ހައި ކޯޓު: ސެންޓަ އެންޓަޕްރައިސަސް އަށް 5މިލިއަން ޑޮލަރު ދޭންޖެހޭ ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައި
12 ފެބުރުއަރީ 2025 - 10:25
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް ދެ މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
ހެލްތު މިނިސްޓްރީގެ ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް މުދަލުގެ އަގަށްވާ ދެ މިލިއަން ޑޮލަރު އަދި ފައިސާ ނުދެއްކުމުގެ ސަބަބުން އެރި ޖޫރިމަނާގެ ގޮތުގައި ތިން މިލިއަން ޑޮލަރު ހޯދަން ސިވިލް ކޯޓުގައި ދައުވާކުރި އެވެ.
ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މެޑިކަލް ސާވިސަސް އަށް ބޭނުންވި މުދާ އެއްބަސްވި އަގުގައި ސެންޓަ އެންޓަޕްރައިސަސް އިން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އޭގެ އަގު ދައްކާފައިވާ ކަން އެނގެން ނެތް ކަމަށެވެ.
އެހެންވެ، މުދަލުގެ އަގަށްވާ ދެ މިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފައިވެ އެވެ. އެކަމަކު، ޖޫރިމަނާގެ ގޮތުގައި ހޯދަން އެދިފައިވާ އަދަދު ނަގައިދީފައެއް ނުވެ އެވެ.
ދައުލަތުގެ ފަރާތުން މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ކުރި ހުކުމްގައި ބުނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިގޮތަށް ކަނޑައަޅާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން އެހެން ހުކުމެއް ވެސް ކޮށްފައިވެ އެވެ.
މި ހުކުމް ކުރީ ސެންޓަ އެންޓަޕްރައިސަސް އިން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ދައުވާކުރުމުންނެވެ.
މި މައްސަލާގައި މުދަލަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން އިންވޮއިސް އަށް އަރާ ޖޫރިމަނާގެ ގޮތުގައި 51 މިލިއަން ރުފިޔާ ހޯދަން ވެސް ސެންޓަ އެންޓަޕްރައިސަސް އިން ދައުވާގައި އެދުނެވެ. ނަމަވެސް، އެއްބަސްވުމުގައި ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެ ޖޫރިމަނާ ކޯޓުން ނަގައިދީފައެއް ނުވެ އެވެ.
އެކަމަކު، އިންވޮއިސްގައި ބަޔާންކުރާ މުދަލުގެ އަގު ކަމަށްވާ 32.7 މިލިއަން ރުފިޔާ އެ ކުންފުންޏަށް ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އިން ދޭން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށް ކޯޓު ހުކުމްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލްޓިކޯ
12 February 2025
ކިހާދެރަކަމެއް ދައުލަތޭ ކިޔަސް އެއީ ރައްޔިތުންގެފައިސާ ހިތުހުރި ގޮތަކަށް ހުކުމް ނުޖެހޭނެ ފުރަތަމަ ބަލަންވީ ވިޔަފާރި ކުރުމުގެ ހުއްދަ އޮއިތޯ ގަވާއިދުން ޓެކްސް ދެއްކިތޯ މުއާމަލާތުގަ ކޮރޮޕްށަން އޮއިތޯ މީގެން އެއްވެސް ތިކުންފުނިން އޮތްނަމަ ތިވަރުގެ ޑިމާންޑެއް ސަރުކާރުން ވެސް ކުރަންވީ ރިޒާވް ރަގަޅު ވެޔޭ ބުނާއިރަށް ކަކުނި ހަރުން ނުކުންނަނީޔޭ
ނަގޫސޭސަރު
12 February 2025
ދަރަނި ދެއްކުމަކީ ކުރަން ޖެހޭނެކަމެއް. 2006ން2008ށް ކުރި ވިޔަފާރިއަކަށް ފައިސާ ނުދައްކާ އެވަނީ ދެފަހަރު ވެރިކަން ކުރި އެމްޑީޕީއާއި އެއްދައުރު ވެރިކަންކުރި ޕީއެންސީގެ ވިޔާނުދާކަމުން. އަހަރެން އުފާކުރަން މިހާދިގު މުއްދަތެއްވާންދެން ނުނިމި ހުރި މިކަހަލަ މައްސަލަތައް މިސަރުކާރުން ނިންމާތީ. ދަރަނި ސަރުކާރަކީ،،، އަޅާލި ސަރުކާރު. އެހެންމީހަކަށް އެކަންޗެއް ނުދީ ދިރުވާލީ.
އެކޮއި
12 February 2025
މައުމޫނުގެ ވެރިކަމުގައި ޖަހާފައިވާ ސަކަރާތެއް. އެބުނާ ސެންޓަ އެންޓަޕްރައިސަސް އަކީ ކީއްކުރާތަނެއް؟ ކޮންކަހަލަ މުދަލެއްތޯ؟ ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް ތިވަރުގެ ބޮޑު ޢަދަދެއްގެ ވާހަކަދައްކާއިރު އޭގެ ތަފްޞިލެއްވެސް ލިޔެލިނަމަ ކިޔާމީހާއަށް ކޮންމެވެސް ވަރަކަށް ތަންދޮރު އޮޅުންފިލީސް. 2006 ގެ ވާހަކަ ވިއްޔާ މިދައްކަނީ. އެއީ ކޮންޒަމާނެއް؟ މީ ކޮންޒަމާނެއް؟
ސަހަރޯއި
12 February 2025
ކުރީސަރުކާރުގެ ކުރީސަރުކާރުގެ ކުރީސަރުކާރުގެ ކުރީސަރުކާރުގެ ކުރީސަރުކާރުގެ ދަރަނިވެސް ދައްކަން މިޖެހުނީ މިސާރުކާރަށް.