އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއަކާ ސުވާލު ކުރަނީ.---ފޮޓޯ: އިމިގްރޭޝަން
01 ޖެނުއަރީ 2026 - 12:39
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ދާއިމީ ކޯޓާ ދޫކުރާއިރު ވޯކް ސައިޓު ރަޖިސްޓަރީ ކުރަން އިތުރު ޑޮކިއުމަންޓުތައް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ހަރުކަށިކޮށް، އަދި އެ ތަކެތި މި މަސް ނިމުމުގެ ކުރިން ހުށަނާޅާ ނަމަ އެ ސައިޓުތަކުގެ ހުއްދަ ސަސްޕެންޑު ކުރަން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ކޯޓާ ދޫކުރަނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކަމަށް ވާއިރު، އެ ބިދޭސީއަކު މަސައްކަތް ކުރާ "ވޯކް ސައިޓު" ރަޖިސްޓަރީ ކުރަންޖެހެ އެވެ.
ނަމަވެސް ހޯމް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ވޯކް ސައިޓު ރަޖިސްޓަރީ ކޮށްދޭނީ ނޮޓަރައިޒް ކޮށްފައިވާ "ވޯކް ސައިޓު ޑިކްލަރޭޝަން ފޯމު" އާއި އިގުރާރު ހުށަހެޅުމުން ކަމަށެވެ. އެ ފޯމާއި އިގުރާރު ވެސް އެކްސްޕެޓް ސިސްޓަމުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން މިއަދުން ފެށިގެން ހަމަޖައްސާފައިވާ ގޮތުން ވޯކް ސައިޓު ރަޖިސްޓަރީ ކުރަނީ ކުއްޔަށް ހިފާ ތަނެއްގައި ނަމަ ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީ އާއި އެހެނިހެން ލިޔުންތައް ހުށަހަޅަން އެންގުމުގެ އިހުތިޔާރު އެ މިނިސްޓްރީ އަށް ލިބޭނެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ވަނީ ދާއިމީ ކޯޓާ ދޫކޮށްފައިވާ ބިދޭސީންގެ ވޯކް ސައިޓު ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގެ މައުލޫމާތު އަޕްޑޭޓުކޮށް، މި މަަސް ނިމުމުގެ ކުރިން ހުށަހަޅަން އަންގައިފަ އެވެ. އޭގެ ތެރޭގައި ވޯކް ސައިޓު ޑިކްލަރޭޝަން ފޯމާއި އިގުރާރު ހިމެނެ އެވެ.
"އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑު ކުރެވޭނެ ވާހަކަ ހުރިހާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ހޯމް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، އެ މީހުން ޑީޕޯޓު ކުރުމާއި ގަވާއިދަށް ފެއްތެން ހުރި މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ކުރިއަށް ގެންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހަށް ބަލާއިރު އެ ކަމުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރާއްޖެ އައިސް ގަވައިދާ އެއްގޮތަށް އުޅެ، ވަޒީފާ ނެތް ބިދޭސީންނަށް ހޯމް ލޭންޑް ސެކިޔުރިޓީ މިނިސްޓްރީން ވަޒީފާ ހޯދައިދޭން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.
ރާއްޖެ އައިސް ގަވައިދާ އެއްގޮތަށް އުޅެ، ވަޒީފާ ނެތް ބިދޭސީންނަށް ވަޒީފާ ހޯދައިދޭން ހާއްސަ ޕްރޮގްރާމެއް ވެސް ހިންގަން ހޯމް މިނިސްޓްރީން ދާދި ފަހުން ވަނީ ނިންމައިފަ އެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ. އޭގެ ތެރެއިން، ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް ފުރުސަތު ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
ހޯމް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނީ މިހާތަނަށް 181،093 ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ކޮށްފައިވާ ކަމަށެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލޭފާނު
01 January 2026
ގާނޫނާ ގަވައިދުގެ ތެރޭން ކަން ކުރާ މީހާއަށް ތަފާތު ގަވައިދުތައްހަދައިގެން ދަތިލުރުމަކީ ގައުމަށްވެސް ދެވޭ ދެރައެއް އޮންނަ ގޮތަށް ކަންކުރާ މީހުންނަށް ފަސޭހަ ވާންޖެހޭނީ މާބޮޑަށް އުނދަގޫވާނަމަ ގޯސްކޮށް ކަންކުރަން ހުށައެޅޭ ދޮރަކަށްވެސްވޭ
ދޮހޮއްތު
01 January 2026
މިއީ ދެން ކިހާ ދެރަކަމެއް ތިކަން ކޮއްފަ އަގަރެމެން އިތުރު މަސައްކަތެއް ކުރާނެ ހޮތެއް އަޅެ ބުނެބަލަ .. ބޮޑު މުސީބާތަކައް މިކަން ވެއްޖެ. މީގެ 2 އަހަރު ކުރިން މި ހެފުނީ ވަރައް ބޮޑު ގޯހެއް . އަހަރެމެން މުޅިން އަވަދި ވެއްޖެ .
މުގުރި
01 January 2026
ވ ރަނގަޅު. އެތެރެކުރުން ހަރުކަށި ކުރާބީދައިން ބޭރުކުރުންވެސް ހަމަ ހަރުކަށި ކުރަންވީ. އެތެރެކޮށްފައި ދުވަސްހަމަވީމައި ނުވަތަ އެބައެއްގެ ބޭނުން ކެނޑުނީމައި ރަށުތެރެއަށް ދޫކޮށްނުލައި ބޭރުކުރަންވެސް ޖެހޭނެ. އެކަން ނުކުރާ ފަރާތްތަށް ބޮޑު އަދަދުން ޖޭރިމަނާކޮށް އިތުރުކޯޓާވެސް ނުދޭންވީ. އެއިރުން މި މައްސަލަ ދާނީ މަޑުމަޑުން ހައްލުވަމުން. މިކަހަލަ ބޮޑެތި މައްސަލަތައް ހައްލުވާނީ ވަކި ކުންފުންޏަކަށް ނުވަތަ މީހަކަށް ނުބަލާ ހަރުކަށިވެގެން.
ގޮނުއަނގަ
01 January 2026
(ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީ އާއި އެހެނިހެން ލިޔުންތައް ހުށަހަޅަން އެންގުމުގެ އިހުތިޔާރު އެ މިނިސްޓްރީ އަށް ލިބޭނެ އެވެ.) މިހުންނަ ޢިޚްތިޔާރަކީ ވަލުދޮރާށިން ކަންކަން ނިމޭ އިޚްތިޔާރުރައް. ވައްކަން ކުރުމާ އަދިޔާ އަތުލުމަށް ވަލުދޮރު ހުޅުވާލުން.
އަލްޖިބްރރާ
01 January 2026
ދިލްބަހާރުމަގު ސަރަހައްދު އަދި ހީނާމާގެ ޕާކިން ސަރަހައްދު . އެންމެނަށްވެސް އެނގޭ ބިދޭސީން އެންމެގިނަ ސަރަހައްދުތައް. މޮޅެތި ހެޑިން އެޅިޔަސް އަދި ނުނިމޭ. ތިޔަ ޓީމްތަކުން ޗެކްކުރަމުންދާގޮތް ރައްޔިތުންތިބީ ވަރަށް ގާތުން ބަލަން.
އަލްޖިބްރރާ
01 January 2026
ބިދޭސީންގެ އެކޮމަޑޭޝަން ހުރިތަންތަން ޗެކްކޮނުލެވޭތަ؟ ޓޫރިސްޓް ވިސާގައި އައިސްތިބި ނޭޕާލް ، ބަންގްލަދޭޝް މީހުން ފެންނާނެ ޗެކްކޮށްފިއްޔާ. ހަމަގައިމު ބައެއް އާއްމުންނާ ދިމާލަށް އެމީހުން ފަހުރުވެރިވެލާފަ އެބަބުނޭ. ތިމަންނަމެން ޗެކްކުރަން ނާންނާނެޔޭ.
ކަކުނިބޯ
01 January 2026
މިކަމަކީ އުދަގޫކުރަންޖެހޭކަމެއްނޫން. މިއީ ފަސޭހަކުރަންޖެހޭކަމެއް އަދި ހަމަ ބިދޭސީންގެ ހައްޤު އޭނާއަށް އެގެންޖެހޭ. ޢެލް ޖީ އޭގައި މައްސަލަޖައްސާގެން އޭނާއަށް މުސާރަނުދޭދުވަސްތަކުގެ މުސާރަހޯދާދޭންޖެހޭ ކޯޓާ މިސްޔޫސްކުރި ފަރާތް ސަސްޕެންޑް ވާންޖެހޭ. ތަހްޤީޤްކޮށް އެޖެންޓް ވެސް ސަސްޕެންޑުކޮށް ޓިކެޓްފައިސާވެސް ހޯދަންޖެހޭ އެޖެންޓްމައްސަލނަމަ . ގެނެސް މަގުމަށްޗަށް އުކުން އާނުމުކަމަކަށްހަދާފި ބަންގާޅިންހާލުގަޖައްސަނީ ހަމަބަންގާޅިއެއްގެވެސް ބައިވެރިވުމާއެކު
ޗަޕް
01 January 2026
ތިހުރިހާ ކަމެއް ތިހެން ހުއްޓާވެސް ބަންގާޅިޔަކަށް ލާރި ބޮނޑިއެއް ދިނީމަ ތިކޯޓާ ތައް ހޯދައި އެޕްރޫވް ކޮށްލުން ވާނީ މެޓަޔަށް.
އުދުހޭ
01 January 2026
އޯޕަން ވިސާ. ވޯކްސައިޓަކީ ހީނާމާގެ ޕާކިންގޒޯން.
ބޮޑުބެގެ ބެއްޔާ
01 January 2026
ލާރިހުރި މީހުންނަށް އަބަދުވެސް ތީ ފަސޭހަ ކަމެއް. އާދައިގެ ވިޔަފާރިއެއް ކުރާ މީހަކަށް ތިކަމެއްު ނުވޭ އެއްވެސް އިރެއްގަ ފަސޭހައިން.