ރޭގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަތުމުން ޖޭއެސްސީގެ ރައީސް ރިޒާ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
12 ފެބުރުއަރީ 2025 - 09:37
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެކު، ޝަރުއީ ދާއިރާ އަށް ކުރިމަތިވެފައިވާ ނިކަމެތިކަން ނިންމުމަކަށް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހުސައިން ރިޒާ ރޭ ވިދާޅުވެއްޖެ އެވެ.
ގަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ވިދާޅުވީ، އޭނާ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުއިޒާ އެކު ބޭއްވި ބައްދަލުވުމުގައި، ޝަރުއީ ދާއިރާ އަށް މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުންތައް ހިއްސާ ކުރެއްވި ކަމަށާއި އެ ތިން ކަމަށް ވެސް އުއްމީދީ ޖަވާބެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ޝަރުއީ ދާއިރާއަކީ ދައުލަތުގެ އެއް ބާރު ކަމަށްވީ ނަމަވެސް، އިދާރީ ގޮތުން އެއްވެސް ބާރެއް ނެތް ދާއިރާއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ކަމަށް އެދެވިގެންވާ ހައްލުތަކެއް ގެނެސް ދެއްވާނެ ކަމުގެ އުއްމީދު ރައީސްގެ ފަރާތްޕުޅު ލިބިވަޑައިގެންފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
ޝަރުއީ ކޯޓުތަކަށް މި ވަގުތުން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ކޯޓުތަކަށް ހާއްސަ ކޯޓު ކޮމްޕްލެކްސްއެއް އަޅާ ވާހަކަ 2011 ވަނަ އަހަރުން ފެށިގެން ދައްކަމުންދާ ކަަމަށާއި ނަމަވެސް އެކަމަށް އެއްވެސް އަމަލީ ސިފައެއް މިހާތަނަށް ވެސް ނެތް ކަމަށް ރިޒާ ވިދާޅުވި އެވެ. އެކަމަކު، ކޯޓު ކޮމްޕެލްކްސް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭ ފަށާނެ ކަން ރައީސް މުއިއްޒު ވަނީ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފަ އެވެ.
ގަޟާއީ އަހަރު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ރިޒާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގައި މާފުށީ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ރިޒާ ވިދާޅުވީ، ކުރީގައި މުވައްޒަފުން ހޯދަން އިއުލާން ކުރުމާ އެކު، އެތައް މީހުންނެއް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް މިހާރު ދެތިން ފަހަރު އިއުލާން ކޮށްގެން ވެސް މުވައްޒަފުން ނުލިބޭ ކަމަށެވެ.
އޭގެ ސަބަބަކީ ރިޒާ ވިދާޅުވި ގޮތުގައި މުސާރަ ކުޑަވުމާއި ވަޒީފާގެ ކުރިއެރުން ޝަރުއީ ދާއިރާގައި ނުލިބޭތީ އެވެ. އެހެންވެ، މުވައްޒަފުން ގިނަ ދުވަހު ވަޒީފާގައި ދެމިނުތިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން ވެސް ހައްލުކޮށްދެއްވާނެ ކަން ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަން ރިޒާ ފާހަގަކުރެއްވި އެވެ.
ރިޒާ ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރުމަށް ފަހު، ވަކިވެގެންދާއިރު ބާހިޔާވަހިކަމުގެ ޔަގީންކަމެއް ލިބުމަކީ ފަނޑިޔާރުންނާއި މުވައްޒަފުން ވެސް އެދޭ ކަމެއް ކަމަށާއި އެކަން ވެސް ރައީސް މުއިއްޒަށް ދަންނަވާފައިވާ ކަމަށެވެ. އުސޫލުގެ ތެރެއިން އެކަމަށް ވެސް ގޮތެއް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
"މަނިކުފާނުގެ ތަސައްވުރީ ވިސްނުންފުޅާއި ރިޔާސީ ވައުދުފުޅުގެ ތެރެއިން ޝަރުއީ ދާއިރާ އަށް ކުރިމަތިވެފައިވާ ނިކަމެތިކަމަށް ނިމުމެއް ގެނެސްދެއްވުމަށް ތިޔަ ކުރައްވާ އިހުލާސްތެރި ބުރަ މަސައްކަތުގައި ދެމިހުންނެވުމަށް މުޅި ޝަރުއީ ދާއިރާ އޭގެ ހާލުގެ ދުލުން ގޮވާލާ،" ރިޒާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
12 February 2025
މި ބޭފުޅާގެ ރޭގެ ސްޕީޗް ވަރަށް ރީތި.
ޝިފާއު މުހައްްމަދު
12 February 2025
އިބޫމެން ކިލަބުކޮށްލި ޖުޑީޝިއަރީ ރައީސް މުއިޒް ސާފްކޮށް މިލަނީ ދޯ
މުބާހް އިސްމާއިލް
12 February 2025
އަސްލުވެސް. ސިޔާސީ ހުކުމް ނުކުރާތާ އިންސާފްވެސް މިހާރު ލިބޭ
ނަޝީދު ހަސަން
12 February 2025
ފެނިގެން މިދަނީ ކަންކަން އިސްލާހްކުރަން ސަރުކާރުން ރައީސް މަސައްކަތް ކުރާވަރު. މީގެ ސަބަބުން މި ދާއިރާ ހަރުދަނާވާނެ
މޫސްް
12 February 2025
ކޯޓުރޫމަކީ ހަމައެކަނި އިމާރާތެއް ނޫން؛ އެއީ އިންސާފު ލިބޭ ތަނެއް. ހަރުދަނާ ގައުމެއްގެ ބިންގަލަކީ އެގައުމުގެ ގާނޫނީ ނިޒާމު. އަޅުގަނޑުމެންގެ ކޯޓުތައް ހަރުދަނާ ކުރުމަކީ އަޅުގަނޑުމެންގެ މުޅި ގައުމު ހަރުދަނާ ކުރުން. ވައުދުވާން ފަސޭހަ، އެކަމަކު ފިޔަވަޅު އެޅުމަކީ މަދުން ނޫނީ ނުފެންނަ ކަމެއް. ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރު ފަށައިފި ނަމަ އެއީ ރައީސް މުއިއްޒު ކަންކަން އިސްލާހު ކުރުމަށް ސީރިއަސްކަން ދޭވަރު ސާބިތުވާ ކަމެއް
ހާމިދުު
12 February 2025
ކޯޓުތަކަށް ހާއްސަ ކޯޓު ކޮމްޕްލެކްސްއެއް އަޅާ ވާހަކަ ކޮންމެ ވެރިއަކުވެސް ދައްކާާ. ހަރާން ވި ކަމެއް. އެކަމަކު މި ސަރުކާރުން އެކަމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ކޮށްފިއްޔާ މިހާ ދުވަސްވަންދެން ނުވެ އޮތް ކަންތައް އެވީ. ކަންކަމުގެ ހައްލަކީ ރައީސް މުއިއްޒޭ އަހަރުން ބުނަނީ މިހެން
ރަފް ތައުފީގްް
12 February 2025
މީ ކުރިން އައި ނާގާބިލް ވެރިންގެ އިހުމާލު. ދެން މަ ކާލާ
ކުރިން؟
12 February 2025
ކުރިން އައި މީހުން އެކަނި؟
ޖީހާންް
12 February 2025
5 އަހަރު ބަޔަކަށް މިކަމާ އެއްވެސްވަރަކަށް އަޅައެއް ނުލެވުނު. މި ސަރުކާރުން މިކަންވެސް ކުރަން މިޖެހުނީ
ނިޒާރުު
12 February 2025
މި ނިޒާމް ހަރުދަނާކުރުމަކީ ރައީސް އަބަދުވެސް ދައްކަވާ ވާހަކަފުޅެއް. އަދި މިކަންކަން ހައްލުކުރުމަށް ކޯޓުތަށް ބިނާކުރުމާއި ޖާގައިގެ ތަނަވަސްކަން ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމަވާފަ.
އަންސާމްް
12 February 2025
ރައީސްގެ މި ޒައާމަތުގައި ރާއްޖޭގެ ޑުޖިޝަރީ ނިޒާމް އެހެން ހަރުފަތަކަށް ގެންގޮސްދޭނެކަމާމެދު އެއްވެސް ޝައްކެތް ނުކުރަން.