މާފުށި ޖަލު: އެތަނުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ވަނީ ނިޔާވެފައި.
12 ފެބުރުއަރީ 2025 - 20:36
މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ މީހަކު ނިޔާވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި ނިޔާވީ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ކިޔާ 35 އަހަރުގެ މީހެކެވެ.
ކަރެކްޝަނުން ބުނީ އެމީހާ ޔާޑުގައި އެހެން މީހުންނާ އެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން ވަގުތުން ވަނީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް، އަވަސް ފަރުވާދީފައި ކަމަށެވެ. އަދި ހަތަރު މިނެޓުގެ ތެރޭގައި މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހަވީރު 5:20 ގައި އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އޭނާއަކީ ރާއްޖޭގައި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
ކަރެކްޝަނުން ބުނީ އެމީހާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫން ކަމަށެވެ.
އެމީހާ ނިޔާވުމުން އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް އަންގާފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
14 February 2025
އެމީހާ ހައްޔަރުގަހުރީ ސަރީއަތް ނިމެންދެން، އެކަމަކު މިހިސާބުން ސަރީއަތްވެސް ނިމުނީ.
1181
13 February 2025
ކަރެކްޝަނަލް ސަރވިސްއާއި އެތަނުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރަށް ގޮވާލަން.
raajje
13 February 2025
ހަތަރުމިނެޓުތެރޭ ހޮސްޕިޓަލަކަށްނުގެންދެވޭނެ، ދޮގުހެދިޔަސް ތަންކޮޅެއްބޮޑުވަރުދޯ، އެއްމިނެޓަކުންނޫންތަ ހޮސްޕިޓަލަށްގެންދިޔައީ؟
ފޮނިޓައްޕު ހަސަނު
13 February 2025
ކޮންމެއަކަސް ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ތިމީހާ ޖަލުގައި ބަހައްޓަން މަހެއްގެ މައްޗަށް ކުރާ ޚަރަދު 16000ރ ތިހިސާބުން ސަލާމަތްވީ.