ކުރަނގި އޮޮޕަރޭޝަންގެ ތެރެއިން ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ނަގަނީ --
13 ފެބުރުއަރީ 2025 - 21:03
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ "ކުރަނގި އޮޕަރޭޝަން" މި ހަފްތާ ބަންދުގައި 13 ރިސޯޓެއްގައި ކުރިއަށް ދާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ މި މަހުގެ 13، 14 އަދި 15 ވަނަ ދުވަހު އެ މިނިސްޓްރީ އާއި ރިސޯޓުތަކުގެ 56 މުވައްޒަފަކާ އެކު 13 ރިސޯޓެއްގައި މި މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ދަށުން 59 ރަށެއްގައި މިހާރު ވަނީ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ނިންމައިފަ އެވެ.
އޭގެ ތެރެއިން 24،540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެ އަހަރު ތެރޭގައި ނަގައި އެއްކުރުމެވެ.
މި އޮޕަރޭޝަނާ އެކު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ރެއިޑުތައް ވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހޯދުމަށް މިދިޔަ އަހަރު ފެށި އޮޕަރޭޝަނުގައި 6،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހުންނާއި ސައްހަ ވިސާއެއް ނެތި އެތައް އަހަރެއް ވަންދެން އުޅެމުން އައި ބިދޭސީން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުގަ
16 February 2025
އދ ރަންގަލި ފިނޮޅަށް އާދެބަލަ. މިތާގަވެސް އެބައުޅޭ ނުގަވާއިދުން ވިޔަފާރިކޮށް އުޅޭ މީހުން
ހެއްވާއޭ
15 February 2025
ބަލަ ކުރިން ބުނެފަތަ ރިސޯޓުތަކަށްވީމާ ދަނީ؟ ދެން ކައިރި ފަޅުރަށްތަކަށް ފިލުވައިލެވޭނެތާ އޭރުން ދޯ. ތީ ވަކި ސަރުކާރެއްތަ އޮންނަނީ ރިސޯޓުވީމަ؟
1
14 February 2025
ކުރަނގިދެލޯ ފެނިސިހިފާ ހައިރާންވެއޮތީމޭ މަގުއޮޅިފާ.
ނޯމަލައިޒްކުރަނީދޯ
14 February 2025
ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ނޯމަލައިޒް ކުރުމަކީ އެއީ ގާނޫނާއި ޚިލާފަށް ކުރާ ކަމެކޭ މިހާރުވެސް މީހަކު މިމައްސަލަ ކޯޓަށް ހުށައަޅައިފިނަމަ މިކަމަކީ ގާނޫނާއި ޚިލާފަށް ސަރުކާރުން ކުރާ ކަމެއް ކަން ސާބިތުވާނެއޭ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ޖެހޭނީ ޑިޕޯރޓް ކުރަން ގާނޫނުގައި ބަޔާން ކުރާ ގޮތުން އެތައް ހާސް ބަޔަކު ޑިޕޮޒިޓް ގައި ބަހައްޓާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާ ސަރުކާރުން ދަވާލާފައި އެފައިސާ އިން
ަސައްަ
14 February 2025
ރެގިއުލަރައިޒް ކުރުމުގެ އެެއްވެސް ބޭނުމެއް ނެތް. ކުށެއްކުރީމާ އަދަބު ދިނުމުގެ ބަދަލުގައި ގޮސްހީލާފައި އެފަދަ ކަންކަން ކުރަން އިތުރަށް އިންކަރޭޖްކުރަނީ. ހަމަ ފޮނުވާލަންވީ. ރިޒޯޓުތަކާއި އެހެނިހެން ތަންތަނުން ފޮނުވާލާ މީހުންގެ ބަދަލުގައި ލީގަލް ރޫޓުން މީހުން ގެނެވޭނެ. އަންޑޮކިއުމަންޓެޑް މީހުން ގެންގުޅުމަކީވެސް ބޮޑު ކުށެއް. އެކަން ކުރާ އެމްޕޮލޮޔަރުން ފައިން ކުރެވެންވާނެ އަދަދަކުން ދެން އެފަދަ ކަމެއް ކުރަން ނުކުރޭވަރުގެ.
ބަލާށޭ
14 February 2025
ކުރަނގި ޕްރޮގްރާމް އިން އެއްވެސް ނަތީޖާ އެއް ނުނެރެވެއޭ ސަރުކާރުން ހަދަނީ ރޯބުހުތާނު ދޮގޭ ރިސޯރޓް ތައް ފުރިފައި ގަވާއިދާއި ޚިލާފު ބިދޭސީން މީސީދާ މަޓީގެ ބޮޑުންނާއި އަދި ރަށުތެރޭގައި އުޅޭ ވަގުންނާއި ރިސޯރޓް އޯނަރުން ގުޅިގެން ކުރާ ބޮޑު ވައްކަމެކޭ ސަރުކާރަށް ވިސާފީއާއި އިންޝުއަރެންސް ފީއާްއި އަދި އެހެނިހެން ފީސް ތައް ނުދައްކަން ވެގެން މީގައި އެންމެ ބޮޑު ރޯލެއް ކުޅެނީ ރިސޯރޓް ތަކާއި ގެސްޓް ހައުސް ތަކުންނޭ ގެސްޓް ހައުސްގެ ރޫމްބޯއިން އެއީ މިމީޙުންނޭ
ކުރަނީދޯ
14 February 2025
ރައީސް ގެ ރިޔާސީ ބަޔާނުގައި 24 ހާސް ބަންގާޅުން ނޯމަލައިޒް ކޮށްފީމޭ ކިޔާ އެމެން އެކިޔާ އެއްޗަކީ އެއީ އެބިދޭސީން މަސަައްކަތް ކުރަން ރަޖިސްޓްރީ ކޮށްފައިވާ ކުންފުންނެއް ގެ ދަށަށް ބަދަލުކޮށް ހަދާ އެމެންނަކީ އެއީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނޫން ކަމަށް ނިންމުމޭ މީ ދޮގެކޭ މިކަން ނުކުރޭ މިގޮތަށް ހަދާ ގޮތަކީ ރިސޯރޓް ތަކުގައި ތިބި އެފަދަ ބިދޭސީންގެ މައުލޫމާތު ނަގާ އެހާ ތަނުން ދެން އިމިގްރޭޝަން ބަލަނީ ރިސޯރޓް ތަކާއި ގުޅިގެން ކަޓް ޖެއްސޭތޯއޭ މިކަން
ތަމެންދޯ
14 February 2025
ކުރަނގި އޮޕަރޭޝަން ތިޔާއީ އަމާބުނީތީ ފަރަށްދާ އުސޫލުން ކުރާ ކަމެކޭ ބަލަގަ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަކީ ގާނޫނާއި ޚިލާފު ކަމެއް ދެން އެމެން ނޯމަލައިޒް ކުރަނީއޭ ކިޔާ ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކާ މިނިސްޓަރު މިކުރާ ކަމަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެމެން އެއީ ގަވާއިދާއި އެއްގޮތަށް އުޅޭ މީހުން ކަމަަށް ހަދާ އެމެންގެ ވިސާފީވެސް މާފުކޮށްދީ ޑިޕޮޒިޓެއް ވެސް އެމެން ނުބަހައްޓާ ގޮތަށް ހަދާ ވައްކަމޭ ކުރަނީ
ރެސޯޓް އެޗްއާރު
14 February 2025
ވަރަށް ރަގަނޅު އެޑްވާސްކޮން ނޯޓިސް ދިނީމަ ހުރިޙާ އިލީގަލް މީހުން ރެސޯޓް އިން ފޮނުވައިލާފިން
ދޮގުނަހަދާތި
14 February 2025
މާލެ އަތޮޅުގައި ހިންގާ ހުރިހާ ރިސޯރޓް ތަކުގެ މަޝްރޫއުތަކުގެ މަސައްކަތް މުޅިންވެސް ރިސޯރޓް އޯނަރުން ކުރުވަނީ ގަވާއިދާއި ޚިލާފު ބިދޭސިން ލައްވައޭ ބަލާ މިހާރުވެސް މިކަން ހިނގާނީ މިހެން އެކަމަކު މިކަން ހައްލުކުރަން މަޓީން ވެސް އަދި ޓޫރިޒަމް މިނިސްޓަރު ވެސް އެއްވެސް މަސައްކަތެއް ނުކުރޭ މީގެ ސަބަބުން ކުދި ކޮންސްޓްރަކްޝަން ކުންފުނި ތައް ވަނީ އުވިގެން ގޮސްފައޭ ސަރުކާރުން ތިޔާ ކުރާ މަސައްކަތުގެ ރަނގަޅު ނަތީޖާ ނުފެނޭދޯ 24 ހާސް ބިދޭސިން ނޯމަލައިޒް ނުކުރޭ