މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު.-- ފޮޓޯ: މިހާރު
12 ފެބުރުއަރީ 2025 - 11:05
މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި، ޝަފީގު އެ މަގާމަށް އައްޔަނުކުރެއްވީ މިދިޔަ މަހުގެ 27 ގަ އެވެ.
އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނަކީ މި ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އެއީ، ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަން ކަށަވަރު ކުރުމާއި ވެލިއު އެޑްކުރުމާއި ޓްރާންޝިޕްމަންޓް އާއި ރީ-އެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށް އުފެއްދި ކުންފުންޏެކެވެ.
ޝަފީގު މިހާރު މަސައްކަތް ކުރައްވަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޑިރެކްޓަރުންގެ ބޯޑުގަ އެވެ. އެޗްޑީއެފްސީގެ ބޯޑަށް އޭނާ އައްޔަން ކުރެއްވީ ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާދެއްވިތާ ތިން ވަރަކަށް މަސް ދުވަސް ފަހުންނެވެ.
ޝަފީގު ވަނީ ކުރިން އެޗްޑީއެފްސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމު ވެސް 2021 އިން 2023 އަށް އަދާކުރައްވައިފަ އެވެ. އޭގެ ކުރިން ވެސް އެ ކުންފުނީގެ ސީނިއާ މަގާމުތައް އަދާކުރެއްވި އެވެ.
ޝަފީގަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ގެނައި ބަދަލުތަކަކާ އެކު، ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސް
12 February 2025
މީނަ ބަހައްޓަބަލަ ނިލަންދޫ އެއަރޕޯޓުގެ މެނޭޖަރަކަށް.
ހާސަރު
12 February 2025
އެއްކޮޅުން ޚަރަދު ކުޑަކުރަން މުސާރަ ކުޑަކުރާވާހަކަ އަނެއްކޮޅުން މިފެންނަނީ އިތުރު ކުންފުނި ހަދާތަން!؟ މި އުއްފެދި ކުންފުނިން ކުރަން އުޅޭ މަސައްކަތް ކުރެވިދާނެ ފަދަ ކިިތައްކުންފުނި މިހާރުވެސް ވުޖޫދުގައި އެބަހުރި.
ސީޒަން ޖެކްޝަން
12 February 2025
ޝަފީގަކީ އެނބުރޭ ވަހުތާނަކަށް ހަދައިފި.
އަފްރާސިޔާބު
12 February 2025
އެއީ ފައިސާގެ ދަހިވެތި ކަމުގައި އުޅޭ އަމިއްލަ ނަފުސަށް އިޚްލާސް ތެރިކަން ނެތުމުން ވާގޮތެއް.
ނިޒާމް8
12 February 2025
ކޮވިޑު ތެރޭގައި ލޯނުތަކަށް އެޗްޑީއެފްސީން އެރުވި އިންޓަރަސްޓް މާފުވެއްޖެ ކަމަށް ރައީސް ކުރިން އިއުލާންކުރެއްވި. އަހަރު ވާން ދާއިރުވެސް އެތަނުން ބުނަނީ ބޯޑުން އަދިވެސް ގޮތެއް ހަމަ ނުޖެހޭ ކަމަށް. ޝަފީގު ސަރުކާރުގަ އަދި އެޗްޑީއެފްސީގައި ހުރިއިރުވެސް ރައީސް މިގޮތަށް އިއުލާންކުރެއްވި ކަމެއް ފަނުފުލުން ދާން ދޫކޮށްލުމަކީ ވަރަށް ދެރަވަރު ރައީސްގެ އިތުބާރު ކުޑަވާނެ ކަމެއް
ޓެކުނިކަލް
12 February 2025
ވަރައް ރަންގަޅު ނިންމުމެއް! ޝަފީގަކީ ޓެކުނިކަލް ބޭފުޅެއް.
ރާވެރިބެ
12 February 2025
ދައުލަތުގެ ޒިންމާދަަރު މަގާމެއްގަ ހުރެފަ އަމިއްލައަށް އިސްތިއުފާދިނީ. ދެން މިދޭންޖެހެނީ މިނިސްޓަރު ފެންވަރުގަ އަނެއް ބޮޑު މަގާމު! ބަލަދު އަރާފަބާ؟
ބަލަ
12 February 2025
ބުނީމަ އިސްތިއުފާ ދެންޏާ ޖެހޭނެ ދޯ ގޮތެއްހޯދަދޭން
ޕޓީ ބޮޓް
12 February 2025
ތަންދޮރު ނޭގުނަސް ކޮމެންޓް ކުރާތި!