އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާޕާސަން އަހްމަދު ޒުހޫރު: އޭނާގެ ކޮންޓްރެކެޓް ފީފާއިން ވަނީ އުވާލާފަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
13 ފެބުރުއަރީ 2025 - 23:14
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަޒު ޒުހޫރު ވަކިކޮށްފި އެވެ.
އެފްއޭއެމަށް ފީފާއިން މިދިޔަ އޯގަސްޓް މަހު އައްޔަން ކުރި ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން އެފްއޭއެމްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިއަދުގެ ނިޔަލަށް ހުންނެވި ޒުހޫރަށް މަގާމު ގެއްލުނީ އެ ކޮމިޓީގެ މެންބަރުންގެ އަދަދު ދަށް ކުރަން ފީފާއިން ނިންމުމުންނެވެ.
ކުރިން ފަސް މެންބަރުން އައްޔަން ކުރި ކޮމިޓީގެ އަދަދު ތިނަކަށް ދަށް ކުރުމަށް ފީފާއިން ވަނީ ނިންމައިފަ އެވެ.
ފީފާއިން އެ ނިންމުން ނިންމުމުގެ ކުރިން، އެ ކޮމިޓީގެ މެންބަރުކަމުން ފައިނޭންސް އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރު އަހްމަދު އަލީ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފީފާއިން ނިންމީ، ޒުހޫރުގެ ކޮންޓްރެކްޓް އުވާލުމަށެވެ.
މިކަމާ ގުޅިގެން ޒުހޫރުގެ ބަހެއް ހޯދަން ކުރި މަސައްކަތް އޭނާ ފޯނު ނުނަންގަވާތީ، ކާމިޔާބެއް ނުވި އެވެ.
އެފްއޭއެމްގައި މިވަގުތު ޗެއާޕާސަންއެއް ނެތެވެ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ތިން ބޭފުޅުންނަކީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒާއި ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފާއި ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.
މި މަހުގެ ތެރޭގައި އެފްއޭއެމްގެ އެތެރޭގައި ބޮޑެތި ކަންތައްތަކެއް ހިނގި އެވެ. ޖެނަރަލް ސެކްރެޓަރީ ނާހިލް ސިއްދީގް އިސްތިއުފާ ދިނީ ވެސް މި މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކިދޮންބެ
14 February 2025
އެފްއޭއެމް އުވަަލަހަރޭ. ތިތަނުން ވާފައިދާއަށްވުރެ ގައުމަށް ގެއްލުން ބޮޑު.
ވަކިވަކި
14 February 2025
ވަކިވަކި މީހުން ވަކިކުރުމުގެ ބަދަލުގައި މުޅި ކޮމިޓީތައް އެއްކޮށް ބަދަލުކޮށް އޯވަރހޯލް ކުރީމާ ތިޔަ ކަންކަން ވާނީ. ތިޔަ އުޅެނީ ކަމެއް ކުރާ ގޮތަކަށް ނޫން. ކަންކަން ކުރާކަން ދައްކަން އުޅޭގޮތަށް.
ރާވެރިބެ
14 February 2025
ޒުހޫރަށް ވާވަރުގެ ކަމެއް ނުން. ބޮއްސުންލާފަ އޮތް އެފްއޭއެމް ހަމަޔަކަށް އެޅުވޭނީ ފުޓްބޯޅައިގެ ކޮމިއުނިޓީ ތެރެއިން ގިނަ ބައެއްގެ އިތުބާރު އޮންނާނެ މީހަކަށް. ޢެމީހަކީ ހިންގުންތެރި މީހަކަށް ވާންޖެހޭ. މިސާލު ކިޔަންޏާ އައްޑޯ، ޝާހިރު، ބޮޑު ކަލީމް، ފަދަ ޝަޚްސިއްޔަތަށް ވާންޖެހޭނެ. ޢެފަދަ މީހުން އެބަތިބި. ކްލަބުތަކުން އެދިފިއްޔާ ހިލޭ ވެސް ހަވާލުވާނެ. މަތިންބައިން ނޫޅުއްވާނެ.
ނަމޭ
15 February 2025
ތިބުނާ ފުޓްބޯޅަ ކޮމުނިޓީގެ އިސްކޮށްއުޅޭ ކުލަބުތަކުގެ ވެރިން ބައިވެގެން މިހާލަތަށް ގޮއްސަ މިއޮތީ. އަދިވެސް ހަމަ މިމީހުންލައިގެން ނޫނީ ނުވޭ؟
އޮނަރަބްލް އަފީފު ދީދީ
14 February 2025
ނަމުގެކުރިއަށް "ޤައުމީ" ލައިގެން އުފައްދާފައިވާ Football Association of Maldives އުވާލާފައި ލާމަރުކަޒީއުސޫލުން ކުޅިވަރުތަށްވެސް ޑިސެންޓްރްލައިޒް ކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެރީޖަނެއްގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންހަދާ ރީޖަންތަކުގެ އެސޯސިއޭޝަން ބައިވެރިވާ ޤައުމީ ފުޓްބޯޅަ ފެޑަރޭޝަން އުފައްދަންޖެހޭ ވަގުތު ޖެހިއްޖެ.
އޮނަރަބްލް އަފީފު ދީދީ
14 February 2025
މަތީގައި ދެންނެވިގޮތަށް 3 ރީޖަންގެ މައްޗަށް ލާމަރުކަޒުކޮށް ރީޖަންތަކަށް ރީޖަނަލް ލީޤް ބޭއްވުމުގެ ބާރުދީފައި ރީޖަނަލް އެސޯސިއޭޝަން ތަކުގެ ރައީސާއި ޖެނެރަލް ސެކްރެޓަރީ އަދި ރީޖަންގެ އެންމެ މޮޅު 4 ޓީމްގެ މެނޭޖަރާއި ކެޕްޓަނުން ވޯޓް ދީގެން އިންތިޙާބު ކުރާ ބަޔަކު ތިބޭ National Football Federation އުފައްދައިގެން ނޫނީ ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކާއި، ޤަބީލާތަކުގެ އަތްދަށުގައި ރަޙީނު ކުރެވިފައިއޮތް ކުޅިވަރު ސަލާމަތްކޮށް ތިތަނުގެ ޙިޔާނާތްވެސް ނުހުއްޓުވޭނެ.
އޮނަރަބްލް އަފީފު ދީދީ
14 February 2025
މަތީގައިދެންނެވި ބަދަލުގެނައުމަށްޓަކާ FIFA އާއި AFC ގެ ފަންނީ މާލީއެހީތެރިކަމަށް ކުޅިވަރުގެ ވުޒާރާއިން އެދެންޖެހޭ. އަދި ބަހާލެވޭ 3 ރީޖަންގެތެރޭގައި ހޯމްއަވޭ އުސޫލުން މުބާރާތްތައްބޭއްވުމަށްޓަކާ ރާއްޖޭގެ ބައިނަލްއަޤުވާމީ 3 އެއަރޕޯޓްއޮތް ކ.ހުޅުމާލެ، ހދ ހަނިމާދޫ އަދި އައްޑޫސިޓީގައި ސާފްގޭމްސް ބޭއްވޭވަރުގެ 3 ސްޓޭޑިއަމް ތައްޔާރުކުރުމަށް International Olympic Committee އާއި FIFA ގެ އެހީތެރިކަންހޯދައި ވަސީލަތްޤާއިމްކޮށް ކުޅިވަރަށް ކުރިއެރުން ހޯދަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
14 February 2025
ޤައުމީ މުބާރާތްތަކުގައި ހަމަހަމައުސޫލުން ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގެ ޓީމްތަކަށް ވާދަކުރަން ފުރުސަތުނުދީ ހުރަސްއަޅައިގެން ތިބެ، ވަކިރަށެއްގެ ޓީމްތަކަށް އެކަނި ބާރުދީގެން ފުޓްބޯޅަ ކުރިނާރާނެތީ، މަތީގައި ދެންނެވިގޮތަށް ފުޓްބޯޅައިގެ ހިންގުމަށް ބަދަލު ގެނައުމަށް މާލޭ ސަރުކާރާއި އެރަށުގައި އޮތް FAM ބޭނުންނުވާނަމަ އައްޑޫ، ފުވައްމުލައް، ހުވަދޫ ފަދަ ރާއްޖޭގެ ބޮޑެތި އަތޮޅުތަކުގައިހުރި ދަނޑުތައް ކައުންސިލްގެދަށަށް ގެންނަން ކައުންސިލުން ކަޑައަޅުއްވާ.
ސަސި.
13 February 2025
އިހްލާސްތެރި ރަގަޅު މަސައްކަތެއް ކުރާކަހަލަ މީހެއްވީއްޔަ މިކަހަލަ ގޮތެއް ދިމާވާނީ
މިއޮއް އެފްއޭއެމް އެއް!!!!!
13 February 2025
މިހާރު ބޮލާ ނޮހޮރުއްޕާނަކަށް ވެއްޖެ!