ސެންޓަ އެންޓަޕްރައިސަސްގެ އެއް ޑިރެކްޓަރު އާރިފް: ދައުލަތުން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާތަކުގެ މައްސަލަ ފޮރުވަން ދައުލަތުން ލިޔުންތައް ސިއްރުކުރި ކަމަށް އެ ކުންފުނިން ބުނޭ
27 މެއި 2025 - 14:31
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސްއިން ދައުލަތާ ދެކޮޅަށް ދައުވާކުރި މައްސަލަތަކުގައި، ލިޔެކިޔުންތައް ދައުލަތުން ސިއްރުކުރި ކަމަށާއި އެކަން ކުރީ އެ ފައިސާ ދައްކަން ޖެހޭކަން ދައުލަތުން ގަބޫލުކުރާތީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސެންޓަ އެންޓަޕްރައިސަސް އިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދު ފޯރުކޮށްދިން ހިދުމަތްތަކާ ގުޅިގެން ދައުލަތާ ދެކޮޅަށް ދައުވާކުރި ތިން މައްސަލައެއްގައި އެ ފައިސާ ދައްކަން ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ މައްސަލާގައި އެ ކުންފުނިން ފޭކް އިންވޮއިސްތަކެއް ކޯޓަށް ހުށަހެޅި ކަމަށް ދައުލަތުން ތުހުމަތުކޮށް، އެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން ސެންޓަ އެންޓަޕްރައިސަސް އިން ދިފާއުގައި ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަތަކުގެ ތެރެއިން ހެލްތު މިނިސްޓްރީ އަށް ފޯރުކޮށްދިން މުދާތަކާ ގުޅިގެން އެ މިނިސްޓްރީން 2023 ވަނަ އަހަރު ފޮނުވި ސިޓީގައި އެއީ ދޭންޖެހޭ ފައިސާއެއް ނޫން ކަމަށް ބުނެފައި ނުވާ ކަމަށެވެ. އެ ފައިސާ ދައްކަން ކޯޓުން ހުކުމް ކުރިއިރު، މުދާ ހަވާލު ކުރުމުގައި އުޅުނު ފަރާތްތަކުގެ ހެކިބަސް ހޯދައި، ދައުލަތުން ދިފާއުގައި ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ސެންޓަ އެންޓަޕްރައިސަސްގެ ބަޔާނުގައިވެ އެވެ. އެ މައްސަލާގެ ލިޔުންތައް ހެލްތު މިނިސްޓްރީގެ ގުދަންތަކުން ފެނުނު ކަމަށް ދައުލަތުން ބުނުމަށް ފަހު، އެ ލިޔުންތައް ސިއްރުކުރީ މުދަލަށް ފައިސާ ނުދައްކައި ތިބި ކަން ހާމަވެދާނެތީ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ސިވިލް ކޯޓާއި ހައި ކޯޓުން މި މައްސަލަ ނިންމެވިއިރު ވެސް މި ލިޔުންތައް އެ ދެ ކޯޓަށް ހިއްސާ ނުކުރި ސަބަބެއް ވެސް ދައުލަތުން ސާފުކޮށްދީފައެއް ނުވެ އެވެ. މި ލިޔުންތައް ހާމަކުރަން ދައުލަތުން ޖެހިލުންވުމުގެ އަސްލަކީ ފައިސާ ނުދައްކާ އޮތުން ކަމުގައި ބެލެވެ އެވެ." ސެންޓަ އެންޓަޕްރައިސަސް އިން ދިފާއުގައި ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެންވަޔަރްމަންޓް މިނިސްޓްރީ އަށް ފޯރުކޮށްދިން ކަޅު ހަންތަކާ ގުޅިގެން 12.7 މިލިއަން ރުފިޔާ ސެންޓަ އެންޓަޕްރައިސަސް އަށް ދައްކަން ވެސް ދައުލަތުގެ މައްޗަށް ކޯޓުން ހުކުމްކުރި މައްސަލާގައި ވެސް ބޭންކުގެ ލިޔުންތަކުގައި އެ ފައިސާ ނުދައްކާ ކަމަށް ބުނާ ބުނުން ނަފީކޮށް، އެ ފައިސާ ދެއްކިކަން ދައުލަތަށް ސާބިތުކޮށް ނުދެވެ އެވެ. މީގެ އަހަރުތަކެއް ކުރިން ހިންގި އެ މުއާމަލާތުގެ އަސްލު ލިޔުންތައް ފުލުހުން ކުރިން ހިފެހެއްޓުމަށް ފަހު، ލިޔުންތައް ދޫކުރިއިރު، ބައެއް ލިޔުންތައް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސެންޓަ އެންޓަޕްރައިސަސް އިން ބުނިގޮތުގައި، އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށް ފަހު، ފުލުހުންނަށް މައްސަލަ ފޮނުވާ ވާހަކަ މިހާރު ދައުލަތުން ދައްކަނީ ބިރު ދެއްކުމަށެވެ. ސިވިލް ކޯޓުގެ މަރުހަލާގައި ވެސް ފުލުހުންގެ މައްޗަށް އެފަދަ އަމުރެއް ނެރުމަށް ދައުލަތުން އެދުނު ކަމަށާއި ނަމަވެސް އޭރު އަމުރު ނެރެނުދިނުމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފް ނުކުރާ ކަމަށް ބަޔާނުގައިވެ އެވެ. މިހާރު އެ ވާހަކަ ދައުލަތުން ދައްކަނީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ކަމަށް ވެސް ސެންޓަ އެންޓަޕްރައިސަސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް .
27 May 2025
ހެހެހެހެހެހެހެ. ލުކް.
ކުޑަ ވަކީލު
27 May 2025
ދައުލަތުގެ ނާގާބިލުކަން ފެންނަނީ. އިސްތިއުނާފުވެސް ކާމިޔާބު ނުވާނެ ގޮތަށް ހަރުދަނާ ނުކުތާއެއް ހުށަހެޅުމެއްނެތި ކޯޓުން ބޭރުން މީޑިޔާ ޓްރަޔަލް ހިންގަން މިދިމާކުރަނީ. އިސްތިއުނާފު މަރުހަލާގައި ކާމިޔާބު ހޯދުމުގެ ފުރުސަތު އޮވެ ރަނގަޅު ގާނޫނީ ޗެލެންޖެއް ނުކޮށް ރައްޔިތުން ކުރިމަތީ މިއީ އޮޅުވާލައިގެން ކޯޓުން ނުބައިކޮށް ކުރިކަމެއްކަމަށް ދޭހަވާ ގޮތަށް ޑްރާމާ ކުޅުމަކީ ވަރަށް ހުތުރުކަމެއް.
ލޮރޭވަހީދް
27 May 2025
ބެންކް އޮފް ސިލޯންގެ ލިޔެކިޔުން ތަކުން ހާމަކަން ބޮޑުކޮށް މިހުރީ ފެނަން ދައުލަތުން އެއްވެސް މިންވަރަކަށް ފައިސާގެ މުއާމަލާތެއް ކޮށްފަނުވާކަން, މިއަދުމިފެންނަނީ, ނިކަމެތި ރައްޔިތުމީހާ 15އަހަރު ވަންދެންކުރި މަސައްކަތުގެ ކުޑަނަމަވެސް އުއްމީދެއް ލިބުނު ވަގުތު, މިނިކަމެތި ރައްޔިތުމީހާއަށް ފުރައްސާރަ ކުރެވެމުންދާ ތަން
އަފްރާސިޔާބު
29 May 2025
ބޭންކް އޮފް ސިލޯނުގެ އެކައިންޓާ ކޮންމެ ގޮތަކަށް އޮތަސް އެމް.އެމް.އޭ ގައި ހުންނާނެ ސައްހަ ރެކޯޑް ތައް ފައިސާ ދީފައިވާނަމަ.
ލޮރެެޭޭެެވަހިިީދް
27 May 2025
ކެނޑިނޭޅި އާންމު ފަރުދެ އޭނަގެ ހައްގު ހޯދަން 15އަހަރު ވަންދެން ކުރި މަސައްކަތުން ކުޑަނަމަވެސް އުއްމީދެ ލިބުނީމަވެސް,މިއަދު މިފެންނަނީ މިނިކަމެތި ރައްޔިތުމީހާއަށް ހަމަ މިކަމުގައި ދައުލަތުން ހުރަސްއަޅާތަން, ބެންކް އޮފް ސިލޯންގެ ލިޔެކިޔުންތަކުން ސަރީޚަކޮށް އެބަ އިނގޭ އެއްވެސް ވަރަކަށް ދައުލަތުން ފައިސާ ދައްކާފަ ނެތްކަން. ފާހަގަ ކުރެވޭ އެންމެބޮޑު ނުކުތާއަކީ ހާމަކަންބޮޑު ގޮތަކަށް ދައުލަތުން މިސިއްރުކުރަނީ ކޮން ލިޔެކިޔުމެށް ތޯ ރައްޔިތުންވެސް އެބަޖެހޭ ސުވާލު އުފައްދަން.
ހޮޓްކިންގ
27 May 2025
ފޯރުކޮށްދިން މުދަލުގެ އަގު ނުދީ ދައުކަތުން އުޅުން ވަރަށް ހުތުރު. މުޅި މައްސަލަ އޮޅުވާލަން ދައުލަތުން އުޅެނީ ވ އުޅޭހެން ފައިސާ ނުދީ ރެކެން. ޗީޑި.