ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގަނީ.
17 ޑިސެމްބަރ 2025 - 17:40
ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް މި ހަފުތާގައި ގެނައި އިސްލާހުތަކުގެ ތެރެއިން ބޭބީ ސިޓާސް ނުގެނެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފި އެވެ.
ބިދޭސީންނާ ގުޅޭ އާ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރޭގައި އެ ގަވާއިދު މިދިޔަ އާދިއްތަ ދުވަހު ގެޒެޓް ކުރިއިރު ބޭބީ ސިޓާސްގެ ވާހަކަ ހިމަނާފައި އޮތެވެ.
އެހެންވެ، ވަރަށް ގިނަ ބަޔަކު ވަނީ އެއީ "ސްކިލްޑް" މަސައްކަތެއް ނޫން ކަަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ.
އެ ޝަކުވާތަކާ ވިއްދައިގެން ސަރުކާރުން ހޯމް މިނިސްޓްރީން ވަނީ އާ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރެއިން "ބޭބީސިޓާސް" ގެ ވަޒީފާ އުނިކޮށް ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފަ އެވެ.
އެ ބަދަލާ އެކު، ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެ އަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ދެން ކޯޓާ ނުދެވޭނެ ވަޒީފާތަކަކީ:
• ހެއާ ޑްރެސަރުން
• ބިއުޓީޝަނުން
• ޕާސަނަލް ޓްރެއިނާސް
• އިލެކްޓްރީޝަނުން
• ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)
• ޓުއާ ގައިޑުން
• އެކައުންޓެންޓުން
• އިމާމުން
ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެ އަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތައް:
• ޑައިވަރުން
• ނަރުހުން
• ބިލްޑިން އިކްސްޕެކްޓަރުން
• ސާވޭޔަރުން
• ސައިޓް ސުޕަވައިޒަރުން
• ޕައިލެޓުން
ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެ އަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތައް:
• އިލެކްޓްރިކަލް އިންޖީނިއަރުން
• ޑައިވް އިންސްޓްރަކްޓަރުން ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތައް:
• ހައުސް ކީޕިން މެނޭޖަރުން
• ހިއުމަން ރިސޯސް މެނޭޖަރުން
• ޕްރަންޓް އޮފީސް މެނޭޖަރުން
• ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުން
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އެކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށް އަދި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މި ސަރުކާރުން ފެށި އެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވިދާޅުވެފައިވެ އެވެ. ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު މިހާރު ހުރި ނަމަ އެކަން އެނގޭ ހިސާބުން ޑީޕޯޓްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުދުހޭ
17 December 2025
އަދި ވަރަށް ގިނަ ބަދަލު އަންނާނެ. އެއްބުރުން ރަގަޅު އެއްޗެއް ހެދޭނެތަ؟
ފެކްޓްް
17 December 2025
މާދަމާ އަނެއް ބަޔަކު. ޖެހިގެން އަންނަ ދުވަހު އަނެއް ބަޔެއް... އިޞްލާޙްކޮށް ނިމޭއިރު ދެމީހުނާ ފަޅި ތީގައި އޮންނާނީ .. ތިހެން ތިކަން ނުކޮށްބަލަ. ތަނެއްދޮރެއް ބަލާފަނޫންދޯ ނިންމުންތައް ނިންމަނީ. ނިދާގަޑީގައި ދެމަފިރިން މާދަމާ ހެނދުނު ސައިބޯނީ ކޮންއެއްޗެއްތޯ ހަދާނީ ތަނަކަށް ދާނީތޯ އަހާއުޞޫލުން ނިންމުންތައް މިނިންމަނީ... ހެނދުނު ހޭލާއިރު ޕްލޭން ބަދަލުވާނެ.
ލަބާން
17 December 2025
އޭރުވެސް މަށަށް އިނގުނޭ މީހުން ފާޑު ކީ ގޮތަށް ރައީސް މުއިއްޒު މިކަން ވަގުތުން ބަދަލުކޮށްދޭނެ ކަން. ތަފާތު ވެރިއެއް. ސެލިއުޓް
ޖައިލަމްް
17 December 2025
އާން މިހާރު ވަރަށް ފުރިހަމަ. ދެން ތިތާކު ނެތް އުނިކުރަން ޖެހޭ އެެއްވެސް ދާއިރާއެއް
ރިއްޕެ
17 December 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވާ ތި އެންމެންނަށް ހަރުކަށި ފިޔަވަޅު އަޅާ އެންމެން ޑީޕޯޓް ކޮށްލަންވީ
އިމްރާން
17 December 2025
ރައްޔިތުންގެ އަޑު އައްސަވާ ރައީސްއެއް ހުވާ
ރާއްޖެ
17 December 2025
ބޮޑެތި ލިސްޓްތަކާއި ޕޮލިސީތަށް މިއީ ކިހިނެއް ފައިނަލް ކޮއްފަ ނެރޭ އެއްޗެހި ތަކެއްބާ؟
ހހހހހހހ
17 December 2025
ތިއީ ސަރުކާރު އިސް މަގާމުތަކުގަ ތިބި މީހުންގެ ބޭބީ ސިޓާސް ތިބޭތީ. ވަކި ބަޔެއް ބޭނުންވާ ގޮތަކަށް ސަރުކާރުން އަމަލު ކުރަނީ
އަނީސް
17 December 2025
ސަރުކާރުގެ އިސްވެރިންގެ ކޮންސްޓްރަކްޝަން ކުންފުނި ތަކުގަ ސާވެޔަރުންނާ ސައިޓްސުޕަވައިޒަރުންނާ އެކައުންޓުންނާ އެެއްޗެސް ނުތިބެނީތަ؟ މޮޅު ވާހަކަ ނުދައްކާ. މި ގިނަ ދިވެހީންނަށް ބޭނުންވާ ކަމަކަށް ވާތީ ރައްޔިތުންގެ އަޑު އަހާފަ ކުރި ކަމެއް މީ