މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ހައްޔަރުކުރި އަރީޝް---ފޮޓޯ: މިހާރު
13 ފެބުރުއަރީ 2025 - 12:54
އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލި މައްސަލާގައި މިއަދު ހައްޔަރުކުރި މީހާގެ ކުށުގެ 28 ރެކޯޑު އޮންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީ އަށް ފަހު، ފުވައްމުލަކު، ބަނަފްސާގޭ ހުސައިން އަރީޝް، 31، މިއަދު ހެނދުނު ހައްޔަރުކުރީ އޭނާ މެލޭޝިއާ އަށް އެތެރެވުން ހުއްޓުވުމަށް ފަހު، އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ރާއްޖެ އިން ފުރައިގެން ދިޔައީ ހައްޔަރު ކުރަން ކޯޓު އަމުރެއް ހޯދާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އަރީޝް ހައްޔަރު ކޮށްގެން މިއަދު ގެންދަނީ.---ފޮޓޯ: މިހާރު
އަރީޝްގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށް ފުލުހުން ބުނީ، ޑްރަގާއި މާރާމާރީ ހިންގުމާއި ތޫނު އެއްޗެހި ބޭނުން ކޮށްގެން މާރާމާރީ ހިންގުން ފަދަ ކުށުގެ 26 ރެކޯޑެއް އޭނާގެ އޮންނަ ކަމަށެވެ. އެއީ:
1- މާރާމާރީގެ 15 ރެކޯޑެއް
2- މަސްތުވާތަކެތީގެ ހަ ރެކޯޑެއް
3- މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑެއް
4- ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑެއް.
ފުލުހުން ބުނިގޮތުގައި، މާފަންނުގެ ގޭންގެެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަރީޝްއަކީ ނުރައްކާތެރި ކުށްތައް ކުރުމުގެ އިސް މީހެެކެވެ.
މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާ އެވެ.
އެ ވަގުތު އައިޖީއެމްއެޗު ކައިރީގައި ހުރި ފުލުހަކު އެ ތަނަށް ދިޔަ ނަމަވެސް، ހަމަލާދިން މީހުން ވަނީ ފިލައިފަ އެވެ. އެ މީހުން ސައިކަލްގައި ފިލައިގެން ދާން އުޅެނިކޮށް ސައިކަލް ސްޓާޓް ނުވުމުން ފިލައިގެން ދިޔައީ ދުވެފައި ކަމަށް ވެސް އެނގިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮނަކުޅި
14 February 2025
ދިވެހި ފުލުހުންގެ ހިދުމަތުގެ މާތްކަމާ މަތިވެރިކަމާ ޔަގީންކަން އެމީހުން އަމިއްލަޔަށް ލަދެއްހަޔާތެއްނެތް ޕޯލްކޯ ނަމުގަ އެތެރެއިން އެތެރެއަށް ވައްކަން ދައުލަތް ލޫޓުވުމުގައި އަވަދިނެތި ކުލަތަކާތަރި މަދީ ތޯއްޗެއް
ސަދޫމު ސިޓީ
13 February 2025
މި މީހުން މި ތިބެނީ ގާނޫނަށް ވުރެން މާ މަތީގަ މި މީހުންކިށެއް ކުރިޔަސް އެހާފަސޭހައިން ދޫމިވަނީ ކިހިނެތްތަ މީ އަޖައިބެތް ކަހަލަ ކަމެތް ސަހާދެތް
ކޮރަލް
13 February 2025
ހައްޔަރުކުރި މީހާގެ ކުށުގެ 28 ރެކޯޑު އޮންނަ ކަމަށް ފުލުހުން ބުނެފި އެވެ. ޒިންމާ ވާނެ ސަރުކާރެއް އޮފީހެއް ނެތެވެ. އޭނަ ހައްޔަރު ކުރީމަ ވެސް ހުރީ ހެވިފަ އެވެ. ޖަލަށް ލާ ޖަލުގައި މަސައްކަތް ކުރެވޭނެ ގޮތް މިހާރުވެސް ހަދަން ވީ އެވެ.
ބަބްސް
13 February 2025
ފުލުހުން ކުށުގެ 26 ރެކޯޑް އޮވެޔޭ ކިޔައިގެން ހެޑްލައިން އެޅުމުގެ ބޭނުމެއް އެބައޮތްތަ. މީގެން އެނގެނީ އެމީހުންނާއި ޕީޖީ އަދި ކޯޓުތަށް ފެއިލްވެފަ އޮތްވަރު. އެނގެނީ ޤައުމުއޮތް ހާލަތު.
އަމުރު
13 February 2025
މި ޤައުމުގައި ކުށުގެ ރެކޯޑް ގިނަވިވަރަކަށް ސަޅިވެފައި ބާރުގަދަވާނެ. މީވާޤައުމެއް
ހީހީ ސުލީހް
13 February 2025
ދެން އަވަހަށް ދޫކޮށްލާ. ތިޔަކީ މިގައުމުގެ ވެރިން.
ޑރ ވާންޗޯ
13 February 2025
އަވަހަށް ދޫކޮށްލާފަ 30 ހަމަކުރީމަ މިނިވަންދުވަހު ހަނދާނީ ވަޅިއެއް ނޫނީ މަރުތޭލައެއް ނަމަވެސްދީ!!!.
ޑރ ވާންޗޯ
13 February 2025
29 ހަމަކުރަން މާދަމާ ދޫކޮށްލާނެ ، 28 ހަމަކުރިއިރު ދަށުންދަމާ ކުޅެންތިބިބަޔަކު އަދިވެސް ދަށުންދަމާކުޅެނީ.
އެންމެން ހެޕީ
13 February 2025
އަލް ސެލްވެޑޯ އަށް ފޮނުވާލާ
ބަލަންތިބޭ
13 February 2025
ކުށުގެ 26 ރެކޯޑް!!!! ހައްގު ވެއްޖެ ... ހައްގު ވެއްޖެ ..