހުމަތު ކުރެއްވި އެވެ.
މި މިސްރާބުގައި ކުރިއަށް ދާ ނަމަ، އޭނާ ލަފާކުރެއްވި ގޮތުގައި، އެ އަދަދު ފޫބެއްދުމަށްޓަކައި މި އަހަރު 7.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އަމީރު ވަނީ މާލީ އެކި ހިސާބުތައް ހިއްސާ ކުރައްވައި، ސަރުކާރުން ދެއްކި، އަދި ދައްކަމުންދާ ވާހަކަތަކާ އަމަލު ދިމާނުވާ ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ފެށި ތަރައްގީގެ މަޝްރޫއުއެއް އަދި ނެތަސް، ކޮންމެ ރަށަކަށް ތަފާތު އެކި ވައުދުތައް ދަނީ ވަމުންނެވެ.
އެކަމަކު، އެ އިން އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދާނެ އެއްވެސް ޕްލޭނެއް އަދި މިސްރާބެއް ވެސް މި ސަރުކާރުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަރައްގީގެ މަޝްރޫއުއެއް ހިންގޭނީ ބަޖެޓު ރަނގަޅަށް މެނޭޖުކުރެވިގެން،" މިހާރަށް ވުރެ ޒިންމާދާރުކޮށް މާލީ ކަންކަން ކުރިއަށް ގެންދަން ސަރުކާރަށް އިލްތިމާސް ކުރައްވަމުން އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދަރަނި ނެގުން ވެސް މި ސަރުކާރުގައި އިތުރުވެފައިވާ އިރު، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ބުނީ
12 February 2025
އެކޮއެ ދެން އަނގަނުތަޅާ މަޑުން ހުރެބަލަ. އަދިވެސް ހީވެލައްވަނީތޯ ތީ ފިނޭންސް މިނިސްޓަރ އޭ.
ހެޓީ
12 February 2025
އަމީރޫ. ތިބޭފުޅާ އަދިވެސް ދުނިޔޭގަ އެބަ އުޅެން ދޯ...... އެންމެ ޕްލޭން ކުރަން އިނގޭ ސޮރު ތީ. އެކަން ދައްކާލާއިފި ތިބޭފުޅާ ފިނޭންސް މިނިސްޓަރަކަށް ހުރި އިރު. ހަހަހަހަހަހަ. ތިބޭފުޅާ ކަހަލަ ދެތިން ހައެއްކަ މީހުން އަދި ބޭނުން ވަނީ. އޭރަށް ގައުމު އެއްކޮށް ހިންގައިގަންނާނެ
މުހައިމިންް
12 February 2025
ފަސް އަހަރު ނިމޭއިރު 500 ބިލިއަނޭ ނުބުނީ ކީއްވެ؟ 200 ބިލިއަނޯ. ކަލޭ ލަދެއް ނުގަނޭތަ ބިލިއަނޭ ކިޔާކަށް. މައުމޫން، އަންނި، ވަހީދު، ޔާމީން، މި އެންމެން އެއްކޮށްގެންވެސް އަރުވާފަ ހުރި ދަރަނީގެ ޑަބަލް ޓްރިޕަލް އިތުރުވެފަ ހުރީ ކަލޭމެން ވެރިކަމުގަ. މިވަރުގެ މީހުން ދަރަންޏޭ ނުކިޔާ
މޫސާ އަންވަރުު
12 February 2025
މިނިސްޓަރ އަމީރު ބަހެއް ނުބުނި ނަމަ މާ ތާހިރުވީސްއެއްނު. މިތާ ކޮމެންޓްތައް ކިޔާލުމުން އިނގިއްޖެ ރައްޔިތުން އަމީރު ދެކެ ނަފްރަތު ކުރާ މިންވަރު. ރައްޔިތުންނަށް ހެޔޮ އެދޭ މީހުންނާ ދިމާލަށް މިވަރަށް ވަގަކަށް ނުގޮވާނެ
ޝަރިއްޕެެ
12 February 2025
މި ގައުމަށް އައި އެންމެ ކަޑަ ފިނޭންސް މިނިސްޓަރު ހާދަހާވާ ކަންކަމެއް އިނގިގެނޭ މިއުޅެނީ. ލަފާކުރަން ތިބޭފުޅާ ތީ ކާކު؟ ތިވަރަށް ކަންކަން ލަފާ ކުރަން އިނގުނު ނަމަ ގައުމު ބިލިއަނުން ދަރުވާ ނުލީސް ފައްޔާޒާ އެކީ. އެއީ ދެން ހުރި މ. އެކޮނިމިކް މިނިސްޓަރަކަށް ހުރީ ޖީޑީޕީ ނޭގޭ މީހެއް. ފިނޭންސް މިނިސްޓަރަކަށް ހުރީ ލާރި ޗާޕު ކުރީމަ ވާނުވާ ނޭގޭ ވަރު މީހެއް. މިވަރުގެ މީހުން އަދިވެސް ވާހަކަ ދައްކަނީ ރައްޔިތުން މި މީހުން ބަލައިގަންނާނެ ކަމަށް؟
އިފޫ
12 February 2025
މާލީ ކަންކަން ތިވަރަށް އިނގޭ މީހާ ލާރި ޗާޕު ކުރާ މެޝިނެއް ގޭގަ ބަހައްޓައިން ލާރި ޗާޕު ކޮށްކޮށް ވާނުވާ ވެފަތަ ތިހުރީ؟ ކަލޭމެން ސަރުކާރުން ކަންކަމުގެ ހައްލަކީ ލާރި ޗާޕު ކުރުން ކަމުގަ ވިޔަސް އެހެން މީހުން ކަންކޮށް އުޅެނީ އެހެނެއް ނޫން
ފަސްމާލުންގެ ފަސް
12 February 2025
10.75 ޕަސެންޓުގައި ދަރަނި ނެގި (ސުކުކް ވިއްކި) މިނިސްޓަރު މިކިޔަނީ ކީކޭ؟ އަމީރު ފައްޔާޒު އިސްމާއިލް އިބޫ ސޯލިހު ރަނގަޅުވާނީ ޕޮލިޓިކްސް އިން ދުރުވެ އެމްޑީޕީ އާބަޔަކާއި ހަވާލު ކުރެއްވިއްޔާ. ޔޫ ހޭވް ނޯ މޯރަލް އޮތޯރިޓީ ޓު ޓޯކް އެބައުޓް ޕަބްލިކް ޑެޓް. ސާފު ވެއްޖެ ކަމަށް ހީކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ
އަޅި އަލި
12 February 2025
97 މިލިއަން ބޭނުންފުޅުވަނީ ހެންހީވަނީ ޕެނަޑޯލް ކާން!
ޒިނާޙް
12 February 2025
ވައުދުވެސް ވާނެ. ފުއްދަންވެސް ފުއްދާނެ. 2028 އިންތިހާބުވެސް ނަގާނެ. ކަލޭ ހަމަ ފެލިފެލި ހުރޭ
ބަކަރިސް
12 February 2025
ތިޔާއިދިކޮޅަށްވެސް ހިގާދާނެ ދޯ؟
އަޅި އަލީ
12 February 2025
ވައުިދުތައް ފުއްދިދާނެ އެކަމަކު ދެވަނަ ބުރެއް ދައުރެއް ދޭކަށެއް ނެތިން! ދޭކަހަލައެއް ނޫން!
ނިއުމާާ
12 February 2025
އަމީރު ވާނޭ ކަންކަމުގެ ވާހަކަ މިދައްކަނީ ކީތްވެތަ؟ ތިހެން ވިޔަސް ތިޔަކު ނެތް މައްސަލައެއް. ސަބަބަކީ ޗާޕުކޮށްގެނެއްނޫން ސަޕްލިމަންޓް ކުރާނީވެސް.